ގާނޫނީ ރަދީފު
"ފިސްކަލް އަހަރު" ކަމުގައި ބުނެފައި އެވަނީ، އެމް.އެން.އީ ގުރޫޕުގެ އަލްޓިމޭޓް ޕޭރެންޓް އެންޓިޓީން އެ ފަރާތުގެ މާލީ ހިސާބުތައް ތައްޔާރުކުރާ ހިސާބުކުރާ މުއްދަތަށެވެ.
"ސަރޮގެޓް ޕޭރެންޓް އެންޓިޓީ" ކަމުގައި ބުނެފައި އެވަނީ، މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައިވާ ށަރުތުތަކުގެ ތެރެއިން ށަރުތެއް ފުރިހަމަވާ ހާލަތުގައި، އެ އެމް.އެން.އީ ގުރޫޕުގެ ކޮންސްޓިޓުއެންޓް އެންޓިޓީތަކުގެ ތެރެއިން، އަލްޓިމޭޓް ޕޭރެންޓް އެންޓިޓީގެ ބަދަލުގައި، އެ ކޮންސްޓިޓުއެންޓް އެންޓިޓީ ވަޒަންވެރިވެފައިވާ ޖުރިސްޑިކްށަންގައި އެމް.އެން.އީ ގުރޫޕުގެ ފަރާތުން ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ހުށަހެޅުމަށް ކަނޑައަޅައިފައިވާ ހަމައެކަނި ފަރާތަށެވެ.
"އަލްޓިމޭޓް ޕޭރެންޓް އެންޓިޓީ" ކަމުގައި ބުނެފައި އެވަނީ، އެމް.އެން.އީ ގުރޫޕެއްގައި ހިމެނޭ އަންނަނިވި ށަރުތުތައް ފުރިހަމަވާ ކޮންސްޓިޓުއެންޓް އެންޓިޓީތަކަށެވެ.
- ސީދާގޮތުން ނުވަތަ ނުސީދާގޮތުން ވިޔަސް އެމް.އެން.އީ ގުރޫޕެއްގައި ހިމެނޭ 1 (އެކެއް) ނުވަތަ އެއަށްވުރެ ގިނަ ކޮންސްޓިޓުއެންޓް އެންޓިޓީތަކުގައި އެ ފަރާތެއްގެ މަސްލަހަތު އެކަށީގެންވާ މިންވަރަށް އޮތުމުގެ ސަބަބުން، ޓެކްސްގެ ބޭނުމަށް އެ ފަރާތް ވަޒަންވެރިވެފައިވާ ޖުރިސްޑިކްށަންގައި އާންމުކޮށް ހިސާބު ތައްޔާރުކުރުމުގައި ބޭނުންކުރާ އެކައުންޓިންގގެ ހަމަތަކުގެ ދަށުން ކޮންސޮލިޑޭޓްކޮށްފައިވާ މާލީ ހިސާބުތައް ތައްޔާރުކުރަން އެ ފަރާތަކަށް ލާޒިމުވުން ނުވަތަ އެ ފަރާތުގެ އިކުއިޓީ އިންޓްރެސްޓް، ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ޖުރިސްޑިކްށަންގެ ޕަބްލިކް ސެކިއުރިޓީޒް އެކްސްޗޭންޖެއްގައި ގަނެވިއްކާނަމަ ކޮންސޮލިޑޭޓްކޮށްފައިވާ މާލީ ހިސާބުތައް ތައްޔާރުކުރަން އެ ފަރާތަށް ލާޒިމުވުން؛ އަދި
- ސީދާގޮތުން ވިޔަސް ނުވަތަ ނުސީދާގޮތުން ވިޔަސް ފުރަތަމަ ބަޔާންކުރެވުނު ކޮންސްޓިޓުއެންޓް އެންޓިޓީގައި މި އަކުރުގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ މަސްލަހަތެއް އޮތް އެހެން އެއްވެސް ކޮންސްޓިޓުއެންޓް އެންޓިޓީއެއް އެމް.އެން.އީ ގުރޫޕުގައި ނެތުން.
"ރިޕޯޓިންގ އެންޓިޓީ" ކަމުގައި ބުނެފައި އެވަނީ، އެ ފަރާތެއް ނިސްބަތްވާ އެމް.އެން.އީ ގުރޫޕުގެ ފަރާތުން، މި ގަވާއިދުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތާ އެއްގޮތްވާ ގޮތުގެމަތިން އެ ފަރާތަކުން ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ޖުރިސްޑިކްށަންގައި ކަންޓްރީ-ބައި-ކަންޓްރީ ރިޕޯޓު ހުށަހަޅަންޖެހޭ ކޮންސްޓިޓުއެންޓް އެންޓިޓީއަށެވެ. އަލްޓިމޭޓް ޕޭރެންޓް އެންޓިޓީއެއް ނުވަތަ ސަރޮގެޓް ޕޭރެންޓް އެންޓިޓީއެއް ނުވަތަ މި ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ އެންޓިޓީއެއް ވެސް ރިޕޯޓިންގ އެންޓިޓީއެއް ކަމުގައި ވެދާނެއެވެ.
"ކޮންސްޓިޓުއެންޓް އެންޓިޓީ" ކަމުގައި ބުނެފައި އެވަނީ؛
- ފައިނޭންށަލް ރިޕޯޓިންގގެ ބޭނުމަށް އެމް.އެން.އީ ގުރޫޕެއްގެ ކޮންސޮލިޑޭޓްކޮށްފައިވާ މާލީ ހިސާބުތަކުގައި ހިމަނާފައިވާ އެމް.އެން.އީ ގުރޫޕުގެ ވަކި ވިޔަފާރި ޔުނިޓްތަކަށް ނުވަތަ އެ ވިޔަފާރި ޔުނިޓެއްގެ އިކުއިޓީ އިންޓްރެސްޓް ޕަބްލިކް ސެކިއުރިޓީޒް އެކްސްޗޭންޖެއްގައި ގަނެވިއްކާނަމަ އެ ގުރޫޕުގެ ކޮންސޮލިޑޭޓްކޮށްފައިވާ މާލީ ހިސާބުތަކުގައި އެ ވިޔަފާރި ޔުނިޓެއް ހިމަނަންޖެހޭ ވިޔަފާރި ޔުނިޓްތަކަށް؛
- އެ ވިޔަފާރި ޔުނިޓުގެ ކުޑަބޮޑުމިން ނުވަތަ މެޓީރިއަލިޓީއަށް ހަމައެކަނި ބަލާފައި އެ އެމް.އެން.އީ ގުރޫޕުގެ ކޮންސޮލިޑޭޓްކޮށްފައިވާ މާލީ ހިސާބުތަކުގައި ހިމަނާފައިނުވާ ވިޔަފާރި ޔުނިޓްތަކަށް؛ އަދި
- ފައިނޭންށަލް ރިޕޯޓިންގގެ ބޭނުމަށް ނުވަތަ ރެގިއުލޭޓަރީ ބޭނުމަށް ނުވަތަ ޓެކްސް ރިޕޯޓިންގގެ ބޭނުމަށް ނުވަތަ އިންޓަރނަލް މެނޭޖްމަންޓް ކޮންޓްރޯލްގެ ބޭނުމަށް، ސެޕަރޭޓް ފައިނޭންށަލް ސްޓޭޓްމަންޓްތައް ތައްޔާރުކުރާ، މި އަކުރުގެ (1) ވަނަ ނަންބަރުގައި ނުވަތަ (2) ވަނަ ނަންބަރުގައި ހިމެނޭ ވިޔަފާރި ޔުނިޓެއްގެ ދާއިމީ މަރުކަޒުތަކަށެވެ.
"އިސްތިސްނާކުރެވިފައިވާ އެމް.އެން.އީ ގުރޫޕު" ކަމަށް ބުނެފައި އެވަނީ، އެ ގުރޫޕުގެ ރިޕޯޓުކުރާ އަހަރުގެ ކުރީ އަހަރުގެ ކޮންސޮލިޑޭޓްކޮށްފައިވާ މާލީ ހިސާބުތަކަށް ބަލާއިރު، ކޮންސޮލިޑޭޓެޑް ގްރޫޕު ރެވެނިއު 750,000,000 (ހަތް ސަތޭކަ ފަންސާސް މިލިއަން) ޔޫރޯއަށްވުރެ ދަށް ގުރޫޕުތަކަށެވެ.
"އެމް.އެން.އީ ގުރޫޕު" ކަމަށް ބުނެފައި އެވަނީ؛
- އެ ގުރޫޕުގައި ހިމެނޭ 2 (ދޭއް) ނުވަތަ އެއަށްވުރެ ގިނަ އެންޓިޓީތައް ތަފާތު ޖުރިސްޑިކްށަންތަކުގައި ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ގުރޫޕުތަކަށް، ނުވަތަ އެ ގުރޫޕުގައި، ޓެކްސްގެ ބޭނުމަށް ވަޒަންވެރިވެފައިވާ ޖުރިސްޑިކްށަން ފިޔަވައި އެހެން ޖުރިސްޑިކްށަނެއްގައި ދާއިމީ މަރުކަޒެއް މެދުވެރިކޮށްކުރާ ވިޔަފާރިން، އެ ދާއިމީ މަރުކަޒު މެދުވެރިކޮށް ވިޔަފާރިކުރާ ޖުރިސްޑިކްށަންގައި ޓެކްސް ދައްކަންޖެހޭ އެންޓިޓީއެއް ހިމެނޭ ގުރޫޕުތައް؛ އަދި
- މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ އިސްތިސްނާކުރެވިފައިވާ އެމް.އެން.އީ ގުރޫޕަކަށް ނުވާ ގުރޫޕުތަކަށެވެ.
"ގުރޫޕު" ކަމަށް ބުނެފައި އެވަނީ، މިލްކުވެރިކަމުގެ ސަބަބުން ނުވަތަ ކޮންޓްރޯލްގެ ސަބަބުން ގުޅުންހުރި އެންޓިޓީތަކެއްކަމުގައިވީތީ، ފައިނޭންށަލް ރިޕޯޓިންގގެ ބޭނުމަށް އެކައުންޓިންގގެ ހަމަތަކާ އެއްގޮތަށް ކޮންސޮލިޑޭޓްކޮށްފައިވާ މާލީ ހިސާބުތައް ތައްޔާރުކުރަންޖެހޭ އެންޓިޓީތަކުގެ ގުރޫޕުތަކަށް، ނުވަތަ އެ އެންޓިޓީއެއްގެ އިކުއިޓީ އިންޓްރެސްޓް ޕަބްލިކް ސެކިއުރިޓީޒް އެކްސްޗޭންޖެއްގައި ގަނެވިއްކާނަމަ، އެކައުންޓިންގގެ ހަމަތަކާ އެއްގޮތަށް ކޮންސޮލިޑޭޓްކޮށްފައިވާ މާލީ ހިސާބުތައް ތައްޔާރުކުރަންޖެހޭ އެންޓިޓީތަކުގެ ގުރޫޕުތަކަށެވެ.

"އެހީ ލިބެންވާ ފަރާތް" ކަމުގައި ބުނެފައި އެވަނީ، "ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމުގެ ދަށުން އެހީ ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައި އެހީ ލިބުމަށް ކަނޑައަޅައިފައިވާ އެންމެހައި ށަރުތުތައް ފުރިހަމަވެގެން، އެހީ ފޯރުކޮށްދެވޭ ފަރާތެއްކަމަށް ރަޖިސްޓަރީކުރެވޭ ފަރާތްތަކުގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށެވެ.
"ޓާރމްސް އޮފް ރިފަރެންސް" ކަމަށް ބުނެފައި އެވަނީ، ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުގައި ކޮންމެހެން ހުންނަންޖެހޭ ބައިތަކަށެވެ.
"މުރާޖިރު" ނުވަތަ މުރާޖިއު ކަމަށް ބުނެފައި ވަނީ ތިމާވެށްޓާ ބެހޭ މިނިސްޓްރީން ކަނޑައަޅާފައި އޮންނަ، ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު މުރާޖައާކުރަން ހަވާލުކުރެވޭ މީހުންނަނެވެ.
"ތިމާވެށްޓަށް ކުރާ އަސަރުގެ ކުޑަބޮޑުމިން ކަނޑައެޅުމުގައި ހިމެނޭ ކަންތައްތައް" ކަމަށް ބުނެފައި އެވަނީ އަންނަނިވ ކަންތައްތަކަށެވެ:
- ތިމާވެށްޓަށް ކޮށްފާނެ އަސަރަކީ ގެއްލުން ހުރި އަސަރެއްތޯ ނުވަތަ ފައިދާހުރި އަސަރެއްތޯ ނޫނީ އެކަމުގެ ސަބަބުން ވެށްޓަށް ފާހަގަކުރެވޭވަރުގެ އިތުރު ބަދަލެއް ނައުން.
- އާންމު ސިއްހަތަށް ނުވަތަ އިޖުތިމާއީ ރައްކާތެރިކަމަށް އަސަރު ފޯރައިފާނެ މިންވަރު.
- މަށްރޫއުގެ ސަބަބުން އަސަރުކޮށްފާނެ މާހައުލުގައި ހިމެނޭ ހާއްސަ ސިފަތައް.
- މަށްރޫއުގެ ސަބަބުން އިންސާނުންގެ ވެށީގެ ދުޅަހެޔޮކަމަށް އަސަރުކޮށްފާނެ މިންވަރު.
- އިންސާނުންގެ ވެށްޓަށް އެކަމެއްގެ ސަބަބުން ގެއްލުން ލިބޭނެ މިންވަރު އަންދާޒާކުރަން ދަތިވުން ނުވަތަ އެކަމުގައި ވަކި ސިފަތަކެއް ހުރުން ނުވަތަ ގޮތް ނޭނގޭ ގެއްލުންތަކެއް އެކުލެވުން.
- މަށްރޫއުގައި އަމަލުކުރެވުނު ގޮތުގެ ސަބަބުން ކުރިމަގުގައި ހަމަ އެގޮތަށް ނުރަނގަޅު ގޮތެއްގައި އެހެން ކަންކަން ކުރުމަށް މަގުފަހިވި މިންވަރާއި އަދި އެ މަގުފަހިވި ކަންތައްތަކުގެ ސަބަބުން ތިމާވެށްޓަށް ލިބިދާނެ ގެއްލުމުގެ މިންވަރު.
- ކުރެވޭ ކަމަކީ، ވަކިވަކިން މާބޮޑު އަސަރެއް ނުކުރާ އެހެންނަމަވެސް އިޖުމާލީ ގޮތެއްގައި ބޮޑު އަސަރެއް ކޮށްފާނެ ކަންކަމާ ގުޅުންހުރި ކަމެއްކަން ނުވަތަ ނޫންކަން.
- އަމަލުގެ ސަބަބުން ތިމާވެށި ރައްކާތެރިކުރުމާބެހޭ ގާނޫނާއި ނުވަތަ ގަވާއިދަކާއި، ނުވަތަ އުސޫލަކާއި ނުވަތަ މިންގަ ނޑަކާއި ނުވަތަ ސިޔާސަތަކާއި ހިލާފުވާ ކަމެއްކަން ނުވަތަ ނޫންކަން.
- އަމަލަކީ އަލުން އިއާދަ ކުރެވިދާނެ ކަމެއްތޯ ނުވަތަ ދާއިމީ ކަމެއްތޯ.
"ހާލަތު" ކަމަށް ބުނެފައި އެވަނީ ތިމާވެށްޓަށް ކުރި އަސަރަކީ ފާހަގަކުރެވޭވަރުގެ އަސަރެއްކަމަށް ދެނެގަތުމުގައި އަދި ރިއާޔަތްކުރުމުގައި ބަލަންޖެހޭ ކަންކަމުގެ ތެރެއިން އެ އަސަރެއްގެ ސަބަބުން މުޖުތަމައަށާއި މަށްރޫއުގެ ވަށައިގެންވާ ސަރަހައްދަށާއި އަދި ގެއްލުން ލިބުނު ފަރާތްތަކަށާއި ގުދުރަތީ މާހައުލުގައިވާ ކަންތައްތަކަށް.
"ސްކްރީނިންގކުރުން" ކަމަށް ބުނެފައި އެވަނީ، ހުށަހެޅިފައިވާ ހުށަހެޅުމަކީ ތިމާވެށީގެ މެނޭޖްމަންޓް ޕްލޭނެއް ހަދަންޖެހޭ ނުވަތަ ތިމާވެށީގެ ފުރަތަމަ ދިރާސާއެއް ހަދައިގެން އިތުރު މައުލޫމާތު ބޭނުންވާ ހުށަހެޅުމެއްކަން ކަނޑައެޅުމަށެވެ.