-

ވަޒީފާއަށް ހާޒިރުނުވާ ދުވަސް

"ވަޒީފާއަށް ހާޒިރުނުވާ ދުވަސް" ކަމުގައި ބުނެފައި އެވަނީ، މުވައްޒަފަކު އޭނާގެ ރަސްމީ ޑިއުޓީއަށް ނުވަތަ ރަސްމީ މަސައްކަތަށް، އޮފީހަށް ހާޒިރުވާން ޖެހޭނެކަމަށް ކަނޑައަޅައިފައިވާ ދުވަސްތަކުގެ ތެރެއިން އޮފީހަށް ނުވަތަ ޑިއުޓީއަށް ނުކުމެ ވަޒީފާއަށް ހާޒިރުވިކަން ރިކޯޑުކޮށްފައިނުވާ ދުވަސްތަކާއި، ގަވާއިދު ނަންބަރު 2021-98 (ޗުއްޓީ ނެގުމާއި ސަލާމް ބުނުމުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ވަޒީފާއަށް ސަލާމް ބުނުމުން، ސަލާމް ބަލައިނުގަތުމަށް ނިންމައިފައިވާ ދުވަސްތަކަށެވެ. މީގެ ތެރޭގައި، މުވައްޒަފު ގަވާއިދާ އެއްގޮތަށް ސަލާމް ބުނެފައިވާ ދުވަސްތަކާއި ޗުއްޓީގައި ހުންނަ ދުވަސްތަކެއް ނުހިމެނެއެވެ.