-

ލިޔުން

"ލިޔުން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ވަސީލަތްތައް ހިމެނޭގޮތުން، އެއްވެސް ބާވަތެއްގެ މައުލޫމާތެއް ރެކޯޑުކޮށްފައިވާ އެއްޗަކަށެވެ

  1. ލިޔުމުން ނުވަތަ ޗާޕްކޮށްފައި އޮތް އެއްޗެއް (ޗާޓެއް ނުވަތަ ޕްލޭނެއް ނުވަތަ ގްރާފެއް ނުވަތަ ކުރެހުމެއް ކަމުގައިވިޔަސް)؛
  2. އިލެކްޓްރޯނިކް ވަސީލަތަކުން ވާސިލުވެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ކޮމްޕިއުޓަރ ފައިލެއް؛
  3. ފޮޓޯ؛ 
  4. އަޑު ނުވަތަ އެފަދަ އެހެން ޑޭޓާއެއް ރައްކާކުރެވިފައިވާ ޑިސްކެއް ނުވަތަ ޓޭޕެއް ނުވަތަ ފިލްމެއް ނުވަތަ ރޯލެއް؛
  5. މަންޒަރު ނުވަތަ އެފަދަ އެހެން ޑޭޓާއެއް ރައްކާކުރެވިފައިވާ ފިލްމެއް ނުވަތަ ނެގަޓިވެއް ނުވަތަ އެނޫންވެސް އެއްޗެއް.