ގާނޫނީ ރަދީފު
"ގޭބިސީ" ކަމަށް ބުނެފައި އެވަނީ، ގެއެއްގައި ނުވަތަ އިމާރާތެއްގައި ވަކިން ދިރިއުޅޭ މީހުންނަށެވެ.
"ދިރިއުޅުމަށް ޓަކައި ކުއްޔަށްދިނުން" ކަމަށް ބުނެފައި އެވަނީ ، އިމާރާތެއް ނުވަތަ އިމާރާތަކުން ބައެއް ނުވަތަ ބިމެއް، އެ ތަނުގެ މިލްކުވެރިކަން ބަދަލުވުން ނުހިމެނޭގޮތަށް، ކަނޑައެޅޭ ވަކި މުއްދަތަކަށް، ކުލީގެ ގޮތުގައި ކަނޑައެޅޭ އެއްޗެއްގެ ބަދަލުގައި އެ ތަނެއްގައި ދިރިއުޅުމުގެ ބޭނުމަށް ބޭނުންކުރުމަށް އެހެންފަރާތަކަށް ދިނުމަށެވެ.
"ކުއްޔަށްދޭ ތަން" ކަމަށް ބުނެފައި އެވަނީ، ކުލީގެ އެއްބަސްވުމެއްގެ ދަށުން ކަނޑައެޅޭ މުއްދަތަކަށް ކުއްޔަށްހިފާ ފަރާތުން ބޭނުންކުރުމަށް ޓަކައި ލިބިދެވޭ ތަނަކަށެވެ.
"ކުއްޔަށްހިފާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ކުލީގެ އެއްބަސްވުމުގެ ދަށުން ދިރިއުޅުމަށް ޓަކައި ކުއްޔަށްދޭ ތަނެއް ކުއްޔަށްހިފާ ފަރާތަށެވެ.
"ކުއްޔަށްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، އިމާރާތުގެ ވެރިފަރާތް ނުވަތަ އިމާރާތުގެ ވެރިފަރާތުން ކުއްޔަށް ދިނުމުގެ ހުއްދަ ދީފައިވާ ކޮންމެ ފަރާތަކަށެވެ.
"ކުލީގެ އެއްބަސްވުން" ކަމަށް ބުނެފައި އެވަނީ، ކުއްޔަށްދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތާ ދެމެދުގައި ވެވޭ އެއްބަސްވުމާއި، އެ އެއްބަސްވުމުގައި ހިމެނޭ އެންމެހައި ޖަދުވަލުތަކާއި، އެހެން އެއްބަސްވުމަކުން ކުއްޔަށް ދިނުމަށް ވެވޭ އެއްބަސްވުމަށް ބަދަލެއް ގެނައުމަށް ނުވަތަ އުނި އިތުރެއް ގެނައުމަށް ވެވޭ އެއްބަސްވުންތަކާއި، އެ އެއްބަސްވުންތަކާއި، އެ އެއްބަސްވުންތަކާ ގުޅޭ ޖަދުވަލުތަކުގައި ހިމެނޭ އެންމެހައި ލިޔެކިޔުން ހިމެނޭ ގޮތުގެ މަތީންނެވެ.
"ކުއްޔަށްދިނުން" ކަމުގައި ބުނެފައި އެވަނީ، ދިރިއުޅުމަށް ޓަކައި ކުއްޔަށްދޭ ތަނެއް، ކުއްޔަށްދޭ ފަރާތާއި ކުއްޔަށްހިފާ ފަރާތުން އެއްބަސްވާ އަގަކަށް އަދި އެއްބަސްވާ މުއްދަތަކަށް، ކުއްޔަށްދޭ ތަން، ކުއްޔަށްހިފާ ފަރާތަށް މިލްކުވެރިކަން ނަގުލުވުމެއްނެތި ބޭނުންކުރުމުގެ ހައްގު ލިބިދިނުމަށެވެ.
"ދިވެހިރާއްޖޭގެ ފަރާތެއް ނުވަތަ ފަރާތްތަކަށް" ކަމަށް ބުނެފައި އެވަނީ ދިވެހި ރައްޔިތަކަށް ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރެވިފައިވާ، ކުންފުންޏެއްގެ ނުވަތަ ޕާރޓްނަރށިޕެއްގެ މެޖޯރިޓީ ހިއްސާ ދިވެހިރައްޔިތަކަށް ނުވަތަ ރައްޔިތުންނަށް ނިސްބަތްވާ ކުންފުނިތަކަށް ނުވަތަ ޕާރޓްނަށިޕްތަކަށެވެ.
"ޕްރޮކިއުމަންޓް އޮފިސަރު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އޮފީސްތަކުގައި ޕްރޮކިއުމަންޓުގެ ކަންތައްތައް (މުދަލާއި ހިދުމަތް ހޯދުމުގެ މަސައްކަތް) ރާވައި ހިންގުމުގައި ހަރަކާތްތެރިވާ އިސްމުވައްޒަފެވެ.
"ޕްރިންސިޕަލް އެކައުންޓިންގ އޮފިސަރު" ކަމަށް ބުނެފައި އެވަނީ، މާލީޒިންމާދާރުވެރިޔާ ކަނޑައަޅާ ގޮތެއްގެމަތިން ޑިޕާޓްމަންޓުތަކުގެ ހިސާބު ބެލެހެއްޓުމުގެ މަސައްކަތްކުރާ ނުވަތަ ކުރުވާ ފަރާތެވެ.
"ޒިންމާދާރު ޕްރޮކިއުމަންޓް އޮފިސަރު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އޮ ީފހެއްގެ ޕްރޮކިއަމެންޓް ކަންތަކާއި ހަވާލުވެ ހުންނަވާ އެންމެ އިސް މުވައްޒަފަށެވެ.
"ށާއިއުކުރުން" ކަމަށް ބުނެފައި އެވަނީ، ޗާޕުކޮށްގެން ނުވަތަ އާންމުކުރުމަށްކަނޑައަޅާފައިވާ ތަނެއްގައި ބަހައްޓައިގެން ނުވަތަ ވެބްސައިޓެއްގައި އާންމުކޮށްގެން ނުވަތަ އިލެކްޓްރޯޯނިކް ވަސީލަތްތައް ބޭނުންކޮށްގެން އާންމުކުރެވޭ ކުރުމަށެވެ.
"ސަޕްލިމެންޓަރީ ފަންޑިންގ" ކަމަށް ބުނެފައި އެވަނީ، މާލީ އަހަރެއްގެ ބަޖެ ްޓފާސްކުރުމަށްފަހު އެ ބަޖެޓުގެ ބައެއްގެ ގޮތުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުންފާސްކުރާ އަދަދަށެވެ.
"ސްޓެޗިއުޓަރީ ހަރަދު" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މާލިއްޔަތުގެ ގާނޫނުފިޔަވައި އެހެން ގާނޫނެއްގައިވާ ގޮތުގެމަތިން ކޮންސޮލިޑޭޓަޑް ރެވެނިއު ފަންޑުންކުރެވޭ ހަރަދަށެވެ.
"ސެކިއުރިޓީ ޑޮކިއުމަންޓްސް" ކަމަށް ބުނެފައި އެވަނީ، ދައުލަތަށް ފައިސާލިބިގަތުމާއި ފައިސާ ހަރަދުކުރުމާ ބެހޭގޮތުން ތައްޔާރުކުރެވިފައިވާ ފައިސާގެ ރަސީދު ފޮތްތަކާއި، ޑެބިޓްނޯޓާއި، ޕަރޗޭސްއޯޑަރާއި، ރިކުއިޒިށަންތަކާއި، ކުރިއަށް ނަންބަރު ޖަހައިގެން (ސީރިއަލް ނަންބަރު) ިވއްކާ ލިޔެކިޔުންތަކާއި، ނުވިއްކާ ލިޔެކިޔުންތައް ހިމަނައިގެންނެވެ.