-

ކްރެޑިޓް

"ކްރެޑިޓް" ކަމަށް ބުނެފައި އެވަނީ، ލޯނާއި، ފަހުގެ ތާރީހެއްގައި އަނބުރާ ދައްކަންޖެހޭ ފައިސާއާއި، އެހެންވެސް ބާވަތެއްގެ ދަރަނީގެ ވަސީލަތަށެވެ. މީގެ ތެރޭގައި އަންނަނިވި ކްރެޑިޓް ނުހިމެނޭނެއެވެ.

  1. މާލީ އިދާރާއަކުން އެހެން މާލީ އިދާރާއަކަށް ދޫކުރާ ކްރެޑިޓް؛
  2. ދިވެހި ސަރުކާރަށް، ނުވަތަ ދިވެހި ސަރުކާރުގެ އިދާރާއަކަށް، ނުވަތަ ބޭރު ގައުމެއްގެ ސަރުކާރަކަށް ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާއަކަށް ދޫކުރާ ކްރެޑިޓް؛
  3. ކުންފުންޏަކުން އެ ކުންފުންޏެއްގެ ސަބްސިޑިއަރީއަކަށް ނުވަތަ ހޯލްޑިންގ ކުންފުންޏަކަށް ދޫކުރާ ކްރެޑިޓް؛
  4. އެ ފަރާތެއްގެ މުވައްޒަފުން ނޫން ފަރާތަކަށް ކްރެޑިޓްދޫނުކުރާ ފަރާތަކުން، އެ ފަރާތެއްގެ މުވައްޒަފުންނަށް ދޫކުރާ ކްރެޑިޓް؛
  5. އޮތޯރިޓީން ކަނޑައަޅާ އެހެނިހެން ކްރެޑިޓް.