-

ކޮމްޕިއުޓަރ

"ކޮމްޕިއުޓަރ" ކަމަށް ބުނެފައި އެވަނީ، މައުލޫމާތު ބޭނުންކުރެވޭ އިލެކްޓްރޯނިކް، މެގްނެޓިކް، އޮޕްޓިކަލް ނުވަތަ އިލެކްޓްރޯކެމިކަލް ސާމާނާއި، މިފަދަ ގުޅުންހުރި ތަކެއްޗާއި، އަދި ހިސާބު ހެދުމަށާއި، ހަމަ ބޭނުންކޮށްގެން ކުރާ ކަންކަމަށާއި، މައުލޫމާތު ރައްކާކުރުމަށާއި އަދި މުއާމަލާތް ފަހިކޮށްދޭ ގުޅުންހުރި ނުވަތަ އެ ބާވަތުގެ ތަކެއްޗާ ގުޅައިގެން މިފަދަ ކަމެއްކުރެވޭ ތަކެއްޗަށެވެ ނަމަވެސް އެ މާނައިގައި ތިރީގައި ބަޔާންކުރެވޭ އެއްޗެހި ނުހިމެނޭގޮތުންނެވެ.

  1. އޮޓޮމެޓިކް ޓައިޕްރައިޓަރ، ޓައިޕްސެޓަރ؛ 
  2. ހިފާގެންގުޅޭ ކަ ލްކިއުލޭޓަރ؛ 
  3. ޕްރޮގްރާމްނުކުރެވޭ ނުވަތަ މައުލޫމާތު ރައްކާނުކުރެވޭ ޒާތުގެ ތަކެތި؛
  4. އެހެންވެސް މި ބާވަތުގެ ތަކެތި ކަމުގައި ދައުލަތުގެ ކަމާގުޅޭ އިދާރާއަކުން ކަނޑައަޅައި ސަރުކާރުގެ ގެޒެޓު މެދުވެރިކޮށް އިއުލާންކުރާ ތަކެތި.