ގާނޫނީ ރަދީފު
"ޕީ.އެސް.އައި.ޕީ" ކަމަށް ބުނެފައި އެ ވަނީ، ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމަށެވެ.
"ދައުލަތުގެ މުވައްޒަފުން" ކަމަށް ބުނެފައި އެ ވަނީ، ގާނޫނު ނަންބަރު 11/2016 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު) ގެ 25 ވަނަ މާއްދާގެ (އ) ގައި "ދައުލަތުގެ މުވައްޒަފުން" މާނަކޮށްފައިވާ ގޮތާ އެއްގޮތަށެވެ.
"މެދުރާސްތާ" ކަމަށް ބުނެފައި އެ ވަނީ، ވިދިވިދިގެން އަންނަ 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށެވެ.
"އަތޮޅުގެ އާބާދީ" ނުވަތަ "ރަށުގެ އާބާދީ" ކަމަށް ބުނެފައި އެވަނީ، އެ އަތޮޅެއްގައި ނުވަތަ އެ ރަށެއްގައި ދިރިއުޅޭ އާބާދީއަށެވެ.
"ކޮންޑިށަނަލް ގްރާންޓް" ކަމަށް ބުނެފައި އެ ވަނީ، ވަކި ހާއްސަ ހާލަތްތަކެއްގައި ށަރުތުތަކަކާއެކު ދައުލަތުން ކައުންސިލްތަކަށް ދޭ ހިލޭ އެހީއަށެވެ.
"ރަށުގެ އާބާދީ" ނުވަތަ "އަތޮޅުގެ އާބާދީ" ކަމަށް ބުނެފައި އެވަނީ، އެ ރަށެއްގައި ނުވަތަ އެ އަތޮޅެއްގައި ދިރިއުޅޭ އާބާދީއަށެވެ.
"ފަނޑިޔާރުކަމުގައި ހިދުމަތްކުރި މުއްދަތު" ކަމުގައި ބުނެފައިވަނީ، "ފަނޑިޔާރު" ކަމުގައި ހިދުމަތްކޮށްފައިވާ މުއްދަތަށާއި، ގާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ވުޖޫދަށް އައުމުގެ ކުރިން ފަނޑިޔާރުކަމުގެ ހުވާ ކުރައްވައިގެން "ގާޒީގެ އެހީތެރިޔާ" ނުވަތަ "ފަނޑިޔާރުގެ އެހީތެރިޔާ" ގެ ނަމުގައި ފަނޑިޔާރުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ހިދުމަތްކޮށްފައިވާ މުއްދަތަށެވެ.
"ފަނޑިޔާރުކަމުގައި ހިދުމަތްކުރި އަހަރު" ކަމުގައި ބުނެފައިވަނީ، "ފަނޑިޔާރު" ކަމުގައި ހިދުމަތްކޮށްފައިވާ މުއްދަތަށާއި، ގާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނު) ވުޖޫދަށް އައުމުގެ ކުރިން ފަނޑިޔާރުކަމުގެ ހުވާ ކުރައްވައިގެން "ގާޒީގެ އެހީތެރިޔާ" ނުވަތަ "ފަނޑިޔާރުގެ އެހީތެރިޔާ" ގެ ނަމުގައި ފަނޑިޔާރުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ހިދުމަތްކޮށްފައިވާ މުއްދަތަށެވެ.
"ސޮލްވެންޓްސް" ކަމަށް ބުނެފައި އެވަނީ، އެހެން މާއްދާއެއް ދިޔާކުރުމަށް ނުވަތަ ގިރުވުމަށް ބޭނުންކުރާ ފެން ނުވަތަ ތެޔޮ ނުވަތަ ބަނގުއާވި ފަދަ ދިޔާ އެއްޗެއްސަށެވެ.
"އެޖޫވެންޓްސް" ކަމަށް ބުނެފައި އެވަނީ، ޕެސްޓިސައިޑުން ނެރެވޭ ނަތީޖާ ރަނގަޅުކުރުމަށް ނުވަތަ ޕެސްޓިސައިޑުގެ ރައްކައުތެރިކަން އިތުރުކުރުމަށް ޕެސްޓިސައިޑާ އެއްކުރާ މާއްދާއަށެވެ.
"ހިރާސް" ކަމަށް ބުނެފައި އެވަނީ، ސިއްހީގޮތުންނާއި، ތިމާވެށީގެ ގޮތުން ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮތުމާއި، ޕެސްޓިސައިޑަށް ހާސާވުމަށްފަހު ކުރާ ނޭދެވޭ އަސަރަށް ނުވަތަ "ރިސްކް" އަށެވެ.
"އަރައްކާގެ ރަމްޒު" ކަމަށް ބުނެފައި އެވަނީ، ޔޫ.އެންގެ ގްލޯބަލީ ހާމޮނައިޒްޑް ސިސްޓެމް އޮފް ކްލެސިފިކޭށަން އެންޑް ލޭބެލިންގ އޮފް ކެމިކަލްސްގެ މިންގަނޑުތަކާ އެއްގޮތަށް ކަނޑައަޅައިފައިވާ، ޕެސްޓިސައިޑުން ލިބޭ އަރައްކާ ދައްކުވައިދޭ ތަސްވީރުގެ ދޭހައަށް ނުވަތަ "ހެޒަރޑް ސިމްބަލް" އަށެވެ.
"ތާސީރު ހުންނަ މާއްދާ" ކަމަށް ބުނެފައި އެވަނީ، ޕެސްޓިސައިޑުގައި އެކުލެވޭ ވިހަކަން ހުންނަ ބަޔަށް ނުވަތަ "އެކްޓިވް އިންގްރިޑިއެންޓް" އަށެވެ.
(ހރ) "ފަސްފަހަތް ހޯދުން" ކަމަށް ބުނެފައި އެވަނީ، އަސްލާއި، ވަގުއެއްޗިހި ދެނެގަތުމަށް ޕެސްޓިސައިޑުގެ އުފެއްދުމާބެހޭ މައުލޫމާތު ހޯދައި ދެނެގަތުމަށް ނުވަތަ "ޓްރޭސް" ކުރުމަށެވެ.
"ތަސްވީރު ދޭހަ" ކަމަށް ބުނެފައި އެވަނީ، ޕެސްޓިސައިޑް ރައްކައުކުރުމާއި، ހިފައިގެންގުޅުމާއި، ބޭނުންކުރުމުގައި ކުރިމަތިވެދާނެ ހިރާސްތައް ކުޑަކުރުން ފަދަ ވަކި ހާއްސަ މައުލޫމާތެއް ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ބޭނުންކުރާ ކުރެހުންތަކަށް ނުވަތަ "ޕިކްޓޯގްރާމް" އަށެވެ.