ގާނޫނީ ރަދީފު
"މީހުން ދިރިއުޅެމުންދާ ޔުނިޓް" ކަމަށް ބުނެފައި އެވަނީ، އާންމު ދިރިއުޅުމުގެ ބޭނުމަށް ބޭނުންކުރަމުންދާ ގެއެއް ނުވަތަ ގެއެއްގެ ވަކި އެޕާޓްމަންޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ވަކި އެޕާޓްމަންޓަކަށެވެ.
"ޑްރައިވިންގ ސްކޫލުގެ އިންސްޓްރަކްޓަރުން" ކަމުގައި ބުނެފައި އެވަނީ،ޑްރައިވިންގ ސްކޫލެއްގައި ރަޖިސްޓަރީވެ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ދޭ ހުއްދައެއްގެ ދަށުން ދުއްވަން ދަސްކޮށްދޭ ފަރާތްތަކަށެވެ.
"އާންމު އިންސްޓްރަކްޓަރުން" ކަމުގައި ބުނެފައި އެވަނީ، ދުއްވަން ދަސްކޮށްދިނުމުގެ ފީ ނެގުމަކާ ނުލައި، ޑްރައިވިންގ ސްކޫލެއްގައި ރަޖިސްޓަރީނުވެ، މިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ވަކި މުއްދަތަށް ދޭ ހުއްދައެއްގެ ދަށުން، ވަކި ފަރާތްތަކަކަށް ވަކި މުއްދަތަކަށް، ދުއްވަން ދަސްކޮށްދޭ ފަރާތްތަކަށެވެ.
"ރިސެޕްށަން" ކަމަށް ބުނެފައިއެވަނީ، ގެސްޓުންނަށް މައުލޫމާތު ދިނުމަށް ބޭނުންކުރެވޭ ކައުންޓަރ ނުވަތަ މޭޒުލާފައި ހުންނަ ތަނަށެވެ.
"ރެޖިްސްޓްރޭށަން ކާޑު" ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓުން މައުލޫމާތު ހޯދުމަށް ޓޫރިސްޓުން ފުރުމަށް ކަރުދާހުގައި ޗާޕުކޮށްފައި ހުންނަ ކާޑަށެވެ.
"އެނދު" ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓުންނަށް ތައްޔާރުކުރެވިފައިވާހުންނަ ކޮޓަރިތަކުގައި ހުންނަ އެނދަށެވެ. ޑަބަލް އެނދަކީ ދެ އެނދެވެ. އަދި ސންގަލް އެނދަކީ އެއް އެނދެއެވެ. ޑަބަލް އެނދުގެ ސައިޒާއި ސިންގަލް އނދުގެ ސައިޒު "ޓޫރިސްޓް ގެސްޓްހައުސް ހިންގުމާބެހޭ ގަވާއިދު (2009)" ގެ ޖަދުވަލުގެ 16 ވަނަ މާއްދާގެ (ރ) ގެ (1) ގައި ބަޔާންކުރެވިފައި އެވަނީއެވެ.
"ޓޫރިސްޓް ބެޑްކެޕެސިޓީ" ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓުންނަށް ތިބެވޭ ޖުމްލަ އެނދުގެ އަދަދަށެވެ.
"ގެސްޓް ރެޖިސްޓްރީ" ކަމަށް ބުނެފައި އެވަނީ ޓޫރިސްޓުންނާބެހޭ މައުލޫމާތު ނޯޓުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރއިން ފާސްކުރައްވާފައިވާ ނަމޫނާއާއި އެއްގޮތަށް ކަރުދާހުގައި ލިޔެ ރެކޯޑް ކުރެވޭގޮތަށް ކަރުދާހުން ހަދާފައިވާ އޮންނަ ފޮތް ނުވަތަ ފައިލަށެވެ.
"ޓޫރިސްޓެއް" ނުވަތަ "ގެސްޓެއް" ކަމަށް ބުނެފައި އެވަނީ، ރާއްޖެއަށް އަންނަ ދިވެހި ރައްޔިތުން ނޫން މީހުންގެ ތެރެއިން ދިވެހިރާއްޖޭގެ އިމިގްރޭށަނާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1/2007) ގެ 10 ވަނަ މާއްދާގެ ދަށުން ދޫކުރާ ޓޫރިސްޓް ވިޒާއެއްގައި ރާއްޖެ އެތެރެވާ ކޮންމެ މީހަކަށެވެ.
"ގެސްޓެއް" ނުވަތަ "ޓޫރިސްޓެއް" ކަމަށް ބުނެފައި އެވަނީ، ރާއްޖެއަށް އަންނަ ދިވެހި ރައްޔިތުން ނޫން މީހުންގެ ތެރެއިން ދިވެހިރާއްޖޭގެ އިމިގްރޭށަނާބެހޭ ގާނޫނު (ގާނޫނު ނަންބަރު 1/2007) ގެ 10 ވަނަ މާއްދާގެ ދަށުން ދޫކުރާ ޓޫރިސްޓް ވިޒާއެއްގައި ރާއްޖެ އެތެރެވާ ކޮންމެ މީހަކަށެވެ.
"ޓޫރިސްޓް ގެސްޓްހައުސް" ނުވަތަ "ގެސްޓްހައުސް" ކަމަށް ބުނެފައި އެވަނީ، މިނިސްޓީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރއިން ކަނޑައަޅާ ފެންވަރަކަށް، ނިދުމާއި، ކެއުން ނުވަތަ ނިދުން ހަމަޖެހޭގޮތަށް ތައްޔާރުކޮށްފައިވާ، އަދި އެތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ވަކި ރޭޓަކުން ގައު ދައްކާގޮތަށް ޓޫރިސްޓުން ބައިތިއްބުމަށް ތައްޔާރުކޮށްފައިވާ، ޓޫރިސްޓް ރިސޯޓާއި ޓޫރިސްޓް ހޮޓާ ނޫން ތަންތަނެވެ.
"ގެސްޓްހައުސް" ނުވަތަ "ޓޫރިސްޓް ގެސްޓްހައުސް" ކަމަށް ބުނެފައި އެވަނީ، މިނިސްޓީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރއިން ކަނޑައަޅާ ފެންވަރަކަށް، ނިދުމާއި، ކެއުން ނުވަތަ ނިދުން ހަމަޖެހޭގޮތަށް ތައްޔާރުކޮށްފައިވާ، އަދި އެތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ވަކި ރޭޓަކުން ގައު ދައްކާގޮތަށް ޓޫރިސްޓުން ބައިތިއްބުމަށް ތައްޔާރުކޮށްފައިވާ، ޓޫރިސްޓް ރިސޯޓާއި ޓޫރިސްޓް ހޮޓާ ނޫން ތަންތަނެވެ.
"ބެލެނިވެރި ވުޒާރާ" ކަމަށް ބުނެފައި އެވަނީ، އެ ވިޔަފާރި މަށްރޫއެއް ނުވަތަ ދާއިރާއެއް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ދައުލަތުގެ އޮފީހަކަށެވެ.
"ކުނި އެޅުން" ކަމަށް ބުނެފައި އެވަނީ، ކުނި އެޅުމަށް ހުއްދަ ދީފައިނުވާ ކޮންމެ ތަނަކަށް ކުނީގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ވަކިވަކި އެއްޗެހި އެއްލުމާއި، އުކުމާއި، ބެހެއްޓުމާއި، ބޭއްވުމާއި، ހިއްޕުމާއި، ވެއްޓުމަށެވެ. ކުނި އުކުން: ކުނި އުކުން ކަމަށް ބުނެފައި އެވަނީ، ކުނި އުކުމަށް ހުއްދަ ދީފައިނުވާ ކޮންމެ ތަނަކަށް ކުނީގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ގިނަ އަދަދެއްގެ އެއްޗެހި އެއްލުމާއި، އުކުމާއި، ބެހެއްޓުމާއި، ބޭއްވުމާއި، ހިއްޕުމާއި، ވެއްޓުމަށެވެ.
"ޖެނެރަލް ލެޖަރ ކްލެސިފިކޭށަން" ކަމަށް ބުނެފައި އެވަނީ، ދައުލަތުން ހިންގާ މުއާމަލާތުތައް ޕަބްލިކް އެކައުންޓިންގ ސިސްޓަ މުގައި ރިކޯޑުކުރުމަށް ބޭނުންކުރާ ޖެނެރަލް ލެޖަރ ކޯޑުތަކަށެވެ.