ގާނޫނީ ރަދީފު
"ޓޫރިޒަމާގުޅުންހުރި ދަތުރުރާވައި ހިންގުމުގެ ހިދުމަތް" ކަމަށް ބުނެފައިއެވަނީ, ހައްޖާއި އުމްރާވުމަށް ރާއްޖެއިން ބޭރަށްދާ ދިވެހިންގެންދާ ދަތުރުތައް ފިޔަވައި, ޓްރެވަލް އެޖެންސީތަކުންނާއި ޓުއަރ އޮޕަރޭޓަރުންނާއި, އަދި މިނޫންވެސް ރާއްޖެއަށް އަންނަ މީހުންނާއި ރާއްޖެއިން ބޭރަށްދާ މީހުންގެ ދަތުރު, ވިޔަފާރީގެ އުސޫލުން ރާވައި ހިންގާ ފަރާތްތަކުން ދޭ ދަތުރުގެ ހިދުމަތްތަކަށެވެ.
"ރަޖިސްޓަރީ" ކަމަށް ބުނެފައި އެވަނީ، "އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރަޖިސްޓަރީ ކުރުމުގެ ގަވާއިދު" (ގަވާއިދު ނަންބަރު 999/2019) ގެ ދަށުން ހުއްދަކުރެވޭ، ހުއްދަ ދޫކުރާ އިދާރަތަކުގެ މައުލޫމާތު އެކުލެވޭ ގޮތަށް މިނިސްޓްރީން ލިޔެ ބަލަހައްޓާ ދަފުތަރަށެވެ.
"އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާ" ނުވަތަ "ހުއްދަ ދޫކުރާ އިދާރާ" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ މަސައްކަތްތަކަށް ހުއްދަް ދިނުމާއި، އިމާރާތް ބޭނުންކުރުމަށް ހުއްދަދިނުމާއި، އެ މަސައްކަތްތައް ބެލުމާއި، ކަމާ ގުޅޭ އެކިއެކި މައްސަލަތައް ބެލުމަށް މިނިސްޓްރީން ހުއްދަދީފައިވާ އިދާރާތަކަށެވެ.
"ޓެކްނިށަނެއް" ކަމަށް ބުނެފައި އެވަނީ، މި ގަވާއިދުގައި އިމާރާތްކުރުމުގެ ހުއްދަ ދޫކުރާ އިދާރާގެ މަސްއޫލިއްޔަތު ކަމުގައި ކަނޑައަޅައިފައިވާ ކަންކަން ހާސިލުކުރުމަށްޓަކައި އިމާރާކުރުމުގެ ހުއްދަ ދޫކުރާ އިދާރާއަކުން އެ ފަރާތެއް ދާއިމީ މުވައްޒަފެއްގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް މުވައްޒަފެއްގެ ގޮތުގައި ނުވަތަ ކޮންސަލްޓަންޓެއްގެ ގޮތުގައި ހަމަޖައްސައިފައިވާ ފަރާތްތަކަށެވެ.
"ފިޔަވަޅު" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުއްދަދެވިފައިވާ ފަރާތަކާ ބެހޭގޮތުން ކޮށްފައިވާ ށަކުވާއަކާ ގުޅިގެން ބެލޭ ބެލުމަކުން ނުވަތަ އެއިން ފަރާތެއްގެ އަމަލުތަކާމެދު ބެލޭ ބެލުމަކުން ނިންމޭ ނިންމުމަކަށެވެ.
"އިމާރާތް އިންސްޕެކްޓްކުރުން" ކަމަށް ބުނެފައި އެވަނީ، ތިރީގައިވާ ފަދަ މަގްސަދެއް ހާސިލުކުރުމަށްޓަކައި އިމާރާތްކުރުމުގެ މަސައްކަތަކާ ގުޅިގެން އެ މަސައްކަތް ކުރާ ގޮތަށް ފާޑުކިޔައި، ކޮންޓްރޯލްކޮށް އަދި ބެލެހެއްޓުމަށެވެ.
- އެ މަސައްކަތެއް ކުރެވެނީ އެކަށީގެންވާ ފެންވަރަކަށްތޯ ބެލުމަށް؛
- އެ މަސައްކަތެއް ކުރެވެނީ އެ މަސައްކަތެއް ކުރުމަށް ދީފައިވާ ހުއްދައާ އެއްގޮތަށްތޯ ބެލުމަށް؛
"މޮނިޓަރ ކުރުން" ކަމަށް ބުނެފައި އެވަނީ، އިމާރާތްކުރުމާ ގުޅޭ މަސައްކަތް ހިނގަމުންދާގޮތާއި، އިމާރާތްތައް ބޭނުން ކުރަމުންދާ ގޮތް ބެލެހެއްޓުމެވެ.
"ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ މަރުކަޒުތައް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ މަރުކަޒުތައް ކަމަށް ބަޔާންކޮށް މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭށަނަލް ސެކިއުރިީޓއިން ކަނޑައަޅައި އިއުލާނުކުރާ ތަންތަނަށެވެ.
"މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަރުކަޒުތައް" ކަމަށް ބުނެފައި އެވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަރުކަޒުތައް ކަމަށް ބަޔާންކޮށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅައި އާއްމުކޮށް އިއްލާނުކުރާ ތަންތަނަށެވެ.
"ވަށައިގެންވާ ސަރަހައްދު" ކަމށް ބުނެފައި އެވަނީ މިގަވާއިދުގެ ދަށުން އެއްވުމާއި ހިނގާލުން ބޭއްވުން މަނާކަމަށް ބުނެފައިވާ ތަންތަނުގެ އިންވެގެން ވަށައިގެންވާ ަމގުތަކުގެ ސަރަހައްދުތަކަށެވެ.
"ކަނޑު" ކަމަށް ބުނެފައިއެވަނީ، ރަށްރަށުގެ ފަޅާއި، ފަރު، ހާ، ގިރި ހިމެނޭގޮތުން ދިވެހިރާއްޖޭގެ އެތެރޭ ކަނޑާއި އާކިޕެލެޖިކް ކަނޑާއި ސަރަހައްދީ ކަނޑާއި ހާއްސަ އިގްތިސާދީ ސަރަހައްދު ހިމެނޭގޮތަށެވެ.
"ލަނގުވާ ތަކެތި" ކަމަށް ބުނެފައިއެވަނީ އޮޔާދާ ތަކެއްޗާއި، ލައްގަމުން އަންނަ ތަކެއްޗާއި، ލައްގާފައިވާ ތަކެތި ހިމެނޭގޮތުންނެވެ.
"ފަރު" ކަމަށް ބުނެފައި އެވަނީ، ގަލާއި މުރަކައިގެ މައްޗަށް ބިނާވެގެން ދިވެހިރާއްޖޭގެ ސަރަޙައްދުގެ ތެރޭގައި ގުދުރަތީގޮތުން އުފެދިފައިވާ އަތޮޅުތަކާ ރަށްރަށަށް ނިސްބަތްވާ ގޮތަށް ކަނޑުގެ ލޮނުގަނޑުގެ ބޮޑުދިޔައިގެ މަތީ މިންވަރުން ފެށިގެން އަޑީގައިވާ އެންމެހައި ތަންތަނަށެވެ. މިގޮތުން، އަތޮޅު ނުވަތަ ރަށްރަށުގެ ދުނިފަރާއި (އެތެރެއާއި، ބޭރުފަރާތް) އެފަރުފަރާ ގުޅިގެން ހުންނަ ފަޅަފަޅާއި ވިލުވިލާއި އަތޮޅު ތެރެއާއި ވިލުވިލުގައި ހުންނަ ގިރި، ހާ އަދި ގާގަނޑު ފަދަ ތަންތަނާއި، ރަށްރަށާއި ގުޅިގެންނާއި ނުގުޅި ހެދިފައި ހުންނަ އާނު/ާމޑު މިމާނަގައި ހިމެނެއެވެ.
"މަތީ ތައުލީމު ދޭ މަރުކަޒު" ކަމަށް ބުނެފައި އެވަނީ، ޔުނިވަރސިޓީތަކާއި، ކޮލެޖްތަކާއި، އިންސްޓިޓިއުޓްތަކަށެވެ.
"ހޯމްސްޓޭގެ ގޮތުގައި ރަޖިސްޓަރީ ކުރެވޭ ގެސްޓްހައުސް" ކަމަށް ބުނެފައި އެވަނީ، މީހުން ދިރިއުޅެމުންދާ އިމާރާތެއްގެ މީހުން ދިރިއުޅެމުންދާ ޔުނިޓެއްގައި ހަދައިފައިވާ ޓޫރިސްޓް ގެސްޓްހައުސްއަށެވެ.