ގާނޫނީ ރަދީފު
"ބެލެހެއްޓުމުގެ އިދާރާ" ކަމަށް ބުނެފައި އެވަނީ، ބަންދުގެ މަރުކަޒުތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި މީހުންނާއި ކުޑަކުދިން ބައިތިއްބާ އަދި މީހުންނާއި ކުޑަކުދިން ބެލެހެއްޓުމުގެ ޒިންމާ ހަވާލުވެގެންވާ ވުޒާރާތަކުގެ ތެރެއިން އެ ވުޒާރާގެ މަސައްކަތާ ގުޅޭ ނިސްބަތުން އެ ވުޒާރާއަކަށެވެ.
"އޮޕްކެޓް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާއެއް ކަމުގައިވާ "ދަ ކޮންވެންށަން އަގެއިންސްޓް ޓޯޗަރ އެންޑް އަދަރ ކުރުއަލް، އިންހިއުމަން އޯރ ޑިގްރޭޑިންގ ޓްރީޓްމަންޓް އޯރ ޕަނިށްމަންޓް" ގެ އިހުތިޔާރީ މުއާހަދާއަށެވެ.
"މިނިވަންކަން ގެއްލޭ ގޮތަށް ބަންދުކުރާ ނުވަތަ ބައިތިއްބާ މަރުކަޒުތައް" ގެ މާނައިގެ ތެރޭގައި އަންނަނިވި ތަންތަން ހިމެނެއެވެ.
- އިމިގްރޭށަން ޑިޓެންށަން ސެންޓަރުތައް؛
- ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ މަރުކަޒުތައް؛
- ކުޑަކުދިން ބަލަހައްޓާ މަރުކަޒުތައް؛
- ށަރީއަތް ނިމުމުގެ ކުރިން މީހުން ބަންދުކުރާ މަރުކަޒުތަކާއި، ރިމާންޑް ޖަލުތައް؛
- ޕޮލިސް ސްޓޭށަންތަކާއި ކަސްޓޯޑިއަލް ޖަލުތައް؛
- ހުކުމް ތަންފީޒުކުރަމުންދާ މީހުން ބަންދުކުރާ ޖަލުތައް؛
- އިދާރީގޮތުން މީހުން ބަންދުކުރާ މަރުކަޒުތައް؛
- ކުޑަކުދިން ބަލަހައްޓާ މަރުކަޒުތައް؛
- ޑްރަގް ރިހެބިލިޓޭށަން ފަރުވާދޭ މަރުކަޒުތަކާއި، ޑިޓޮކްސިފިކޭށަން ފަރުވާދޭ މަރުކަޒުތައް؛
- އަސްކަރިއްޔާގައި ސުލޫކީ އަދަބެއްގެ ގޮތުން ބަންދުގައި ބަހައްޓާ ތަންތަން؛
- ކަރަންޓީން އައިސޮލޭށަން ފެސިލިޓީތައް؛
- ޑައިވަރށަން ސެންޓަރުތަކާއި ރިހެބިލިޓޭށަން ސެންޓަރުތައް؛
- މިނިވަންކަން ގެއްލޭގޮތަށް މީހުންނާއި ކުޑަކުދިން ބަންދުކުރާ ނުވަތަ ބައިތިއްބާ އެހެނިހެން ތަންތަން.
"މިނިވަންކަން ގެއްލޭގޮތަށް މީހުންނާއި ކުޑަކުދިން ބަންދުކުރާ ނުވަތަ ބައިތިއްބާ ތަންތަން" ކަމުގައި ބުނެފައި އެވަނީ، ދާއިމީ ނުވަތަ ވަގުތީގޮތުން ނަމަވެސް ދައުލަތުގެ ފަރާތުން މީހެއްގެ ރުހުމުގައި ނުވަތަ ނުރުހުމުގައި ނަމަވެސް މިނިވަންކަން މަހްރޫމްވާނޭހެން ބެހެއްޓޭ ކޮންމެ ތަނަކަށެވެ. އެގޮތުން، ށަރުއީ ނުވަތަ އިދާރީ ނުވަތަ އެނޫންވެސް އެއްވެސް އަމުރަކުން އެ މީހަކު ނުވަތަ އެ ކުއްޖަކު އަމިއްލަ އިހުތިޔާރުގައި މިނިވަންކަމާއެކު އުޅުމަށް ހުއްދަ ނުލިބޭ ގޮތަކަށް ބަންދުކުރުމަށް ނުވަތަ ޖަލަށްލުމާއި ނުވަތަ ޕަބްލިކް ނުވަތަ ޕްރައިވެޓް ތަނެއްގައި މިނިވަންކަން ގައިދުކުރެވޭ ގޮތަށް ބަންދުކުރެވޭ ނުވަތަ ބަލަހައްޓާ ކޮންމެ ތަނެއް މި މާނައިގެ ތެރޭގައި ހިމެނޭނެއެވެ.
"އެން.ޕީ.އެމް." ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުގެ ތެރެއިން، ޓޯޗަރކުރުން މަނާކުރުމާއި، ހުއްޓުވުމާއި، ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަމަލު ހިންގުން މަނާކުރުމާއި، ހުއްޓުވުމާއި، އިންސާނީ ކަރާމާތް ގެއްލޭ ފަދަ އަދަބު ދިނުން މަނާކުރުމާއި ހުއްޓުވުމާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާ ނުވަތަ ކޮންވެންށަން އަގެއިންސްޓް ޓޯޗަރ (ކެޓް ކޮންވެންށަން) އާއި، އެ މުއާހަދާގެ އޮޕްށަނަލް ޕްރޮޓޮކޯލްގެ ބޭނުމަށް ޓަކައި، ދިވެހިރާއްޖޭގައި ޓޯޗަރގެ އަމަލާއި ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަމަލާއި އިންސާނީ ކަރާމާތް ގެއްލޭ ފަދަ އަދަބު ދިނުން ހުއްޓުވުމަށާއި، އެފަދަ އެއްވެސް އަމަލެއް ހިނގިޔަ ނުދިނުމަށް ޓަކައި ގާނޫނު ނަންބަރު 2013-13 (އެންޓި ޓޯޗަރ ގާނޫނު 2013) ގެ 44 ވަނަ މާއްދާގެ (ނ) އިން ގާނޫނީގޮތުން ބާރުވެރިކުރުވައި ދިވެހިރާއްޖޭގައި ކަނޑައަޅައިފައިވާ ނޭށަނަލް ޕްރިވެންޓިވް މެކޭނިޒަމަށެވެ.
"ވޯޓު" ކަމަށް ބުނެފައި އެވަނީ، ވޯޓު ކަރުދާހުގައި އެއް މަގާމަށް ވުރެ އިތުރު މަގާމު ހިމެނި ނަމަވެސް، އެ ކައުންސިލަކަށް ނުވަތަ ކޮމިޓީއަކަށް އިންތިހާބުކުރާ ކޮންމެ މަގާމަކަށް ދޭ ވޯޓަށެވެ.
"ވޯޓު ކަރުދާސް" ކަމަށް ބުނެފައި އެވަނީ، އެ ކައުންސިލަކަށް ނުވަތަ ކޮމިޓީއަކަށް އިންތިހާބުކުރަންޖެހޭ މަގާމުތައް ހިމަނައި އިލެކްށަންސް ކޮމިށަނުން ތައްޔާރުކޮށްފައިވާ ކަރުދާހަށެވެ.
"ކުޅިވަރާބެހޭ ގައުމީ މަޖިލިސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2015-30 (ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނު) ގެ 12 ވަނަ މާއްދާގެ ދަށުން އައްޔަނުކޮށްފައިވާ "ކުޅިވަރާބެހޭ ގައުމީ މަޖިލިސް" އަށެވެ.
"ކޮމިށަނަރ އޮފް ސްޕޯޓްސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2015-30 (ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނު) ގެ 6 ވަނަ މާއްދާގެ ދަށުން އައްޔަނުކޮށްފައިވާ ކޮމިށަނަރ އޮފް ސްޕޯޓްސްއަށެވެ.
"ކްލަބް" ކަމަށް ބުނެފައި އެވަނީ، ވާދަވެރި މުބާރާތްތަކުގައި ކުޅިވަރު ކުޅުމަށް ކޮމިށަނަރ އޮފް ސްޕޯޓްސްގައި ކްލަބެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.
"އެކެޑަމީ" ކަމަށް ބުނެފައި އެވަނީ، ކުޅިވަރުގެ ތަމްރީނުދިނުމަށް ކޮމިށަނަރ އޮފް ސްޕޯޓްސްގައި އެކަޑަމީގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.
"ޕްރޮވިށަނަލް ސްޓޭޓަސް" ކަމަށް ބުނެފައި އެވަނީ، ގައުމީ ކުޅިވަރު ފެޑެރޭށަންތަކުން ނުވަތަ އެސޯސިއޭށަންތަކުން ވަކި ށަރުތުތަކެއް ނުވަތަ މިންގަނޑުތަކެއް ހާސިލުކުރެވެންދެން ދޭ ވަގުތީ ހުއްދައަށެވެ.
"ތެލަސީމިއާ ހުންނަ މީހުންގެ ގައުމީ ދަފުތަރު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2012-04 (ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނު) ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، އަދި ގަވާއިދު ނަންބަރު 2012-47 (ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ހިދުމަތް ދިނުމުގެ ގަވާއިދު) ގެ 4 ވަނަ މާއްދާގައި ތެލަސީމިއާ ކުދީން ރަޖިސްޓަރީކުރަން ލާޒިމުކުރާ ދަފުތަރަށެވެ.
"ތެލަސީމިއާ" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2012-04 (ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނު) ގެ 3 ވަނަ މާއްދާގައި ދީފައިވާ މާނަޔާ އެއްގޮތަށް، ކުއްޖާ އުފެދުމުގައި، ކުއްޖާގެ މައިންބަފައިންގެ ކިބައިން ކުއްޖާއަށް ވާރުތަވާ ހާލަތެއްގެ ސަބަބުން، ކުއްޖާގެ ލޭގައި ހުންނަންޖެހޭ މާއްދާއެއްކަމުގައިވާ ހީމޮގްލޮބިން ހުންނަންޖެހޭ މިންވަރަށް ނުހުރުމުގެ ނަތީޖާއެއްގެ ގޮތުން ނުވަތަ އެ މާއްދާ ލޭގައި ތަރުތީބުވެގެން ދާންޖެހޭގޮތަށް ތަރުތީބުވެގެން ނުދިއުމުގެ ނަތީޖާއެއްގެ ގޮތުން، ކުއްޖާގެ ހަށިގަނޑުގައި ލޭ އުފައްދަންޖެހޭ މިންވަރަށް ލޭ ނޫފެއްދުމުގެ ސަބަބުން ކުއްޖާއަށް ދިމާވާ ސިއްހީ ހާލަތަށެވެ.
"ތެލަސީމިއާ ކުދިން" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2012-04 (ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނު) ގެ 25 ވަނަ މާއްދާގެ (ކ) ގައި ދީފައިވާ މާނައާ އެއްގޮތަށް، އެ ކުދިން އުފަންވާ ތާރީހުން ފެށިގެން މީލާދީގޮތުން 18 (އަށާރަ) އަހަރު ފުރުމާ ދެމެދުގެ އުމުރުގެ ކުދިންނާއި، އުމުރުން 18 (އަށާރަ) އަހަރު މީލާދީގޮތުން ފުރިހަމަވުމަށްފަހުގައި ވެސް ތެލަސީމިއާގެ ހާލަތުގައި ދެމިތިބި މީހުން ހިމެނޭ ގޮތަށެވެ.