-

މާލީ މުއާމަލާތެއް

"މާލީ މުއާމަލާތެއް" ކަމަށް ބުނެފައި އެވަނީ، މައްސަލައިގައި ހިމެނޭ ހަސްމަކާ ނުވަތަ ހަސްމުގެ އަނބިމީހާ ނުވަތަ ފިރިމީހާއާއެކު ކޮށްފައިވާ މުއާމަލާތެއްގެ ތެރެއިން ދަރަންޏެއް ނުވަތަ އެނޫން ގޮތަކުން މުދަލެއް ބަދަލުކޮށްފައިވުމުން އަގު އަދާކުރަމުންދާ ނުވަތަ ފައިސާ ދައްކަންޖެހިފައިވާ ކަމެއް ނުވަތަ އެއްޗެއް އޮތުމާއި، މިލުކުވެރިކަން ބަދަލުވާންޖެހޭ މުއާމަލާތެއްކޮށް ނިމިފައިނުވުމަށެވެ. މި މާނަކުރުމުގައި މާލީ އިދާރާތަކާއެކު ފަނޑިޔާރުން ކޮށްފައިވާ މުއާމަލާތްތައް އިސްތިސްނާވާނެއެވެ. އަދި ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއެކު ފަނޑިޔާރު ކޮށްފައިވާ މުއާމަލާތްތައް އިސްތިސްނާވާނެއެވެ.