ގާނޫނީ ރަދީފު
"ޒަކާތް ދެއްކުން" ކަމަށް ބުނެފައި އެވަނީ، މުދަލު ޒަކާތް އަދި/ނުވަތަ ފިތުރު ޒަކާތުގެ ގޮތުގައި ފައިސާ ނުވަތަ ގޮވާމުގެ ބާވަތްތައް ދެއްކުމަށެވެ.
"ޒަކާތް ނެގުން" ކަމަށް ބުނެފައި އެވަނީ، މުދަލު ޒަކާތް އަދި/ނުވަތަ ފިތުރު ޒަކާތުގެ ގޮތުގައި ދައްކާ ފައިސާ ނުވަތަ މުދާ ބަލައިގަތުމަށެވެ.
"ފިތުރު ޒަކާތް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ހަތަރުވަނަ ބާބުގައި ބަޔާންކުރާ ށަރުތުތައް އެ މީހެއްގެ ކިބައިގައި ފުރިހަމަވެއްޖެ ކޮންމެ މީހަކު، މި ގާނޫނުގައިވާ ގޮތުގެމަތިން ފިތުރު ޒަކާތުގެ ގޮތުގައި ދައުލަތަށް ދައްކާ ގޮވާމުގެ ބާވަތްތައް ނުވަތަ ފައިސާއަށެވެ.
"މުދަލު ޒަކާތް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ތިންވަނަ ބާބުގައި ބަޔާންކުރާ ށަރުތުތައް އެ މުދަލެއްގައި ފުރިހަމަވެއްޖެ ކޮންމެ މުދަލަކުން، މި ގާނޫނުގައިވާ ގޮތުގެމަތިން ޒަކާތުގެ ގޮތުގައި ދައުލަތަށް ދައްކާ ފައިސާއަށެވެ.
"ޒަކާތް" ކަމަށް ބުނެފައި އެވަނީ، މުދަލު ޒަކާތް އަދި ފިތުރު ޒަކާތް ހިމެނޭގޮތުންނެވެ.
"އެކައުންޓެންޓް" ކަމަށް ބުނެފައި އެ ވަނީ، ދިވެހިރާއްޖޭގައި ޕްރައިވެޓް އެންޓިޓީތަކުގެ މާލީ ހިސާބުތަކާއި މާލީ ބަޔާންތައް ތައްޔާރުކުރުމާއި، މާލީ މަސައްކަތްތައް ކުރާ މި ނޫންވެސް ފަރުދުންނަށެވެ.
"އެކައުންޓެންޓްސް އިން ބިޒްނަސް" ނުވަތަ "އެކައުންޓެންޓް" ކަމަށް ބުނެފައި އެ ވަނީ، ދިވެހިރާއްޖޭގައި ޕްރައިވެޓް އެންޓިޓީތަކުގެ މާލީ ހިސާބުތަކާއި މާލީ ބަޔާންތައް ތައްޔާރުކުރުމާއި، މާލީ މަސައްކަތްތައް ކުރާ މި ނޫންވެސް ފަރުދުންނަށެވެ.
"ޕްރައިވެޓް އެންޓިޓީ" ކަމަށް ބުނެފައި އެ ވަނީ، ހަމައެކަނި ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ގައިދުނުވާ ގޮތަށް، ތިރީގައި ބަޔާންކޮށްފައިވާ ށަހުސުތަކަށެވެ.
- ގާނޫނު ނަންބަރު 2014-19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްގެން ވިޔަފާރި ހިންގާ ފަރާތްތައް؛
- ގާނޫނު ނަންބަރު 2023-07 (ކުންފުނީގެ ގާނޫނު) ގެ ދަށުން އުފައްދައި އަދި ރަޖިސްޓަރީކޮށްގެން ހިންގާ ކުންފުނިތައް؛
- ގާނޫނު ނަންބަރު 2007-03 (ކޯޕަރޭޓިވް ސޮސައިޓީގެ ގާނޫނު) ގެ ދަށުން އުފައްދައި އަދި ރަޖިސްޓަރީކޮށްގެން ހިންގާ ކޯޕަރޭޓިވް ސޮސައިޓީތައް؛
- ގާނޫނު ނަންބަރު 2011-13 (ޕާޓްނަރށިޕްގެ ގާނޫނު) ގެ ދަށުން އުފައްދައި އަދި ރަޖިސްޓަރީކޮށްގެން ހިންގާ ޕާޓްނަރށިޕްތައް؛
- ގާނޫނު ނަންބަރު 2024-11 (ފޮރިން އިންވެސްޓްމަންޓްގެ ގާނޫނު) ގެ ދަށުން ހުއްދަ އަދި ލައިސަންސް ލިބިގެން ވިޔަފާރި ހިންގާ ފަރާތްތައް؛
- ގާނޫނު ނަންބަރު 2022-03 (ޖަމްއިއްޔާތަކުގެ ގާނޫނު) ގެ ދަށުން އުފައްދައި އަދި ރަޖިސްޓަރީކޮށްގެން ހިންގާ ޖަމުއިއްޔާތައް.
"މެދުރާސްތާ" ކަމަށް ބުނެފައި އެ ވަނީ، ވިދިވިދިގެން އަންނަ 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށެވެ.
"ކޮންޑިށަނަލް ގްރާންޓް" ކަމަށް ބުނެފައި އެ ވަނީ، ވަކި ހާއްސަ ހާލަތްތަކެއްގައި ށަރުތުތަކަކާއެކު ދައުލަތުން ޖުޑީށަރީއަށް ދޭ ހިލޭ އެހީއަށެވެ.
"ށަރުއީ ދާއިރާ" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ އަދުލުއިންސާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ ކޯޓުތަކާއި، "ޑިޕާޓްމަންޓް އޮފް ޖުޑީށަލް އެޑްމިނިސްޓްރޭށަން" އާއި، ޑިޕާޓްމަންޓުގެ ދަށުން ހިންގަމުންދާ އެންމެހައި އިދާރާތަކަށެވެ.
"އުޅަނދު" ކަމަށް ބުނެފައި އެވަނީ ފެންމަތިން ނުވަތަ ކަނޑުއަޑިން، އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަށްޓަކައި ހަދާފައިވާ ހުރިހާ ބާވަތެއްގެ ތަކެއްޗަށެވެ.
"މެންޓަރިންގ މެންބަރު" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 2006-06 (ހިއުމަން ރައިޓްސް ކޮމިށަން އޮފް ދަ މޯލްޑިވްސް) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ކޮމިށަނަށް އައްޔަނުކޮށްފައިވާ 5 (ފަހެއް) މެންބަރުންގެ ތެރެއިން ކޮމިށަނުގެ ކޮންމެ ޑިޕާޓްމަންޓެއްގެ މަސައްކަތްތަކަށް ލަފާދިނުމަށް އެ ޑިޕާޓްމަންޓަކަށް އެވަގުތަކު ކަނޑައަޅައިފައިވާ މެންބަރަށެވެ.
"އޭ.ޕީ.ޓީ." ކަމަށް ބުނެފައި އެވަނީ، އެސޯސިއޭށަން ފޯ ދި ޕްރިވެންށަން އޮފް ޓޯޗަރގެ ގޮތުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ ޖަމުއިއްޔާއަށެވެ.
"އެސް.ޕީ.ޓީ." ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާއެއް ކަމުގައިވާ ދަ ކޮންވެންށަން އަގެއިންސްޓް ޓޯޗަރ އެންޑް އަދަރ ކުރުއަލް، އިންހިއުމަން އޯރ ޑީގްރޭޑިންގ ޓްރީޓްމަންޓް އޯރ ޕަނިށްމެންޓްގެ އޮޕްށަނަލް ޕްރޮޓޮކޯލްއިން އެކުލަވައިލައިފައިވާ "ސަބްކޮމިޓީ އޮން ޕްރިވެންށަން އޮފް ޓޯޗަރ އެންޑް އަދަރ ކުރުއަލް، އިންހިއުމަން އޯރ ޑީގްރޭޑިންގ ޓްރީޓްމަންޓް އޯރ ޕަނިށްމެންޓް" އަށެވެ.