-

ފޮރެންސިކް ހެކި

"ފޮރެންސިކް ހެކި" ކަމަށް ބުނެފައި އެވަނީ، އަންނަނިވި މައުލޫމާތާއި އެއްޗެހި ހިމެނޭ ގޮތަށެވެ.

(ހ) އިނގިލީގެ ނިށާނާއި، ޑީ.އެން.އޭ. ގެ މައުލޫމާތާއި، ފޮޓޯއާއި، އެތެރެހަށީގެ ފޮޓޯއާއި، ބޮޑީ ސާމްޕަލާއި، އެތެރެހަށީގެ ސާމްޕަލް ހިމެނޭގޮތުން، ސައިންސާއި ޓެކްނޮލޮޖީގެ ޒަރީއާއިން ހޯދާ އެފަދަ މައުލޫމާތު.

(ށ) މަރުވެފައިވާ މީހެއްގެ ހަށިގަނޑުން ހަދާ އޮޓޮޕްސީން ލިބިދޭ މައުލޫމާތާއި ނަގާ ސާމްޕަލް.

(ނ) ކުށެއް ކުރުމުގައި ބޭނުންކުރި އެއްޗެއް ނުވަތަ ކުށް ކުރި ފަރާތް ނުވަތަ އަނިޔާ ލިބުނު ފަރާތް ނުވަތަ ކުށުގެ ވެށިން ފެންނަ މާއްދީ ހެއްކެއް ތަހީުލލުކުރުމުން ދެނެގަނެވޭ މައުލޫމާތާއި އެ މައުލޫމާތުގެ މައްޗަށް އެކުލަވައިލާ ރިޕޯޓު.

(ރ) މި މާއްދާގެ (ނ) ގެ ބޭނުމަށްޓައި "ކުށުގެ ވެށި" ކަމަށް ބުނެފައި އެވަނީ، މީހަކު ކުށް ކުރި ތަނާއި، ކުށްކުރުމަށްފަހު އެނބުރި ދާ ދިޔުމާއި، ފިލަން ނުވަތަ އެއްޗެއް ފޮރުވުމަށް ވަދެހުންނަން ކޮންމެ ތަނަކަށެވެ