-

ފުޑް އެޑިޓިވް

"ފުޑް އެޑިޓިވް" ކަމަށް ބުނެފައި އެވަނީ، އެ އެއްޗެއްގެ ޒާތުގައި އެ އެއްޗަކީ އާންމުކޮށް ކައިބޮއި ހެދުމަށް ބޭނުންކުރާ އެއްޗަކަށް ނުވެފައި، އަދި ކާބޯތަކެތި ތައްޔާރުކުރުމުގައި އާންމު ގޮތެއްގައި ބޭނުންނުކުރާ ބާވަތެއް ކާބޯތަކެތި އުފެއްދުމުގެ ނުވަތަ ޕްރޮސެސްކުރުމުގެ ނުވަތަ ތައްޔާރުކުރުމުގެ ނުވަތަ ބަންދުކޮށް އުފުލައި ހެދުމުގައި ބޭނުންކުރާ ޓެކްނޮލޮޖީގެ ބޭނުމަށް ކާބޯތަކެއްޗަށް އެއްކުރާ އެއްޗަކަށެވެ. އަދި މިގޮތަށް ކާބޯތަކެއްޗަށް އެއްކުރާ ފުޑް އެޑިޓިވްއެއްގައި ސިއްހީ މަންފާއެއް ހުރުން ލާޒިމުނުވި ނަމަވެސް،ފުޑް އެޑިޓިވް ނުވަތަ އޭގެ ބައިޕްރޮޑަކްޓްތައް ކާނާގެ ބަޔަކަށް ނުވަތަ އެހެންވެސް ގޮތަކުން ކާނާގެ އަސްލަށް ބަދަލުގެނެސްދޭ ނުވަތަ ބަދަލެއް ގެނައުމަށް އެކަށީގެންވާ ކޮންމެ އެއްޗެކެވެ. ކާބޯތަކެތީގައި ހިމެނޭ ސިއްހީ މަންފާ އިތުރުކުރުމަށް އެއްކުރާ ތަކެއްޗާއި ކޮންޓެމިނަ ންޓްތައްމީގެ ތެރެއަކު ނުހިމެނެއެވެ.