ގާނޫނީ ރަދީފު
"ހާއްސަ ގަރާރު" ކަމަށް ބުނެފައި އެވަނީ، ޔޫނިއަންގެ މެންބަރުންގެ އާންމު ޖަލްސާއެއްގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މެންބަރުންގެ ތެރެއިން %75 (ހަތްދިހަ ފަހެއް އިންސައްތަ) މެންބަރުންގެ ތާއީދާއެކު ނިންމާ ނިންމުމަކަށެވެ.
"ސަރވިސް އެޑްރެސް" ކަމަށް ބުނެފައި އެވަނީ، ޔޫނިއަނަކުން އެ ފަރާތެއްގެ ސަރވިސް އެޑްރެހުގެ ގޮތުގައި ގާއިމުކުރ،ާ މި ގާނޫނުގެ ދަށުން އެ ފަރާތަކަށް ފޮނުވަންޖެހޭ ނޯޓިހާއި ގާނޫނީ ލިޔެކިޔުން ފޮނުވުމަށާއި އެހެނިހެން މުއާމަލާތްތައް ކުރުމަށާއި، އެފަދަ ނޯޓިހާއި ލިޔެކިޔުން އެ އެޑްރެހަކުން ބަލައިގަތުމަށް ކަނޑައަޅައި، ޔޫނިއަންތަކުގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ ސަރވިސް އެޑްރެހަށެވެ.
"މަސައްކަތްކުރާ ތަން" ކަމަށް ބުނެފައި އެވަނީ، ވަރކްޕްލޭސް ބަރގެއިނިންގގައި ބައިވެރިވާ ނުވަތަ ތަމްސީލުކުރާ ނުވަތަ އެނޫންވެސް މަސައްކަތްތެރިން އާންމުކޮށް ވަޒީފާ އަދާކުރާ ތަނަށެވެ.
"ޓްރައިބިއުނަލް" ކަމަށް ބުނެފައި އެވަނީ، ވަޒީފާއާބެހޭ މައްސަލަތައް ބެލުމަށް، ވަޒީފާއާބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާވަޒީފާއާބެހޭ ޓްރައިބިއުނަލަށެވެ.
"ޑިރެކްޓަރ ޖެނެރަލް އޮފް އިންޑަސްޓްރިއަލް ރިލޭށަންސް" ނުވަތަ "ޑިރެކްޓަރ ޖެނެރަލް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ލޭބަރ ރިލޭށަންސް އޮތޯރިޓީގައި، އިންޑަސްޓްރިއަލް ރިލޭށަންސްއާގުޅޭ ކަންކަން ނިންމުމުގައި އެންމެ އިސްފަރާތުގެ ގޮތުގައި މިނިސްޓަރު އައްޔަންކުރާ ފަރާތަށެވެ.
"ޔޫނިއަންގެ އުސޫލުތައް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރާ ޔޫނިއަންތަކުގެ އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ޔޫނިއަންގެ ހިންގުމާ ގުޅިގެން އެކުލަވާލާ އުސޫލުތަކަށެވެ.
"ޔޫނިއަންގެ ދުސްތޫރު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ރަޖިސްޓަރީކުރާ ޔޫނިއަންތަކުގެ އަސާސީ ގަވާއިދަށެވެ.
"އަސާސީ ހިދުމަތްތައް" ކަމަށް ބުނެފައި އެވަނީ، ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ހިދުމަތްތަކަށެވެ.

"ރަޖިސްޓްރާރ އޮފް ޔޫނިއަންސް" ނުވަތަ "ރަޖިސްޓްރާރ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ޔޫނިއަންތައް ރަޖިސްޓަރީކުރުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ފަރާތަށެވެ.
"މަސައްކަތްތެރިން" ނުވަތަ "ވަޒީފާ އަދާކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތްތަކުގެ ދާއިރާގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްތެރިއެއްގެ ގޮތުގައި ވަޒީފާ އަދާކުރާ އެއްވެސް މީހަކުނެތި އަމިއްލައަށް މަސައްކަތްކުރާ ނުވަތަ ވަޒީފާއަދާކުރާ ކޮންމެ ފަރާތަކަށެވެ.
"ކަލެކްޓިވް ބަރގެއިނިންގ" ކަމަށް ބުނެފައި އެވަނީ، ރަޖިސްޓަރީކޮށްގެން ހިންގާ މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކާއި ވަޒީފާދޭ ފަރާތްތައް ނުވަތަ ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކުގެ މެދުގައި ވަޒީފާއާ ގުޅުންހުރި ކަންކަމާ ގުޅޭގޮތުން ވަކި ކަމެއް ހާސިލުކުރުމަށް ކުރާ ބަރގެއިނިންގ ނުވަތަ މުއާމަލާތްތަކާއި މަށްވަރާތަކަށެވެ.
"ޓްރައިޕަރޓައިޓް ލޭބަރ ޑައިލޮގް" ކަމަށް ބުނެފައި އެވަނީ، މަސައްކަތްތެރިން ތަމްސީލުކުރާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތައް ތަމްސީލުކުރާ ފަރާތްތަކާއި ސަރުކާރު ތަމްސީލުކުރާ ފަރާތްތައް ހިމެނޭހެން ބާއްވާ މަށްވަރާ ބައްދަލުވުންތަކަށެވެ.
"ކަލެކްޓިވް އެގްރީމަންޓް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ކަލެކްޓިވް ބަރގެއިނިންގއަކުން ވާސިލުވާ އެއްބަސްވުންތަކަށެވެ.
"ޔޫނިއަން" ކަމަށް ބުނެފައި އެވަނީ، ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކާއި މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަންތަކަށެވެ.