ގާނޫނީ ރަދީފު
"ހެލްތު އެންޑް ސޭފްޓީ އޮފިސަރ" ކަމަށް ބުނެފައި އެވަނީީ،މި ގާނޫނު ނަންބަރު 2024-02 (މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނު) ގެ 29 މާއްދާގެ ދަށުން އައްޔަންކުރެވޭ ހެލްތު އެންޑް ސޭފްޓީ އޮފިސަރުންނަށެވެ.
"ހެލްތު އެންޑް ސޭފްޓީ އިންސްޕެކްޓަރުން" ކަމަށް ބުނެފައި އެވަނީީ، ގާނޫނު ނަންބަރު 2024-02 (މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނު) ގެ 47 ވަނަ މާއްދާގެ ދަށުން އައްޔަންކުރެވޭ ހެލްތު އެންޑް ސޭފްޓީ އިންސްޕެކްޓަރުންނަށެވެ.
"ޑިރެކްޓަރ ޖެނެރަލް ފޯރ ވަރކް ޕްލޭސް ސޭފްޓީ އެންޑް ހެލްތު" ކަމަށް ބުނެފައި އެވަނީީ، ގާނޫނު ނަންބަރު 2024-02 (މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނު) ގެ 18 މާއްދާގެ ދަށުން އައްޔަންކުރެވޭ ޑިރެކްޓަރ ޖެނެރަލް ފޯރ ވަރކް ޕްލޭސް ސޭފްޓީއެންޑް ހެލްތަށެވެެ.
"އެކްރެޑިޓްކޮށްފައިވާ ތަމްރީނުދޭ ފަރާތް" ކަމަށް ބުނެފައި އެވަނީީ، މި ގާނޫނުގެ ދަށުން މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާގުޅޭ ޓްރެއިނިންގ ހިންގުމަށް ޑިރެކްޓަރ ޖެނެރަލް އެކްރެޑިޓްކޮށްފައިވާ ފަރާތްތަކަށެވެ.
"ނުރައްކާތެރި ހާދިސާ" ކަމަށް ބުނެފައި އެވަނީީ، މަސައްކަތްކުރާ މީހަކަށް ނުވަތަ އާންމު މީހަކަށް، ހާނީއްކައެއް ނުވަތަ އަނިޔާއެއް ނުވަތަ ބައްޔައް ޖެހޭފަދަ ކަމެއްގެ ގޮތުގައި ގާނޫނަކުން ނުވަތަ ގަވާއިދަކުން ކަނޑައަޅާފައިވާ ނުވަތަ ފާހަގަކޮށްފައިވާ ކަމަކަށެވެ.
"މަސައްކަތްތެރިން" ނުވަތަ "މުވައްޒަފު" ކަމަށް ބުނެފައި އެވަނީީ، ވަޒީފާ އަދާކުރުމުގެ އެއްބަސްވުމެއްގެ ދަށުން ހިދުމަތްދޭ މީހާއަށެވެ. އަދި އޭގެ ތިރީގައި މިނިވަންނޫން ކޮންޓްރެކްޓަރާއ ވަޒީފާދޭ ފަރާތަށް ކުރިން މަސައްކަތްކޮށްދީފައިވާ މުވައްޒަފުންވެސް ހިމެނޭނެއެވެ.
"އެކްސިޑެންޓް" ކަމަށް ބުނެފައި އެވަނީ، މަސައްކަތުގެ މާހައުލުގައި ނުވަތަ މަސައްކަތުގައި ދިމާވާ ހާދިސާއެއްގެ ނަތީޖާއެއްގެ ގޮތުން ކުރިމަތި ވާ ފުރާނައަށް ނުރައްކާވާފަދަ އަނިޔާކުރިމަތި ވާ ނުވަތަ އެނޫންވެސް ނުރައްކާތެރި އަނިޔާ ލިބޭފަދަ ހާދިސާތަކަށެވެ.
"މުވައްޒަފު" ނުވަތަ "މަސައްކަތްތެރިން" ކަމަށް ބުނެފައި އެވަނީީ، ވަޒީފާ އަދާކުރުމުގެ އެއްބަސްވުމެއްގެ ދަށުން ހިދުމަތްދޭ މީހާއަށެވެ. އަދި އޭގެ ތިރީގައި މިނިވަންނޫން ކޮންޓްރެކްޓަރާއ ވަޒީފާދޭ ފަރާތަށް ކުރިން މަސައްކަތްކޮށްދީފައިވާ މުވައްޒަފުންވެސް ހިމެނޭނެއެވެ.
"މަސައްކަތުގައި" ކަމަށް ބުނެފައި އެވަނީ:
- މުވައްޒަފަކާ ގުޅޭގޮތުންނަމަ، ކޮންމެ ތަނެއްގައި މަސައްކަތްކުރި ނަމަވެސް، ވަޒީފާދޭ ފަރާތުގެ ވިޔަފާރި ނުވަތަ މަސައްކަތާ ގުޅޭގޮތުން މަސައްކަތުގައި ހޭދަކުރާ ކޮންމެ ވަގުތެއް؛
- އަމިއްލަ މަސައްކަތްކުރާ ފަރާތަކާ ގުޅޭގޮތުންނަމަ، ކޮންމެ ތަނެއްގައި މަސައްކަތްކުރ ނަމަވެސް، އަމިއްލަ މަސައްކަތްކުރާ ފަރާތެއްގެ ހައިސިއްޔަތުން މަސައްކަތުގައި ހޭދަކުރާ ކޮންމެ ވަގުތެއް؛
- ބުނެވިދިޔަ ފަރާތްތައް ނޫން ފަރާތްނަމަ، ކޮންމެ ތަނެއްގައި މަސައްކަތްކުރ ނަމަވެސް، އެފަރާތާ އެ މަސައްކަތް ހަވާލުކުރި ފަރާތުގެ އިރުށާދުގެ ދަށުން މަސައްކަތުގައި ހޭދަކުރާ ކޮންމެ ވަގުތެއް.
"މަސައްކަތްކުރާ ތަން ހިންގާ ފަރާތް" ކަމަށް ބުނެފައި އެވަނީީ، އެ މީހަކީ އެތަނެއްގެ ވެރިފަރާތް ނުވަތަ ވެރިފަރާތެއްކަމުގައި ނުވިޔަސް، އޭނާގެ އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން މީހަކުއެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވުމުގެ ސަބަބުން، ތަނެއްގެ ހިންގުންނުވަތަ ކޮންޓްރޯލް ހަވާލުކުރެވިފައިވާ ފަރާތަށެވެ.
"ފެކްޓަރީ" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަން ކުރުމަށް ވަޒީފާގައި މީހުން ގެންގުޅޭ ތަންތަނަށެވެ.
- އެއްވެސް މުދަލެއް ނުވަތަ އެއްޗެއް، ގެންގުޅުން، ތަރުތީބުކުރުން،ބަންދުކުރުން، ރައްކާކުރުން، ބަދަލުގެނައުން، މަރާމާތުކުރުން، އުފައްދާުން ނުވަތަ ޕްރޮސެސްކުރުން؛
- އެއްވެސް ނުރައްކާތެރި މާއްދާއެއް ގެންގުޅުން، ތަރުތީބުކުރުން، ބަންދުކުރުން، ރައްކާކުރުން، ޕްރޮސެސްކުރުން، އުފައްދާުން ނުވަތަ ގެންގުޅުން؛
- އުޅަނދުފަހަރު އުފައްދައި، ބަނދެ ނުވަތަ މަރާމާތުކުރުން؛
- އިމާރާތެއް ހިންގުން (އޮޕަރޭޓް ކުރުން) ނުވަތަކޮންސްޓްރަކްށަން އިންޖިނިއަރިންގްގެ މަސައްކަތްކުރުން؛ އަދި
- އެއްވެސް އާންމު ހިދުމަތެއްދޭ ތަނެއް ނުވަތަ ނިޒާމެއް (ސިސްޓަމެއް) ހިންގައި ބެލެހެއްޓުން.
"މަސައްކަތްކުރާ ތަން" ކަމަށް ބުނެފައި އެވަނީ، ފެކްޓަރީވެސް ހިމެނޭގޮތުން، އެ ވަގުތަކަށް ނުވަތަ އާންމު ގޮތެއްގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްކުކުރަންޖެހޭ ތަނަށެވެ.
"އަމިއްލަ މަސައްކަތްކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީީ،އެފަރާތެއްގެ ވަޒީފާގައެ މުވައްޒަފުން ގެންގުޅުނުކަމުގައި ވިޔަސް ނުވަތަ ނުގެންގުޅުނުކަމުގައި ވިޔަސް، އެއްބަސްވުމެއްގެ ދަށުން ނޫންގޮތަކަށް މަންފާއެއް ހާސިލުކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށެވެ.
"މަސައްކަތްކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އެއްވެސް ފަރާތެއްގެ މުވައްޒަފެއް ނުވަތަ އެއްވެސް ފަރާތެއްގެ ވަޒީފާއެއްގައ ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކަށެވެ.
"ވަޒީފާދޭ ފަރާތް" ކަމަށް ބުނެފައި އެވަނީީ، ފަޒީފާގެ އެއްބަސްވުމެއްގެ ދަށުން، މަސައްކަތެއް ކުރުމަށް ވަޒީފާދޭ ކޮންމެ މީހަކު، ނުވަތަ ކުންފުންޏެއް، ނުވަތަ ސަރުކާރު ނުވަތަ އަމިއްލަ ފަރާތްތަކަށެވެ. އަދި އެ މާނަކުރުމުގައި، މިނިވަން ނޫން ކޮންޓްރެކްޓަރުންގެ ހިދުމަތް ބޭނުންކުރާފަރާތްތަކާއި ވަޒީފާދޭ އެފަދަ ފަރާތްތަކުގެ ވާރިސުންނާއި، އެފަދަފަރާތްތަކުގެ ހައްގުތައް ގާނޫނީގޮތުން ނަގުލުވާ ފަރާތްތައްވެސް ހިމެނޭގޮތުންނެވެ.