-

އިންވެސްޓްމަންޓް އެންޓިޓީ

"އިންވެސްޓްމަންޓް އެންޓިޓީ" ކަމުގައި ބުނެފައި އެވަނީ:

  1. އެ އެންޓިޓީގެ މައިގަނޑު މަސައްކަތެއްގެ ގޮތުގައި، އަންނަނިވި ހަރަކާތްތަކާއި އޮޕަރޭށަންތަކުގެ ތެރެއިން 1 (އެކެއް) ނުވަތަ އެއަށްވުރެ ގިނަ ކަންތައްތައް ކަސްޓަމަރަކަށް ކޮށްދޭ ނުވަތަ ކަސްޓަމަރެއްގެ ބަދަލުގައި ކުރާ އެންޓިޓީތައް:
    (i) މަނީ މާކެޓު އިންސްޓްރުމަންޓްތައް ގަނެވިއްކުން (ޗެކު، ބިލު، ޑިޕޮޒިޓް ސެޓުފިކެޓު، ޑިރިވެޓިވް، ނުވަތަ އެ ފަދަ އެހެން އިންސްޓްރުމަންޓްތައް)؛ ބޭރު ފައިސާ ގަނެވިއްކުން؛ އިންޓްރެސްޓް ރޭޓު އަދި އިންޑެކްސް އިންސްޓްރުމަންޓް އެކްސްޗޭންޖް ކުރުން؛ ޓްރާންސްފަރ ކުރެވޭ ސެކިއުރިޓީ ގަނެވިއްކުން؛ ނުވަތަ ކޮމޯޑިޓީ ފިއުޗަރޒް ގަނެވިއްކުން؛
    (ii) އިންޑިވިޖުއަލް ނުވަތަ ކަލެކްޓިވް ޕޯޓްފޯލިއޯ މެނޭޖުކުރުން؛
    (iii) އެހެން ފަރާތެއްގެ ބަދަލުގައި ފައިނޭންށަލް އެސެޓް ނުވަތަ ފައިސާ އިންވެސްޓުކުރުން، ނުވަތަ އެޑްމިނިސްޓަރކުރުން، ނުވަތަ މެނޭޖުކުރުން؛
  2. ޑިޕޮޒިޓަރީ އިންސްޓިޓިއުށަނަކުން ނުވަތަ ކަސްޓޯޑިއަލް އިންސްޓިޓިއުށަނަކުން ނުވަތަ ސްޕެސިފައިޑް އިންށޯުއަރެންސް ކުންފުންޏަކުން ނުވަތަ މި މާއްދާގެ (ޅ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ އިންވެސްޓްމަންޓް އެންޓިޓީއަކުން މެނޭޖްކުރާ، އަދި އެ އެންޓިޓީއެއްގެ ޖުމުލަ އާމްދަނީ ލިބެނީ މައިގަނޑުގޮތެއްގައި ފައިނޭންށަލް އެސެޓްތަކުގައި އިންވެސްޓުކުރުމުން ނުވަތަ ރީއިންވެސްޓުކުރުމުން ނުވަތަ ފައިނޭންށަލް އެސެޓް ގަނެވިއްކުމުން ކަމުގައިވާ އެންޓިޓީތަކަށެވެ.