ގާނޫނީ ރަދީފު
"ވަޒީދޭ ފަރާތްތަކުގެ ޔޫނިއަން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓަރީކޮށްގެން، މެންބަރުންގެ ހައްގުތަކާއި މަސްލަހަތުތައް ކުރިއަރުވައި ހިމާޔަތްކުރުމުގެ މަގްސަދުގައި އުފައްދާ ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކަށެވެ.
"މަސައްކަތްތެރިންގެ ޓްރޭޑް ޔޫނިއަން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަޖިސްޓަރީކޮށްގެން، މެންބަރުންގެ ހައްގުތަކާއި މަސްލަހަތުތައް ކުރިއަރުވައިހިމާޔަތްކުރުމުގެ މަގްސަދުގައި އުފައްދާ މަސައްކަތްތެރިންގެ ޔޫނިއަންތަކަށެވެ.
"މަސައްކަތްތެރިން" ނުވަތަ "ވަޒީފާ އަދާކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތްތަކުގެ ދާއިރާގައި މަސައްކަތްކުރާ ނުވަތަ މަސައްކަތްތެރިއެއްގެ ގޮތުގައި ވަޒީފާ އަދާކުރާ އެއްވެސް މީހަކުނެތި އަމިއްލައަށް މަސައްކަތްކުރާ ނުވަތަ ވަޒީފާއަދާކުރާ ކޮންމެ ފަރާތަކަށެވެ.
"ވަޒީފާދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތްތަކުގެ ދާއިރާގައި، މަސައްކަތެއް ކުރުމަށް ނުވަތަ ހިދުމަތެއް ދިނުމަށް ވަޒީފާދޭ ކޮންމެ މީހަކަށް ނުވަތަ ފަރާތަކަށެވެ.
"ސެލްފް ޑިވަލޮޕްމަންޓް" ކަމަށް ބުނެފައި އެވަނ، އަމިއްލަ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި، މަސައްކަތުގެ ހޭލުންތެރިކަމާއި ގާބިލުކަމާއި ހުނަރު އިތުރުކޮށް ކުރިއެރުވުމަށް ކުރާ ކަންކަމަށެވެ.
"އެގްޒެކެޓިވް ކޮމިޓީ" ކަމަށް ބަޔާންކޮށްފައި އެވަނ،ީ މިނިސްޓްރީ ހިންގުމާ ހަވާލުވެ ހުންނަ ވަޒީރާއި، ޕްރޮޕޯޒަލްގައި ހިމެނޭ މަށްރޫއުގެދާއިރާއާ ގުޅޭ ވުޒާރާ ހިންގުމާ ހަވާލުވެ ހުންނަ ވަޒީރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޯޕަރޭޓް ޑިވެލޮޕްމަންޓް އޮފީސް ހިންގުމާ ހަވާލުވެހުންނަ އެންމެ އިސްވެރިޔާގެ މައްޗަށް އެކުލެވިގެންވާ ކޮމިޓީއަށެވެ.
"ވަޒީރުންގެ މަޖިލީހުގެ ކޮމިޓީ" ކަމަށް ބަޔާންކޮށްފައި އެވަނ،ީ ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ވަޒަންކުރުމަށާއި، އިގްތިސާދު ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދައިފައިވާ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް އެކުލެވޭ އިކޮނޮމިކް ކައުންސިލަށް ނުވަތަ ކަމާގުޅޭ ކޮމިޓީއަށެވެ.
"ޑިރެކްޓަރުން" ކަމަށް ބުނެފައި އެވަނީ، ކުންފުނީގެ ގާނޫނު (ގާނޫނު ނަންބަރު 2023-07) އާއި ކުންފުނީގެ ދުސްތޫރާ އެއްގޮތްވާ ގޮތުގެމަތިން ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި އައްޔަންކުރ،ާ ކުންފުނީގެ ގާނޫނު (ގާނޫނު ނަންބަރު 2023-07) ގެ 115 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ށަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ.
"މުދާ" ކަމަށް ބުނެފައި އެވަނީ، އުފުލޭ މުދާ އަދި ނުއުފުލޭ މުދަލާއި، އެ މުދަލަކުން މީހަކަށް ލިބިދޭ ހައްގުތަކާއި މަސްލަހަތުތަކާއި ފައިސާ ހިމެނޭ ގޮތުގެމަތިންނެވެ.
"ކޮންޓްރޯލް" ކަމަށް ބުނެފައި އެވަނީ:
- ކުންފުނީގެ ޑިރެކްޓަރުންގެ ތެރެއިން އަގުލަބިއްޔަތުގެ ޑިރެކްޓަރުން އައްޔަންކުރުމުގެ ހައްގު ލިބިގެންވުމަށް؛ ނުވަތަ
- ކުންފުނީގެ ހިންގުމުގެ ނުވަތަ ސިޔާސަތުތައް ނިންމުމުގެ ހައްގު ލިބިގެންވާ ފަރާތެއް، ނުވަތަ އެހެން މީހަކާ ނުވަތަ ބަޔަކާއެކު އެ ހައްގު ލިބިގެންވާ ފަރާތެއް، ސީދާކޮށް ނުވަތަ ނުސީދާކޮށް، ކޮންޓްރޯލްކުރުމަށް؛ އެއީ، ހިއްސާއާ ގުޅިގެން ނުވަތަ މެނޭޖްމަންޓްގެ ހައްގުތަކަކާ ގުޅިގެން، ނުވަތަ ހިއްސާދާރުންގެ އެއްބަސްވުމެއްގެ ދަށުން ނުވަތަ ވޯޓުދިނުމާގުޅޭ އެއްބަސްވުމެއްގެ ދަށުން ނުވަތަ އެނޫންވެސް ގޮތަކަށް ކަމަށްވީ ނަމަވެސްމެއެވެ.
"ސިގްނިފިކަންޓް އިންފްލުއެންސް" ކަމަށް ބުނެފައި އެވަނީ، ކުންފުނީގެ މާލީ ނުވަތަ ހިންގުމުގެ ސިޔާސަތުތައް ނިންމުމުގައި ބައިވެރިވުމުގެ ހައްގު، ސީދާކޮށް ނުވަތަ ނުސީދާކޮށް ލިބިގެންވުމަށެވެ.
"ސިގްނިފިކަންޓް ބެނެފިށަލް އޯނަރ" ކަމަށް ބުނެފައި އެވަނީ، ކުންފުންޏަކާ ގުޅޭގޮތުން އަންނަނިވި ހައްގުތައް ނުވަތަ އިނާޔަތްތައް
ލިބިގެންވާ ކޮންމެ ފަރުދަކަށެވެ. އެއީ، އެ ހައްގުތައް ނުވަތަ އިނާޔަތްތައް އެ ފަރާތަކަށް ލިބިގެންވަނީ، އެ މީހަކު އެކަނި ނަމަވެސް، ނުވަތަ އެހެން ފަރާތެއް ނުވަތަ ފަރާތްތަކަކާ އެކުގައި ނަމަވެސް، ނުވަތަ ޓްރަސްޓެއް މެދުވެރިވެގެން ނަމަވެސްމެއެވެ.
- މަދުވެގެން %25 (ފަންސަވީސް އިންސައްތަ) ހިއްސާ، ސީދާކޮށް ނުވަތަ ނުސީދާކޮށް މިލްކުކުރާ ހިއްސާއާއެކު، އޮތުން؛
- ކުންފުނީގެ އާންމު ޖަލްސާގައި ވޯޓުލުމުގެ ހައްގުގެ މަދުވެގެން %25 (ފަންސަވީސް އިންސައްތަ) ސީދާކޮށް ނުވަތަ ނުސީދާކޮށް ލިބިގެންވުން؛
- އެއްވެސް މާލީ އަހަރެއްގައި، ކުންފުނިން ބަހާ ޑިވިޑެންޑް ގެ މަދުވެގެން %25 (ފަންސަވީސް އިންސައްތަ) ނުސީދާކޮށް،ނުވަތަ ސީދާކޮށް ލިބިގެންވާ ހައްގާއެކު، ލިބިގަތުމުގެ ހައްގު ލިބިގެންވުން؛
- ކުންފުނީގެ ހިއްސާގެ މިލްކުވެރި ފަރާތުގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ހައިސިއްޔަތުން އެކަނި ނޫން ގޮތަކަށް،ކުންފުނީގައި ސިގްނިފިކަންޓް އިންފްލުއެންސް ނުވަތަ ކޮންޓްރޯލް ބޭނުންކުރުމުގެ ހައްގު ލިބިގެންވުން، ނުވަތަ ބޭނުންކުރުން.
"ޕަބްލިކް ނޯޓަރީ" ކަމަށް ބުނެފައި އެވަނީ، ގާނޫނީ ފަންނުގެ ގާނޫނު (ގާނޫނު ނަންބަރު 2019-05) ގެ ދަށުން ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ އޮތް ކޮންމެ ފަރާތަކަށެވެ.
"ޑިރެކްޓަރުންގެ ބޯޑު" ކަމަށް ބުނެފައި އެވަނީ:
- ކުންފުނީގެ ހުރިހާ ޑިރެކްޓަރުން؛ ނުވަތަ
- ކުންފުނީގެ ޑިރެކްޓަރުންގެ ތެރެއިން، ގާނޫނީ އަދަދަށްވުރެ މަދުނުވާ އަދަދެއްގެ ޑިރެކްޓަރުން؛ ނުވަތަ
- ކުންފުނީގައި ހިމެނެނީ އެންމެ ޑިރެކްޓަރެއް ކަމަށްވާނަމަ، އެ ޑިރެކްޓަރު.
"ސަރވިސް އެޑްރެސް" ކަމަށް ބުނެފައި އެވަނީ، ކުންފުނީގެ ގާނޫނު (ގާނޫނު ނަންބަރު 2023-07) ގެ 78 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެމަތިން ކުންފުނިން ނުވަތަ ކުންފުނީގެ މެންބަރަކު ނުވަތަ ޑިރެކްޓަރަކު ނުވަތަ ސެކްރެޓަރ،ީ އެ ފަރާތެއްގެ ސަރވިސް އެޑްރެހުގެ ގޮތުގައި ގާއިމުކުރ،ާ މި ގާނޫނުގެ ދަށުން ރަޖިސްޓްރާރގެ ފަރާތުން އެ ފަރާތަކަށް ފޮނުވަންޖެހޭ ނޯޓިހާއި ގާނޫނީ ލިޔެކިޔުން ފޮނުވުމަށާއި އެހެނިހެން މުއާމަލާތްތައް ކުރުމަށް، އަދި މި ގާނޫނުގައި ބަޔާންކުރާ ކަންކަމާ ގުޅޭގޮތުން އެ ފަރާތަކާ މުއާމަލާތްކުރާ އެހެނިހެން ފަރާތްތަކުން، އެ ފަރާތަކަށް ފޮނުވަންޖެހޭ ގާނޫނީ ނޯޓިހާއި ލިޔެކިޔުން އެ އެޑްރެހަކުން ބަލައިގަތުމަށް ކަނޑައަޅައި، ރަޖިސްޓްރާރގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ ސަރވިސް އެޑްރެހަށެވެ.