-

ނޮން-ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަން

"ނޮން-ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަން" ކަމުގައި ބުނެފައި އެވަނީ:

  1. ސްޕެސިފައިޑް އިންށޯރެންސް ކުންފުންޏަކުން ނުވަތަ ކަސްޓޯޑިއަލް އިންސްޓިޓިއުށަނަކުން ނުވަތަ ޑިޕޮޒިޓަރީ އިންސްޓިޓިއުށަނަކުން ހިންގާ ބާވަތުގެ މާލީ ނުވަތަ ގަނެވިއްކުމުގެ ހަރަކާތަކާ ގުޅުންހުރި ޒިންމާއެއްގެ ދަށުން ލިބޭ ފައިސާއަށް ރައްދުނުވާ ގޮތަށް، ދައުލަތުގެ އެންޓީޓީތަކަށް، ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާތަކަށް ނުވަތަ ޖަމާއަަތްތަކަށް، ނުވަތަ ސެންޓްރަލް ބޭންކަށް؛
  2. ބްރޯޑް ޕާޓިސިޕޭށަން ރިޓަޔަރމަންޓް ފަންޑަކަށް، ނެރޯ-ޕާޓިސިޕޭށަން ރިޓަޔަރމަންޓް ފަންޑްތަކަށް، ދައުލަތުގެ އެންޓިޓީއެއްގެ ނުވަތަ ބައިނަލްއަގްވާމީ ޖަމްއިއްޔާއެއްގެ ނުވަތަ ޖަމާއަަތެއްގެ ނުވަތަ ސެންޓްރަލް ބޭންކުގެ ޕެންށަން ފަންޑްތަކަށް، ކޮލިފައިޑް ކްރެޑިޓް ކާޑް ދޫކުރާ ފަރާތްތަކަށް؛
  3. ޓެކްސް ދެއްކުމުން އެއްކިބާވުމަށް އެ އެންޓިޓީ ބޭނުންކޮށްފާނެކަމުގެ ރިސްކު ކުޑަކަމަށް ބެލެވޭ އަދި މި އަކުރުގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އެންޓިޓީތަކާ އެއްގޮތް ސިފަތަކެއް އެކަށީގެންވާ މިންވަރަކަށް ހުރި، އަދި ދިވެހިރާއްޖޭގެ ގާނޫނެއްގައި ނޮން-ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަނެއްގެ ގޮތުގައި ކަނޑައަޅައިފައިވާ އެއްވެސް އެންޓިޓީއަކަށް، އެއީ އެ އެންޓިޓީ ނޮން-ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަނެއްގެ ގޮތުގައި އޮންނަ އޮތުން، ކޮމަން ރިޕޯޓިންގ ސްޓޭންޑަޑްގެ މަގުސަދުތަކާ ފުށުނާރާނަމަ؛
  4. އެގްޒެމްޓް ކަލެކްޓިވް އިންވެސްޓްމަންޓް ވެހިކަލަށް؛ ނުވަތަ
  5. އެ ޓްރަސްޓެއްގެ ޓްރަސްޓީއަކީ ރިޕޯޓިންގ ފައިނޭންށަލް އިންސްޓިޓިއުށަނެއް ކަމުގައި ވާނަމަ އަދި މި ގަވާއިދުގެ ދަށުން އެ ޓްރަސްޓުގެ ރިޕޯޓަބަލް އެކައުންޓުތަކާ ގުޅިގެން ރިޕޯޓުކުރާންޖެހޭ އެންމެހައި މައުލޫމާތު އެ ޓްރަސްޓީ ރިޕޯޓުކުރާނަމަ، އެ ގޮތުން ރިޕޯޓުކުރާ ނިސްބަތުން، ޓްރަސްޓަކަށެވެ.