ގާނޫނީ ރަދީފު
"ދައުލަތުގެ މުވައްޒަފެއް" ކަމަށް ބުނެފައި އެވަނީ، ސަރުކާރުގެ މަސްއޫލު އޮފީސްތަކާއި، މަސްއޫލު އޮފީސްތަކުގެ ދަށުން ހިނގަމުންދާ ތަންތަނާއި، ދައުލަތުގެ އޮފީސްތަކުން މުސާރައެއް ނުވަތަ އުޖޫރައެއް ދޭގޮތަށް ވަޒީފާ ދީފައިވާ ކޮންމެ މީހަކަށެވެ.
(ނ) "ދައުލަތުގެ އޮފީސް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ހެދުމުގެ ބާރާއި، ވެރިކަން ހިންގުމުގެ ބާރާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހައި އިދާރާތަކާއި، ގާނޫނުއަސާސީއާއި ގާނޫނުގެ ދަށުން އުފެދޭ އެންމެހައި މުއައްސަސާތަކާއި، ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކަށެވެ.
"އާންމު ހާލަތު" ކަމުގައި ބުނެފައި އެވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ މުއައްސަސާގެ މަސައްކަތްތައް އިންތިޒާމު ކުރެވިފައިވާ ގޮތުގެ މަތީން، އޮޕަރޭށަނަލް ލެވެލްގެ އެންމެ އަސާސީ ހާލަތު ކަމުގައި ކަނޑައަޅައިފައިވާ ހާލަތަށެވެ.
"އާއިލާ" ކަމުގައި ބުނެފައި އެވަނީ، މަންމަ، ބައްޕަ، އަނބިން ނުވަތަ ފިރިމީހާއާއި، އުފަން ދަރިންގެ ތެރެއިން އުމުރުން 18 (އަށާރަ) އަހަރު ނުފުރޭ ކުދިންނާއި، ށަރުއީގޮތުން ހަޒާނަތު ހަވާލުކޮށްފައިތިބޭ، އުމުރުން 18 (އަށާރަ) އަހަރު ނުފުރޭ ކުދިންނަށެވެ.
"ސަސްޕެންޑްކުރުން" ކަމުގައި ބުނެފައި އެވަނީ، މުވައްޒަފާ ހަވާލުކޮށްފައިވާ ވަޒީފާގެ ޒިންމާގެ ތެރޭގައި އަދާކުރަންޖެހޭ އެއްވެސް ޒިންމާއެއް އަދި ވަޒީފާގެ ގޮތުން ކުރަންޖެހޭ އެއްވެސް މަސައްކަތެއް އަދި ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފަކަށް ނުވަތަ ފުލުހަކަށް ވީތީ އަދާކުރަންޖެހޭ އެއްވެސް ޒިންމާއެއް އަދާކުރަންނުޖެހޭ ގޮތަށް، ކަނޑައެޅޭ ވަކި މުއްދަތަކަށް ވަޒީފާގެ ނުވަތަ މަގާމުގެ އެއްވެސް ޒިންމާއެއް އަދާނުކުރެވޭނެ ގޮތަށް ހެދުމާއެކު، ވަޒީފާއަށް ނުކުތުން މަނާކުރުމަށެވެ.
"ތައުދީބީ މައްސަލަ" ކަމުގައި ބުނެފައި އެވަނީ، ދިވެހި ފުލުހުންގެ ހިދުމަތުގެ މުވައްޒަފުންނާމެދު ހުށަހެޅޭ ށަކުވާތަކުގެ ތެރެއިން އިދާރީ ފިޔަވަޅު އެޅިދާނެ ހާލަތު ދެމިއޮތްކަމަށް ބެލެވޭ ބާވަތުގެ ށަކުވާއަށެވެ.
"ފައިނޭންށަލް އިންޓެލިޖެންސް ޔުނިޓް" ކަމަށް ބުނެފައި އެވަނީ މަނީ ލޯންޑްރިންގގެ ހަރަކާތްތަކާއި، ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ހަރަކާތްތަކާއި ކުށް ކޮށްގެން ހޯދާ މުދަލާގުޅޭ މައުލޫމާތު ހޯދައި، ދިރާސާކޮށް، އެހެން ފަރާތްތަކަށް ފޯރުކޮށްދިނުމަށްޓަކައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި އުފައްދާފައިވާ ގައުމީ މައި އިދާރާއެވެ.
"ޓެރަރިސްޓް ޖަމާއަތް" ކަމަށް ބުނެފައިއެވަނީ، ތިރީގައި ބަޔާންކޮށްފައިވާ ޖަމާއަތްތަކުގެ ތެރެއިން ޖަމާއަތަކަށެވެ.
(ހ) ސީދާގޮތުން ނުވަތަ ނުސީދާގޮތުންވިޔަސް، އެއްވެސް ގޮތަކުން ގަސްދުގައި ޓެރަރިސްޓް ހަރަކާތެއް ހިންގާފައިވާ ނުވަތަ ހިންގަންއުޅޭ ކޮންމެ ޖަމާއަތެއް؛
(ށ) ޓެރަރިސްޓް ހަރަކާތްތަކުގައި ބައިވެރިވާ ކޮންމެ ޖަމާއަތެއް؛
(ނ) ޓެރަރިސްޓް ހަރަކާތްތައް ރާވާ ޖަމާއަތެއް ނުވަތަ އެނޫންވެސް ފަރާތެއް މެދުވެރިކޮށް ޓެރަރިސްޓް ހަރަކާތް ހިންގާ ކޮންމެ ޖަމާއަތެއް؛
(ރ) ޓެރަރިސްޓް ހަރަކާތެއް ހިންގުމުގެ މަގްސަދުގައި ހަރަކާތްތެރިވާ އެއްވެސް ޖަމާއަތަކަށް،
އެ ޖަމާއަތުން ކުރުމަށް ރާވާފައިވާ ޓެރަރިސްޓް ހަރަކާތެއް ހިންގުމަށް މަގުފަހިކޮށްދޭ ކޮންމެ ޖަމާއަތެއް ނުވަތަ އެ ޖަމާއަތުގެ މަގްސަދަކީ ޓެރަރިސްޓް ހަރަކާތް ހިންގުންކަން އެނގިތިބެ އެފަދަ ހަރަކާތްތައް ހިންގުމުގެ ނިޔަތުގައި އެފަދަ ޖަމާއަތަކަށް އެހީތެރިވެދޭ ކޮންމެ ޖަމާއަތެއް؛
(ބ) މި ގާނޫނު މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު 2014-10) ގެ 52 ވަނަ މާއްދާގެ ދަށުން ޓެރަރިސްޓް ޖަމާއަތެއް ކަމުގައި ކަނޑައެޅޭ ކޮންމެ ޖަމާއަތެއް.
"ޓެރަރިސްޓެއް" ކަމަށް ބުނެފައިއެވަނީ، ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތަކަށެވެ.
(ހ) ސީދާގޮތުން ނުވަތަ ނުސީދާގޮތުންވިޔަސް، އެއްވެސް ގޮތަކުން ގަސްދުގައި ޓެރަރިސްޓް ހަރަކާތެއް ހިންގާފައިވާ ނުވަތަ ހިންގަންއުޅޭ ކޮންމެ ފަރާތެއް؛
(ށ) ޓެރަރިސްޓް ހަރަކާތްތަކުގައި ބައިވެރިވާ ކޮންމެ ފަރާތެއް؛
(ނ) ޓެރަރިސްޓް ހަރަކާތްތައް ރާވާ ކޮންމެ ފަރާތެއް ނުވަތަ އެހެން ފަރާތެއް މެދުވެރިކޮށް ޓެރަރިސްޓް ހަރަކާތްތައް ހިންގާ ކޮންމެ ފަރާތެއް؛

އެ ޖަމާއަތުން ހިންގުމަށް ރާވާފައިވާ ޓެރަރިސްޓް ހަރަކާތެއް ހިންގުމަށް މަގުފަހިކޮށްދޭ ކޮންމެ ފަރާތެއް؛ ނުވަތަ އެ ޖަމާއަތުގެ މަގްސަދަކީ ޓެރަރިސްޓް ހަރަކާތް ހިންގުންކަން އެނގިހުރެ އެފަދަ ހަރަކާތްތައް ހިންގުމުގެ ނިޔަތުގައި އެފަދަ ޖަމާއަތަކަށް އެހީތެރިވެދޭ ކޮންމެ ފަރާތެއް؛
(ބ) މި މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު (ގާނޫނު ނަންބަރު 2014-10) ގެ 52 ވަނަ މާއްދާގެ ދަށުން ޓެރަރިސްޓެއް ކަމުގައި ކަނޑައެޅޭ ކޮންމެ ފަރާތެއް.
"ޓެރަރިސްޓް ހަރަކާތް" ކަމަށް ބުނެފައިއެވަނީ، ޓެރަރިޒަމް މަނާކުރުމާއި ހުއްޓުވުމާބެހޭ ކަމާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ކޮންމެ ޓެރަރިޒަމްގެ އަމަލަކަށެވެ.
"އޯގަނައިޒްޑް ކްރިމިނަލް ގްރޫޕް" ކަމަށް ބުނެފައިއެވަނީ، ސީދާގޮތެއްގައި ނުވަތަ ނުސީދާގޮތެއްގައިވިޔަސް މާލީ ފައިދާއެއް ނުވަތަ އެހެންވެސް މާއްދީ ފައިދާއެއް ހޯދުމުގެ މަގްސަދުގައި ޖިނާއީ ބޮޑު ކުށެއް ނުވަތަ ކުށްތަކެއް ކުރުމަށް ތިން މީހުން ނުވަތަ އެއަށްވުރެ ގިނަ މީހުން އެކުވެގެން، ވަކި ތަރުތީބުތަކެއްގެމަތިން ރޭވިގެން ހަރަކާތްތެރިވާ ނުވަތަ ހަރަކާތްތެރިވެފައިވާ ކޮންމެ ޖަމާއަތަކަށެވެ.
"މުދާ" ނުވަތަ "ފައިސާ" ކަމަށް ބުނެފައިއެވަނީ، އުފުލޭ މުދަލާއި ނުއުފުލޭ މުދާ ހިމެނޭގޮތުން ހުރިހާ ބާވަތެއްގެ އެސެޓަކަށެވެ. އަދި އެއިން މުދަލެއްގެ މިލްކުވެރިކަމާއި، އެއިން މުދަލަކާ ގުޅިގެން އުފެދިފައިވާ ނުވަތަ އުފެދޭ އެނޫންވެސް ހައްގާއި މަސްލަހަތާއި މަންފާވެސް ހިމެނޭގޮތުންނެވެ. އޭގެ ތެރޭގައި، ބޭންކު ކްރެޑިޓް، ޓްރެވަލަރސް ޗެކް، ބޭންކު ޗެކް، މަނީ އޯޑަރ، ހިއްސާ، މާލީ ސެކިއުރިޓީޒް، ބޮންޑް، ބޭންކު ޑްރާފްޓް އަދި ލެޓަރ އޮފް ކްރެޑިޓް ފަދަ އެފަދަ މުދަލުގެ މިލްކުވެރިކަން އަންގައިދޭ ނުވަތަ މަސްލަހަތެއް އޮތްކަން އަންގައިދޭ ގާނޫނީ ލިޔެކިޔުން ނުވަތަ އިންސްޓްރުމަންޓްތައްވެސް ހިމެނެއެވެ.
"ފައިސާ" ނުވަތަ "މުދާ" ކަމަށް ބުނެފައިއެވަނީ، އުފުލޭ މުދަލާއި ނުއުފުލޭ މުދާ ހިމެނޭގޮތުން ހުރިހާ ބާވަތެއްގެ އެސެޓަކަށެވެ. އަދި އެއިން މުދަލެއްގެ މިލްކުވެރިކަމާއި، އެއިން މުދަލަކާ ގުޅިގެން އުފެދިފައިވާ ނުވަތަ އުފެދޭ އެނޫންވެސް ހައްގާއި މަސްލަހަތާއި މަންފާވެސް ހިމެނޭގޮތުންނެވެ. އޭގެ ތެރޭގައި، ބޭންކު ކްރެޑިޓް، ޓްރެވަލަރސް ޗެކް، ބޭންކު ޗެކް، މަނީ އޯޑަރ، ހިއްސާ، މާލީ ސެކިއުރިޓީޒް، ބޮންޑް، ބޭންކު ޑްރާފްޓް އަދި ލެޓަރ އޮފް ކްރެޑިޓް ފަދަ އެފަދަ މުދަލުގެ މިލްކުވެރިކަން އަންގައިދޭ ނުވަތަ މަސްލަހަތެއް އޮތްކަން އަންގައިދޭ ގާނޫނީ ލިޔެކިޔުން ނުވަތަ އިންސްޓްރުމަންޓްތައްވެސް ހިމެނެއެވެ.
"ކޮންޓްރޯލްޑް ޑެލިވަރީ" ކަމަށް ބުނެފައިއެވަނީ، މަނީ ލޯންޑްރިންގގެ ކުށްތައް ނުވަތަ ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށްތައް ތަހްގީގުކުރުމަށާއި އެފަދަ ކުށްތައް ކުރާ ފަރާތްތައް ދެނެގަތުމުގެ ބޭނުމުގައި، މި ގާނޫނުގައި ކުށެއް ކަމުގައި ކަނޑައަޅާފައިވާ ކުށަކާގުޅޭ ކޮންސައިންމަންޓާއި ފައިސާ، ނުވަތަ އެފަދަ ކޮންސައިންމަންޓް ނުވަތަ ފައިސާ ކަމަށް ބެލެވޭ އެއްޗެހި، ކަމާބެހޭ އިދާރާތަކުގެ ފުރިހަމަ ބެލުމުގެ ދަށުން، ދިވެހިރާއްޖެއަށް އެތެރެވިޔަ ދިނުމަށް، ނުވަތަ އެ އެއްޗެއް ގެންދެވޭ މަންޒިލަށް ރައްދުވިޔަ ދިނުމަށް، ނުވަތަ ދިވެހިރާއްޖެއިން ބޭރަށް ގެންދިޔަދިނުމަށެވެ.
"ކުށް ކުރުމަށް ބޭނުންކުރާ މުދާ" ކަމަށް ބުނެފައިއެވަނީ، ކުށެއް ނުވަތަ އެއް ކުށަށްވުރެ ގިނަ ކުށް ކުރުމަށް އެއްވެސް ސިފައެއްގައި ބޭނުންކުރި ނުވަތަ ބޭނުންކުރަން ގަސްދުކުރި މުދަލަށެވެ. އެގޮތުން ކުށެއް ކުރުމުގައި ބޭނުންކުރީ ނުވަތަ ބޭނުންކުރަން ގަސްދުކުރީ އެ މުދަލުން ބައެއް ކަމުގައިވީނަމަވެސް ކުށް ކުރުމަށް ބޭނުންކުރާ މުދަލުގެ މާނައިގެ ތެރޭގައި އެ މުދާ ހިމެނޭނެއެވެ.