ދައުލަތުގެ ކުންފުނިތައް
"ދައުލަތުގެ ކުންފުނިތައް" ކަމަށް ބުނެފައި އެވަނީ، މާލީ އިދާރާތަކާއި މަރުކަޒީ ބޭންކް ފިޔަވައި، މިލްކުވެރިކަމުގެ ގޮތުން ނުވަތަ އެނޫންވެސް ގޮތަކުން، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ސަރުކާރުން ނުވަތަ ލޯކަލް ކައުންސިލަކުން އެއްކޮށް ނުވަތަ ބޮޑު ބައި ކޮންޓްރޯލްކުރާ ކުންފުނިތަކަށެވެ.