ގާނޫނީ ރަދީފު
"ވަޒީފާ" ކަމަށް ބުނެފައި އެވަނީ، އުޖޫރައަކަށް ނުވަތަ އުޖޫރައެއް ލިބޭ ގޮތަކަށް ކުރާ މަސައްކަތަކަށެވެ.
"ކުރިއެރުން ދިނުން" ކަމުގައި ބުނެފައި އެވަނީ، ފަނޑިޔާރުން ހުރި ރޭންކަށްވުރެ މަތީ ރޭންކަށް ބަދަލުކުރުމަށެވެ.
"ދަރަޖަ" ކަމުގައި ބުނެފައި އެވަނީ، ވަޒީފާގެ ކުރިއެރުމެއް ދިނުމުގެ ގޮތުން މަގާމުގެ ނަމުގެ ފަހަތަށް އިތުރު ކުރެވޭ ދަރަޖައިގެ މިންވަރަކަށެވެ.
"މުސްކުޅިކުރުން" ކަމުގައި ބުނެފައި އެވަނީ، ފަނޑިޔާރެއްގެ މަސައްކަތު ފެންވަރު ވަޒަންކުރުމަށްފަހު، އެ ފަނޑިޔާރަކަށް ޖެހިޖެހިގެން ދެ ފަހަރު ގާބިލުކަން މެދުމިނަށްވުރެ ދަށްކަމަށް ނަތީޖާ ލިބިއްޖެނަމަ، އެ ފަނޑިޔާރަކު ގާބިލުކަން ނެތްކަމަށް ބަލައި، އެ ފަނޑިޔާރަކު، ފަނޑިޔާރު ކަމުގެ މަގާމުން ވަކި ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލިހަށް ޖުޑީށަލް ސަރވިސް ކޮމިށަނުން ފޮނުވުމުން އެމަޖިލިހުން ކަނޑައަޅާ އުސޫލެއްގެ މަތިން، ކަނޑައެޅޭ ޢިނާޔަތަކާ އެކު ނުވަތަ އިނާޔަތަކާ ނުލައި، އެފަނޑިޔާރަކު ފަނޑިޔާރު ކަމުގެ ވަޒީފާއިން ވަކިކުރާ ކުރުމަށެވެ.
"ފޮށި" ނުވަތަ ފުޅި، ނުވަތަ ދަޅު ނުވަތަ ޕެކެޓް ކަމަށް ބުނެފައި އެވަނީ، ކެއުމަށް ނުވަތަ ބުއިމަށް ބޭނުންކުރާ ކޮންމެ އެއްޗެއް ބަންދު ކުރުމަށް އަޅާފައި ހުންނަ ކޮންމެ އެއްޗަކަށެވެ.
"ޕެކެޓް" ނުވަތަ ފުޅި، ނުވަތަ ދަޅު، ނުވަތަ ފޮށި ކަމަށް ބުނެފައި އެވަނީ، ކެއުމަށް ނުވަތަ ބުއިމަށް ބޭނުންކުރާ ކޮންމެ އެއްޗެއް ބަންދު ކުރުމަށް އަޅާފައި ހުންނަ ކޮންމެ އެއްޗަކަށެވެ.
"ފުޅި" ނުވަތަ ދަޅު، ނުވަތަ ޕެކެޓް، ނުވަތަ ފޮށި ކަމަށް ބުނެފައި އެވަނީ، ކެއުމަށް ނުވަތަ ބުއިމަށް ބޭނުންކުރާ ކޮންމެ އެއްޗެއް ބަންދު ކުރުމަށް އަޅާފައި ހުންނަ ކޮންމެ އެއްޗަކަށެވެ.
"ދަޅު" ނުވަތަ ފުޅި، ނުވަތަ ޕެކެޓް، ނުވަތަ ފޮށި ކަމަށް ބުނެފައި އެވަނީ، ކެއުމަށް ނުވަތަ ބުއިމަށް ބޭނުންކުރާ ކޮންމެ އެއްޗެއް ބަންދު ކުރުމަށް އަޅާފައި ހުންނަ ކޮންމެ އެއްޗަކަށެވެ.
"ފަރުދު" ކަމަށް ބުނެފައި އެވަނީ މިގަވާއިދުގެ ބޭނުމަށް 'ފަރުުދު' ކަމުގައި ބަލާނީ، އަމިއްލަ ޒާތީ ދިރިއުޅުމުގެ ކަމެއް ހަމަޖެއްސުމަށް މަސައްކަތްކުރާ ފަރާތެއް. 'ފަރުދުގެ' މާނައިގެ ތެރޭގައި ވިޔަފާރީގެ ބޭނުމަކަށް މިއިންކަމެއް ކުރާ އެއްވެސް ފަރާތެއް ނުހިމެނޭނެއެވެ.
"ވިހަ" ކަމަށް ބުނެފައި އެވަނީ ވިހައަކީ، ތިމާވެއްޓަށާއި އިންސާނުންނަށާއި އެހެނިހެން ދިރުންތަކަށް ގެއްލުންދޭ މާއްދާތަކެވެ.
"ގެއްލުން ލިބުން" ކަމަށް ބުނެފައި އެވަނީ ގެއްލުން ލިބުމަކީ، ތިމާވެއްޓަށް ގެއްލުމެއް ލިބޭފަދަ އެއްވެސްކަމެއް ކުރުން ނުވަތަ ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށް ދިރުންހުރި ނުވަތަ ދިރުންނެތް އެއްޗެއް ހިފުން، ނެގުން، ގެންގުޅުން އަދި ގޯނާކުރުމެވެ. އަދި ގުދުރަތީ މާހައުލަށް ބަދަލު ގެނައުމެވެ.
"އިމަޖެންސީ ހާލަތް" ކަމަށް ބުނެފައި އެވަނީ އިމަޖެންސީ ހާލަތަކީ، ކާރިސާތައް ކުރިމަތިވެގެންއުޅޭ ދަނޑިވަޅުތަކާއި ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވާ ހާލަތްތަކެވެ.
"މަސައްކަތް ކުރާ ފަރާތް" ކަމަށް ބުނެފައި އެވަނީ މަސައްކަތެއް ކޮންޓްރެކްޓެއްގެ ދަށުން އަމަލީގޮތުން މަސައްކަތް ތަންފީޒުކުރުމަށް ހަވާލުވެފައިވާ ފަރާތެވެ.
"ދިރޭތަކެތި" ކަމަށް ބުނެފައިވަނީ ދިރޭތަކެއްޗަކީ، ދިރުންހުރި ހުރިހާ ބާވަތްތަކެވެ.
"ދުވަހު ނޫސް: ދުވަހު ނޫސް" ކަމަށް ބުނެފައި އެވަނީ ހަބަރާއި، މަޒުމޫނާއި، ރިޕޯޓާއި، ހިޔާލު ފަދަ ތަފާތު ލިޔުންތަކާއި އިއުލާނާއި އިށްތިހާރު ހިމެނޭގޮތަށް ދުވާލަކު 1 (އެކެއް) ފަހަރު ޕްރިންޓް މީޑިއާ ނުވަތަ އިލެކްޓްރޯނިކް މީޑިއާ މެދުވެރިކޮށް ށާއިއު ކުރާ ތަކެއްޗެވެ.