ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ބަލި ފަތުރާ ވަސީލަތް
"ބަލި ފަތުރާ ވަސީލަތް" ކަމަށް ބުނެފައިއެވަނީ، މީހެއްކަމުގައިވީނަމަވެސް، ގަހެއްކަމުގައިވީނަމަވެސް، ޖަނަވާރެއްކަމުގައިވީނަމަވެސް، ސޫތްޕެއްކަމުގައިވީނަމަވެސް، ޖަރާސީމެއްކަމުގައިވީނަމަވެސް، ގައިންގަޔަށްއަރާ ބަލީގެ ފަނި އުފުލައިދޭ ނުވަތަ އުފުލައިދިނުމުގެ ކުޅަދާނަކަން ލިބިފައިވާ ވަސީލަތަށެވެ.
ބޭރު ގައުމެއް
"ބޭރު ގައުމެއް" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖެ ފިޔަވައި އެހެން ކޮންމެ ގައުމަކަށެވެ. މި މާނަކުރުމުގެ ތެރޭގައި އެ ގައުމެއްގެ އެންމެހައި ސަރަހައްދުތަކާއި، އެ ގައުމެއްގެ ސިޔާސީ ބާރުގެ ދަށުގައިވާ އެންމެހައި ރަށްތައް ހިމެނެއެވެ
ބޭރު ދަތުރުކުރާ އުޅަނދު
"ބޭރު ދަތުރުކުރާ އުޅަނދު" ކަމަށް ބުނެފައިވަނީ، ދިވެހިރާއްޖެނޫން އެހެން ގައުމެއްގައި ރަޖިސްޓަރީ ކޮށްފައިވާ އުޅަނދުތަކަށާއި، ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްގެން ދިވެހިރާއްޖެއިން ބޭރަށް ދަތުރުކުރާ އުޅަނދުތަކަށެވެ.
ބޮންޑެޑް ވެއަރހައުސް
"ބޮންޑެޑް ވެއަރހައުސް" ކަމަށް ބުނެފައި އެވަނީ، އެކްސްޕޯޓް އިމްޕޯޓް މުދާ، ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުން ދޫކޮށް ނިމެންދެން ބެހެއްޓުމަށް ހުއްދަދޭ ތަންތަނަށެވެ.
ބޭރު ގައުމެއްގެ ކަމާބެހޭ ފަރާތް
"ބޭރު ގައުމެއްގެ ކަމާބެހޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ބޭރު ގައުމެއްގައިވާ ކުށްވެރިން އެހެން ގައުމަކަށް ގެންދިޔުމާގުޅޭ ކަންކަން ހަމަޖެއްސުމުގެ ޒިންމާ އެ ގައުމުގައި ހަވާލުވެފައިވާ ފަރާތަށެވެ.
ބަނދަރު
"ބަނދަރު" ގެ މާނަޔަކީ، ކަނޑުގައި ދަތުރުކުރާ އުޅަނދުތައް، ދިވެހިރާއްޖޭގެ ސިޔާސީ ސަރަހައްދުގެ ތެރޭގައި ނަގިލިލައިފި ނުވަތަ އެނޫންވެސް ގޮތަކުން އަޅައިފި ކޮންމެ ތަނެކެވެ.
ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑު
"ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑު" ކަމަށް ބުނެފައި އެވަނީ، ބްރޯޑްކާސްޓްކުރުމުގައި އަމަލުކުރާނެ ހަމަތަކާއި ބްރޯޑްކާސްޓްކުރާ ކޮންޓެންޓްގައި ހިމެނެންވާނެ ހަމަތަކަށެވެ.
ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް
"ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ޓެލެވިޒަން މެދުވެރިކޮށް ނުވަތަ ރޭޑިއޯ މެދުވެރިކޮށް ނުވަތަ އިންޓަރނެޓް މެދުވެރިކޮށް ނުވަތަ މޯބައިލް ފޯނު މެދުވެރިކޮށް ރައްޔިތުންނަށް އަޑު ނުވަތަ މަންޒަރާއި އަޑު ފޯރުކޮށްދިނުމުގެ ހިދުމަތަށެވެ.
ތޫނު އެއްޗެއް
"ތޫނު އެއްޗެއް" ކަމަށް ބުނެފައި އެވަނީ،
އެއްވެސް ބާވަތެއްގެ ވަޅިއެއް؛
ކަނޑިއާއި ހަންޖަރު؛
ރޭޒަރު ތިލައާއި، ކަޓަރާއި، ކަޓަރު ތިލަ؛
ކަތިވަޅިއާއި، ފުރޯއާއި، ކޯރާޑިއާއި މުޅޯ؛
ތޫނުކޮށްފައި، ނުވަތަ ކޮޅު ފޭއްސާފައި ހުންނަ ދަގަނޑާއި ދަނޑިއާއި ލަކުޑިއާއި އެނޫންވެސް އެފަދަ ތަކެތި؛
މީހަކަށް އަނިޔާއެއް ދެވިދާނެ މިނޫންވެސް ތޫނު އެއްޗެއް.
ފްލިކް ނައިފް
"ފްލިކް ނައިފް" ކަމަށް ބުނެފައި އެވަނީ، ވަޅީގެ ތިލަ ވަޅީގެ މުށްގަނޑުގެ ތެރެއަށް ލައްވައި ލައްޕާލެވޭ ގޮތަށް ނުވަތަ މުށްގަނޑުގެ ތެރެއަށް ކައްސާލެވޭ ގޮތަށް ހުރެފައި، ވަޅީގެ މުށްގަނޑުގައިވާ ގޮބަކަށް ނުވަތަ ތަނަކަށް ފިއްތާލުމުން ނުވަތަ ދަމާލުމުން އިސްފިރޭނެއްގެ އެހީގައި ވަޅީގެ ތިލަ ނިކުންނަ ގޮތަށް ހަދާފައިވާ ކޮންމެ ވަޅި އަކަށެވެ.
ބަޓަފްލައި ނައިފް
"ބަޓަފްލައި ނައިފް" ކަމަށް ބުނެފައި އެވަނީ، ވަޅީގައި ދެ މުށްގަނޑެއް ހުރެފައި، އަދި ވަޅީގެ ތިލައިގެ ބުޑުގައިވާ ހުޅަކުން މި ދެ މުށްގަނޑު އެނބުރޭ ގޮތަށް ހުރެފައި، ވަޅީގެ މި ދެ މުށްގަނޑުގެ ތެރޭގައިވާ ޖާގައިގެ ތެރޭގައި ވަޅީގެ ތިލަ ފޮރުވޭ ގޮތަށް ހަދާފައި ހުންނަ ކޮންމެ ވަޅިއަކަށެވެ.
އާންމު ތަނެއް
"އާންމު ތަނެއް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ރަށްރަށުގެ އެންމެހައި މަގުމަގާއި ގޯޅިގޯޅިއާއި، ފީއެއް ނަގައިގެން ނުވަތަ ފީއެއް ނެގުމަކާ ނުލައި، އެ ވަގުތެއްގައި އާންމުންނަށް ނުވަތަ އާންމުންގެ ބަޔަކަށް ވަނުމުގެ ހުއްދަ ކަނޑައެޅިގެން ލިބިފައިވާ ނުވަތަ ލިބިފައިވާ ކަމަށް ބެލެވޭ އެންމެހައި ތަންތަނާއި، އުޅަނދުފަހަރާއި އެއްޗެއްސަށެވެ.
ބިރުދެއްކުން ނުވަތަ އިންޒާރުދިނުން
"ބިރުދެއްކުން ނުވަތަ އިންޒާރުދިނުން" ކަމަށް ބުނެފައި އެވަނީ، ސީދާ މީހެއްގެ ގާތަށް އައިސް އިންޒާރުދިނުމާއި، މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން މީހެއްގެ ޖިސްމަށް ނުވަތަ މުދަލަށް ނުވަތަ އާއިލާގެ މެންބަރަކަށް އެއްވެސް މިންވަރެއްގެ ގެއްލުމެއް ނުވަތަ އަނިޔާއެއް ދޭނެކަމަށް ބުނުމަށެވެ. ނުވަތަ ދައްކާ އިށާރާތަކުން، ނުވަތަ ކުރާ ހަރަކާތަކުން އަނިޔާއެއް ދޭނެކަން ހާމަކުރުމަށެވެ.
ބްރާންޗް (ބޭންކިން)
"ބްރާންޗް" ކަމަށް ބުނެފައި އެވަނީ، ގާނޫނީ ގޮތުން ބޭންކެއްގެ ޒިންމާގެ ދަށުން ބޭންކިންގ ހިދުމަތްތައް ހިންގާ އެ ބޭންކުގެ ގޮފިތަކަށެވެ.
ބޭންކިންގ ވިޔަފާރި
"ބޭންކިންގ ވިޔަފާރި" ކަމަށް ބުނެފައި އެވަނީ، އާންމުންގެ ކިބައިން، ޑިޕޮސިޓް ގޮތުގައި އަދި އެނޫންވެސް އެހެން ގޮތެއްގައި ފައިސާ ބަލައިގަނެ، އެ ފައިސާ ބޭނުންކޮށްގެން ދަރަނި ދޫކުރުމަށާއި އިންވެސްޓްކުރުމަށެވެ.