ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ބޭންކު ބަލަދުވެރި ކުންފުނި
"ބޭންކު ބަލަދުވެރި ކުންފުނި" ކަމަށް ބުނެފައި އެވަނީ، އެ ކުންފުންޏެއްގެ މިލްކުގައި ނުވަތަ ކޮންޓްރޯލްގައި ބޭންކެއް ހިމެނޭ ކުންފުންޏަކަށެވެ.
ބޭންކު
"ބޭންކު" ކަމަށް ބުނެފައި އެވަނީ، ބޭންކިންގ ވިޔަފާރިކުރުމަށް ނުވަތަ ބޭންކިންގއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 24/2010) ގެ 25 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެންމެހާ ކަންތައްތައް ނުވަތަ އޭގެ ތެރެއިން ކަމެއް ނުވަތަ ކަންތައްތަކެއް ކުރުމަށް ގާނޫނުގެ ދަށުން ލައިސަންސް ނުވަތަ ހުއްދަ ލިބިފައިވާ ކޮންމެ ފަރާތަކަށެވެ.
ބައި-އިލެކްށަން
"ބައި-އިލެކްށަން" ކަމުގައި ބުނެފައިއެވަނީ، ރައްޔިތުންގެ މަޖިލީހުގެ އުމުރު ހަމަވުމުގެ ސަބަބުން ނޫން ގޮތަކަށް، އެއްވެސް އިންތިހާބީ ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެނަމަ އެ އިންތިހާބީ ދާއިރާއެއްގެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށްޓަކައި ބާއްވާ އިންތިހާބަށެވެ.
ޒާތީ މަސްލަހަތު
"ޒާތީ މަސްލަހަތު" ކަމަށް ބުނެފައި އެވަނީ، ސީދާ އެމީހަކާ ގުޅުންހުރި ހަމައެކަނި އެމީހަކަށް މަންފާ ލިބޭ ކަންކަމަށެވެ.
ރައްޔިތެއް
”ރައްޔިތެއް“ ކަމުގައި ބުނެފައި އެވަނީ، ގާނޫނުއަސާސީ ގެ 9 ވަނަ މާއްދާގައި ދިވެހި ރައްޔިތެއް ކަމުގައި ބުނެފައިވާ ކޮންމެ މީހަކަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އާއިލާ
“ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އާއިލާ” ކަމުގައި ބުނެފައި އެވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިމީހާ ނުވަތަ ފިރިމީހާއަށާއި އުމުރުން 18 އަހަރު ނުފުރޭ ދަރިންނަށާއި 18 އަހަރު ފުރިފައިވީ ނަމަވެސް ކައިވެންޏެއް ނުކޮށް ތިބޭ ދަރިންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ދަރިންނަށާއި އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަންމަ އާއި ބައްޕައަށެވެ.
ރަޖިސްޓްރާރ
"ރަޖިސްޓްރާރ" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 10/1996 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނު) ގައި ބަޔާންކުރާ ރަޖިސްޓްރާރ އޮފް ކޮންޕެނީޒް އަށެވެ
ރިށްވަތު
"ރިށްވަތު" ކަމަށް ބުނެފައިވަނީ، ކަމެއްކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް ނުވަތަ ވަކިފަރާތަކަށް ލުޔެއް، ފަސޭހައެއް، ހެވެއް، ނުވަތަ އެއްވެސް ބާވަތެއްގެ މަންފާއެއް ލިބިދިނުމަށްޓަކައި، ނުވަތަ ނުވަތަ އެއްވެސްފަރާތަކަށް ބުރައެއް ޖެއްސުމަށް، އުނދަގުލެއް ކުރުމަށް، ނުވަތަ އެއްވެސްބާވަތެއްގެ ގެއްލުމެއް ދިނުމަށްޓަކައި، ނުވަތަ މިއިންކަމަކަށް ށައުގުވެރި ކުރުމަށްޓަކައި، ނުވަތަ މިއިން ކަމެއް ކުރުމުން ދޭ އިނާމެއްގެ ގޮތުން، ނުވަތަ މިނޫންގޮތަކުންވިޔަސް، މީހަކަށް، އެމީހަކު ކުރާމަސައްކަތުގެ މުގާބިލުގައި، ވަޒީފާދޭ ނުވަތަ މަސައްކަތް ހަވާލުކުރާ ފަރާތުން ކަނޑައަޅާ މުސާރައާއި، އުޖޫރައާއި، އެހެނިހެން އިނާޔަތްތަކާއި، ވަޒީފާދޭ ފަރާތުން އެމުވައްޒަފަކަށް ލިބިދޭ އެކިއެކި ފަސޭހަތަކާއި މަންފާތައް ފިޔަވައި، ދޭ ނުވަތަ ލިބިގަންނަ ފައިސާއަށާއި، މުދަލަށާއި، ތަކެއްޗަށާއި، ފަސޭކަތަކަށާއި، މިނޫންވެސް މަންފާތަކަށެވެ.
ރާއްޖެއަށް މުދާ އިމްޕޯޓްކުރުން
"ރާއްޖެއަށް މުދާ އިމްޕޯޓްކުރުން" ކަމަށް ބުނެފައި އެވަނީ، އެއްވެސް ގޮތަކަށް ދިވެހިރާއްޖެއަށް މުދާ ގެނައުމަށާއި، އެތެރެކުރުމަށެވެ.
ރުހުން
"ރުހުން" ކަމަށް ބުނެފައިއެވަނީ، މީހަކު އޭނާގެ އަމިއްލަ އިހްތިޔާރުގައި، އޭނާގެ މިނިވަންކަމުގައި، އޭނާ ބޭނުންގޮތެއް ނުވަތަ ކަމެއް އިހްތިޔާރުކުރުމުގެ ހައިސިއްޔަތު ލިބިގެންވުމަށެވެ. ނުވަތަ ގޮތެއް ނުވަތަ ކަމެއް އިހްތިޔާރުކުރުމަށް ލިބިގެންވާ ހައިސިއްޔަތަށެވެ.
ރަހުނު ތަންފީޒުކުރުން
"ރަހުނު ތަންފީޒުކުރުން" ކަމަށް ބުނެފައިވަނީ، ރަހުނު ބެހެއްޓި ފަރާތުން، ރަހުނު ބެހެއްޓުމުގައި ކޮށްފައިވާ ށަރުތުތަކާ ނުވަތަ ވައުދަކާ ހިލާފުވުމުން، ރަހުނު ހިފާފައިވާ ފަރާތަށް ލިބިދޭ ހައްގުތައް ހޯދުމަށް އެފަރާތުން ކުރާ މަސައްކަތް ކުރުމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އާއިލާ
“ރައީސުލްޖުމްހޫރިއްޔާގެ އާއިލާ” ކަމުގައި ބުނެފައި އެވަނީ ރައީސުލްޖުމްހޫރިއްޔާއަށާއި ރައީސުލްޖުމްހޫރިއްޔާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށާއި އުމުރުން 18 އަހަރު ނުފުރޭ ދަރިންނަށާއި 18 އަހަރު ފުރިފައިވީ ނަމަވެސް ކައިވެންޏެއް ނުކޮށް ތިބޭ ދަރިންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ދަރިންނަށާއި އަދި ރައީސުލްޖުމްހޫރިއްޔާގެ މަންމަ އާއި ބައްޕައަށެވެ.
ރިސީވަރު
"ރިސީވަރު" ކަމަށް ބުނެފައި އެވަނީ، އަރަންޏަށްވުރެ ދަރަނި ގިނަވެފައިވާ ބޭންކެއްގެ އެސެޓުތައް ވިއްކުމަށާއި، ވިއްކައިގެން ލިބޭ ފައިސާއިން، މި ގާނޫނުގައި އިސްކަންދީފައިވާ ތަރުތީބުން ދަރަނިތައް ހަލާސްކުރުމުގެ މަސައްކަތްކުރުމަށް އެމް.އެމް.އޭ އިން އައްޔަންކުރާ ފަރާތަކަށެވެ.
ރީކެޕިޓަލައިޒް ކުރުން
"ރީކެޕިޓަލައިޒް ކުރުން" ކަމަށް ބުނެފައި އެވަނީ، ބޭންކެއްގެ ރައުސްމާލުގެ ޖުމްލަ އިތުރު ކުރުމަށެވެ.
ރިސްކް އެޖަސްޓެޑް އެސެޓު
"ރިސްކް އެޖަސްޓެޑް އެސެޓު" ކަމަށް ބުނެފައި އެވަނީ، އެކި ބާވަތުގެ އެސެޓުތަކާ ގުޅިފައިވާ، ނުވަތަ އެ އެސެޓުތަކަށް ކުރިމަތިވެދާނެ ރިސްކްއާގުޅޭ ގޮތަށް އެ އެސެޓުތަކުގެ އަގަށް ބަދަލު ގެނެވިފައިވާ ބޭންކުގެ އެސެޓުތަކަށެވެ.