ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ވިޔަފާރީގެ އުސޫލުން
"ވިޔަފާރީގެ އުސޫލުން" ކަމަށް ބުނެފައި އެވަނީ، ވިޔަފާރި ކުރިއެރުވުމުގެ ނުވަތަ ވިޔަފާރީގެ މަގްސަދު ހާސިލްކުރުމުގެ ގޮތުން ކަމެއްކުރުމަށެވެ.
ވައިގެ އުޅަނދު
"ވައިގެ އުޅަނދު" ކަމަށް ބުނެފައި އެވަނީ، ވައިގެ ތެރެއިން ދުއްވުމަށް ތައްޔާރުކޮށްފައިވާ ކޮންމެ އެއްޗެކަށެވެ.
ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް
"ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ނެގޭ ޓެކްސްއަށެވެ.
ވަޒީފާދޭ ފަރާތް
"ވަޒީފާދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ވަޒީފާގެ އެއްބަސްވުމެއްގެ ދަށުން، މަސައްކަތެއް ކުރުމަށް ވަޒީފާދޭ ކޮންމެ މީހަކާއި، ކުންފުންޏަކާއި، ސަރުކާރާއި، މީހުންގެ މައްޗަށް އެކުލެވިގެންވާ ކޮންމެ ޖަމާއަތަކަށެވެ. އަދި މި މާނަކުރުމުގައި، މިނިވަންނޫން ކޮންޓްރެކްޓަރުންގެ ހިދްމަތް ބޭނުންކުރާ ފަރާތްތަކާއި ވަޒީފާދޭ އެފަދަ ފަރާތްތަކުގެ ވާރިސުންނާއި، އެފަރާތްތަކުގެ ބަދަލުގައި އުފެދޭ ފަރާތްތަކާއި، އެފަދަ ފަރާތްތަކުގެ ހައްގުތައް ގާނޫނީ ގޮތުން ނަގުލުވާ ފަރާތްތައްވެސް ހިމެނޭގޮތަށެވެ.
ވަގުތީ މުވައްޒަފު
"ވަގުތީ މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، ދާއިމީ ގޮތެއްގައި މަސައްކަތުގައި ދެމިހުންނާނެކަމުގެ އުންމީދެއް ނެތްގޮތުން، ދުވަހު މަސައްކަތްކުރާ އުސޫލުން، މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށެވެ.
ވިޔަފާރި ނަން
"ވިޔަފާރި ނަން" ކަމަށް ބުނެފައިއެވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) ގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ވިޔަފާރި ތަންތަނުން ހިންގާ ވިޔަފާރީގައި ބޭނުންކުރުމަށް ގާނޫނުގެ ހަތަރުވަނަ ބާބުގައިވާ ގޮތުގެމަތިން ރަޖިސްޓަރީކުރާ ނަމަށެވެ.
ވިޔަފާރި ތަން
"ވިޔަފާރި ތަން" ކަމަށް ބުނެފައިއެވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 18/2014) ގެ 4 ވަނަ މާއްދާގެ ދަށުން ރަޖިސްޓަރީކުރާ ކުންފުނި ނުވަތަ ޕާޓްނަރށިޕް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ އަމިއްލަ ވިޔަފާރިއަށެވެ.
ވަގުތީ އިމާރާތް
"ވަގުތީ އިމާރާތް" ކަމަށް ބުނެފައިއެވަނީ، ފެންވަރު ދަށް ނުވަތަ ޢުމުރު ކުރު ތަކެތި ބޭނުންކޮށްގެން، ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް ހަދާ ވަގުތީ ތަންތަނަށެވެ.
ވޯޓުނެގުން ނިންމުން
"ވޯޓުނެގުން ނިންމުން" ކަމަށް ބުނެފައިއެވަނީ، ވޯޓުނެގުން ނިންމުމަށް ކަނޑައެޅިފައިވާ ގަޑިޖެހިގެން ވޯޓުނެގުން ހުއްޓާލުމަށްފަހު، އެކަން އެންގުމުގެ ގޮތުން "ވޯޓުނެގުން ބަންދުވީ" މިހެން ބޮޑުއަކުރުން ލިޔެފައިވާ ލިޔުމެއް، އާންމުކޮށް ފެންނާނޭހެން ވޯޓުފޮށި ކައިރީގައި ބެހެއްޓުމަށެވެ.
ވީޒާ
"ވީޒާ" ކަމަށް ބުނެފައި އެވަނީ، އިމިގްރޭށަންގެ ގާނޫނު (ގާނޫނު ނަންބަރު 1/2007) ގެ 9 ވަނަ މާއްދާގެ ދަށުން ދޫކުރެވޭ ހުއްދައަށެވެ.
ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތް
"ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތް" ކަމަށް ބުނެފައިއެވަނީ، ވިޔަފާރި ފަށައިގަތުމާބެހޭ ތަމްރީނުދިނުމާއި، ވިޔަފާރީގެ ޕްލޭންތައް ތައްޔާރުކުރުމާއި، މާލީ ކަންކަމާއި، މާކެޓްކުރުމާ ގުޅޭ ހިދުމަތްތައް ހިމެނޭގޮތުން، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއްގެ ވިޔަފާރި ކުރިއެރުވުމާއި ތަރައްގީކުރުމާ ގުޅުންހުރި ހިދުމަތްތަކަށެވެ.
ވާދަވެރި އުސޫލުން
"ވާދަވެރި އުސޫލުން" ކަމަށް ބުނެފައި އެވަނީ، އަމިއްލަ ފަރާތްތަކުން އަމިއްލަ ނުވަތަ އިޖްތިމާއީ ބޭނުމަށް ނުވަތަ މުނިފޫހިފިލުވުމަށް ރާވައި ހިންގާ އުސޫލުން އެއްކިބާވެ، ވިޔަފާރީގެ މަންފާ ނުވަތަ ފައިދާ ލިބޭނެ ގޮތަށް ނުވަތަ ގައުމީ އަދި އިޖްތިމާއީ ފެންވަރުގައި ބަލައިގަނެ އާންމުކޮށް ހުޅުވާލައިގެން ރާވައި ހިންގޭ އުސޫލަށެވެ.
އާއިލާ
"އާއިލާ" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ގޮތްތަކުގެ ތެރެއިން ގޮތަކުން ކުޑަކުއްޖަކާ އާއިލީ ގުޅުން ހުރި މީހުންނަށެވެ.
މަންމަ، ބައްޕަ، ކާފައެއް، ނުވަތަ މާމައެއް، މުނިކާފައެއް، ނުވަތަ މުނިމާމައެއް؛ ނުވަތަ
އެއްބަނޑު އެއްބަފާ މީހާ ނުވަތަ އެއްބަނޑު މީހާ ނުވަތަ އެއްބަފާ މީހާ؛ ނުވަތަ
ބޮޑުދައިތަ، ނުވަތަ މުނިބޮޑުދައިތަ، ނުވަތަ ބޮޑުބޭބެ، ނުވަތަ މުނި ބޮޑުބޭބެ؛ ނުވަތަ
އެއްކިރުގެ ސަބަބުން އަހަކަށްވާ ފިރިހެނާ ނުވަތަ އުހުތަކަށްވާ އަންހެނާ؛ ނުވަތަ
މަތީގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ އިތުރުން ށަރުއީ ގޮތުން ބަލަދުވެރިކަން ހަވާލުކުރެވޭ އެހެން މީހުން.
އޯޑިއަންސް
"އޯޑިއަންސް" ކަމަށް ބުނެފައި އެވަނީ، ވަކި ޕްރޮގްރާމްއެއް އަމާޒުކުރެވޭ ފަރާތަށެވެ. ނުވަތަ ވަކި ހިދުމަތެއް އަމާޒުކުރެވޭ ފަރާތަށެވެ.
އިށްތިހާރު
"އިށްތިހާރު" ކަމަށް ބުނެފައި އެވަނީ މުދަލެއް ނުވަތަ ހިދުމަތެއް ވިއްކުމަށްޓަކައި ނުވަތަ ކުއްޔަށް ދޫކުރުމަށްޓަކައި، ނުވަތަ އެ މުދަލަކާމެދު ނުވަތަ އެ ހިދުމަތަކާމެދު ށައުގުވެރިކަން އިތުރުކުރުމަށްޓަކައި، އާންމުކޮށް ކުރެވޭ އިއުލާނަށެވެ. އިށްތިހާރުކުރާ ފަރާތުން ބޭނުންވާ ބަދަލެއް، މުދަލަކާ ގުޅިގެން ނުވަތަ ހިދުމަތަކާ ގުޅިގެން މުޖުތަމައުގެ ވިސްނުމަށް ގެނައުމަށްޓަކައި، އާންމުކުރާ ފިކުރު ނުވަތަ ކުރިއަށްނެރޭ ވިސްނުމަށެވެ. އަދި އެކަންކުރުމަށްޓަކައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭށަންއިން ބްރޯޑްކާސްޓްކުރަމުންދާ ވަގުތުގެ ތެރެއިން ވަގުތެއް އަގުދޭގޮތަށް ނުވަތަ އޭގެ މުގާބިލުގައި އެއްޗެއް ލިބިދޭގޮތަށް ހޯދައިގެން، އެވަގުތަކު ކުރާ އިއުލާނަށެވެ. އަދި ވަކި ފިކުރެއް ކުރިއެރުވުމަށްޓަކައި ނުވަތަ ވަކިކަމެއްގެ ވިސްނުން ކުރިއެރުވުމަށްޓަކައި ކުރާ އިއުލާނާއި ހުށަހަޅާ ހުށަހެޅުންވެސް އިށްތިހާރުގެ މާނައިގައި ހިމެނެއެވެ