ގާނޫނީ ރަދީފު
އެއްމެ ފަހުގެ
އަތޮޅު ކައުންސިލް
"އަތޮޅު ކައުންސިލް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އަތޮޅު ކައުންސިލަށެވެ.
އަދަބު ލުއިކުރުން
"އަދަބު ލުއިކުރުން" ކަމަށް ބުނެފައި އެވަނީ މީހެއްގެ މައްޗަށް ކަނޑައަޅާފައިވާ އަދަބެއް، އެ އަދަބަށްވުރެ ލުއި އަދަބަކަށް ށަރުތަކާއެކު ނުވަތަ ށަރުތަކާނުލައި ނަމަވެސް ބަދަލުކޮށްދިނުމާއި، މީހެއްގެ މައްޗަށް ކަނޑައަޅާފައިވާ އަދަބެއްގެ މުއްދަތު ކުރުކޮށްދިނުމާއި، މީހެއްގެ މައްޗަށް ކަނޑައަޅާފައިވާ އަދަބެއް ތަންފީޒުކުރުން ފަސްކޮށްދިނުން ހިމެނޭ ގޮތަށެވެ.
އަދަބިއްޔާތު ފާސްކުރާ ފަރާތްތަކުގެ ދަފްތަރު
"އަދަބިއްޔާތު ފާސްކުރާ ފަރާތްތަކުގެ ދަފްތަރު" ކަމަށް ބުނެފައި އެވަނީ، ނޭށަނަލް ބިޔުރޯ އޮފް ކްލެސިފިކޭށަންގައި ހެދިފައިވާ "އަދަބިއްޔާތު ފާސްކުރާ ފަރާތްތަކުގެ ދަފުތަރު" އަށެވެ.
އަމިއްލަ ތަންތަން
"އަމިއްލަ ތަންތަން" ކަމަށް ބުނެފައި އެވަނީ، މީހެއްގެ ނަމުގައި ރަޖިސްޓަރީ ކުރެވިގެންވާ ގޯއްޗާއި، ގެއާއި، ބިމާއި، ޢިމާރާތާއި، މީހުން ދިރިއުޅުމަށް ބޭނުންކުރާ ގޭގެއަށާއި ގޭބިސީއަށާއި އޮފީހަށާއި، ވަކި އިދާރާއަކުން ވަކި އުސޫލަކުން ވަކި ބައެއް ބޭނުންކުރަން ދޫކޮށްފައިވާ ގޯއްޗާއި ޢިމާރާތާއި ހޯލާއި މައިދާންތަކަށެވެ.
އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތް
"އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތް" ކަމަށް ބުނެފައިއެވަނީ، އާމްދަނީއެއް ލިބޭ ވިޔަފާރިއެއް ކުރުން ކަމަށް ނުވާގޮތުން، ތިމާ ދިރިއުޅުމަށްޓަކައި ފުރިހަމަވާންޖެހޭ ބޭނުންތައް ފުއްދުމަށް ކުރަންޖެހޭ ހަރަދަށްވާ ފައިސާ ހޯދުމުގެގޮތުން ގާއިމުކުރާ އާމްދަނީ ލިބޭ ވަސީލަތަށެވެ.
އަމިއްލަ މައުލޫމާތު
"އަމިއްލަ މައުލޫމާތު" ކަމަށް ބުނެފައިއެވަނީ، ފާހަގަކުރެވޭ ވަކިފަރުދެއްގެ އަމިއްލަ ދިރިއުޅުމުގެ ދާއިރާގެ ތެރޭގައި ހިމެނޭ މައުލޫމާތަށާއި، އެ މައުލޫމާތެއް ހާމަކުރުމަކީ، އޭނާގެ އަމިއްލަ ފަރުދީ މިނިވަންކަމުގެ ހައްގަށް އުނިކަން ލިބުންކަމުގައި ބެލެވިދާނެ މައުލޫމާތަށެވެ.
ވިޔަފާރީގެ މަސްއޫލުވެރިޔާ
"ވިޔަފާރީގެ މަސްއޫލުވެރިޔާ" ނުވަތަ "އަމިއްލަ ވިޔަފާރީގެ މަސްއޫލުވެރިޔާ" ކަމަށް ބުނެފައިއެވަނީ، ގާނޫނުގެ ދަށުން އެ މީހެއްގެ ނަންމަތީގައި އަމިއްލަ ވިޔަފާރިއެއް ރަޖިސްޓަރީކުރެވޭ މީހާއަށެވެ.
އަމިއްލަ ވިޔަފާރީގެ މަސްއޫލުވެރިޔާ
"އަމިއްލަ ވިޔަފާރީގެ މަސްއޫލުވެރިޔާ" ނުވަތަ "ވިޔަފާރީގެ މަސްއޫލުވެރިޔާ" ކަމަށް ބުނެފައިއެވަނީ، ގާނޫނުގެ ދަށުން އެ މީހެއްގެ ނަންމަތީގައި އަމިއްލަ ވިޔަފާރިއެއް ރަޖިސްޓަރީކުރެވޭ މީހާއަށެވެ.
އަމިއްލަ ވިޔަފާރި
"އަމިއްލަ ވިޔަފާރި" ކަމަށް ބުނެފައިއެވަނީ، ގާނޫނުގައިވާ ގޮތުގެމަތިން، އަމިއްލަ ފަރުދަކު، ވަކި ނަމެއްގައި ރަޖިސްޓަރީކޮށް، ހިންގާ ވިޔަފާރިއަށެވެ.
އައި.ޕީ.ޕީ.ސީ
"އައި.ޕީ.ޕީ.ސީ" ކަމަށް ބުނެފައިއެވަނީ، އެންމެ ފަހުން އިސްލާހުކުރެވިފައިވާ "އިންޓަރނޭށަނަލް ޕްލާންޓް ޕްރޮޓެކްށަން ކޮންވެންށަން" މި މުއާހަދާއަށެވެ.
އަންއެންޕްލޯއިމެންޓް ރޭޓް
"އަންއެންޕްލޯއިމެންޓް ރޭޓް" ކަމަށް ބުނެފައި އެވަނީ މަސައްކަތް ކުރާ އުމުރުފުރާގެ މީހުންގެ ތެރެއިން ވަޒީފާ ބޭނުންވެ ވަޒީފާ ނުލިބި ތިބި މީހުންގެ، ވަކިމުއްދަތެއްގެ މިންގަނޑަށެވެ.
އަންހެނުންނާ ދެކޮޅަށް ކުރެވޭ އެންމެހައި ތަފާތުކުރުންތައް ނައްތާލުމާބެހޭ ބައިނަލްއަގްވާމީ މުއާހަދާ
"އަންހެނުންނާ ދެކޮޅަށް ކުރެވޭ އެންމެހައި ތަފާތުކުރުންތައް ނައްތާލުމާބެހޭ ބައިނަލްއަގްވާމީ މުއާހަދާ" ކަމަށް ބުނެފައި އެވަނީ، "ކޮންވެންށަން އޮން ދި އެލިމިނޭށަން އޮފް އޯލް ފޯމްސް އޮފް ޑިސްކްރިމިނޭށަން އަގައިންސްޓް ވިމެން" އަށެވެ.
އަނބުރައި ނުލިބޭނެ ދަރަނި
"އަނބުރައި ނުލިބޭނެ ދަރަނި" ކަމަށް ބުނެފައި އެވަނީ، ހިސާބު ބެލެހެއްޓުމުގެ ބައިނަލްއަގްވާމީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ނުލިބޭނެ ދަރަނިކަމަށް ބަލައި ހިސާބުތަކުން އުނިކުރެވޭ ބޭޑް ޑެޓްސް ނުވަތަ ދަރަންޏަށެވެ.
ކްރެޑިޓް ރޭޓިންގ އެޖެންސީ
"ކްރެޑިޓް ރޭޓިންގ އެޖެންސީ" އެވެ ބުނެފައި އެވަނީ ދަރަންޏެއް ނުވަތަ ލޯނެއްގެ ޒިންމާ އުފުލާފައިވާ ނުވަތަ އުފުލަން ހުށަހަޅާ ކުންފުންޏެއް ނުވަތަ އުފުލަން ހުށަހަޅާ ކުންފުންޏެއް ނުވަތަ ދަރަންޏެއް ނުވަތަ ދަރަންޏެއް ނަގާ އެހެން ފަރާތެއްގެ މާލީ ހާލަތު، ގާއިމުކުރެވިފައިވާ އުސޫލުތަކުގެ މައްޗަށް ބިނާކޮށް، ވަޒަންކޮށް ދަރަޖަކުރުމުގެ ވިޔަފާރި މައިގަނޑުގޮތެއްގައި ކުރާ ފަރާތްތަކަށެވެ.
ކްރެޑިޓް ނޯޓް
"ކްރެޑިޓް ނޯޓް" ކަމަށް ބުނެފައި އެވަނީ ، ދެވުނު ހިދުމަތްތަކަށް ޓެކްސް އިންވޮއިސް ދޫކުރިފަހުން، އެ ހިދުމަތުގެ އަގު ދަށްކުރުމުގެ ގޮތުން ދޫކުރެވޭ ލިޔުމެކެވެ.