ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ކޯޕަރޭޓް ޕްރޮޕޯޒަލް
"ކޯޕަރޭޓް ޕްރޮޕޯޒަލް" ކަމަށް ބުނެފައިއެވަނީ، ސެކިއުރިޓީޒް ދޫކުރުމަށްޓަކައި ނުވަތަ ވިއްކުމަށްޓަކައި، ނުވަތަ ސެކިއުރިޓީޒް ގަތުމަށް ދައުވަތުދިނުމަށްޓަކައި އޮތޯރިޓީގެ ހުއްދަ ހޯދުމަށް ހުށަހަޅާ ކޮންމެ ހުށަހެޅުމެކެވެ. (މީގެ ތެރޭގައި އިންފޮމޭށަން މެމޮރެންޑަމްއާއި އޮތޯރިޓީއަށް ހުށަހަޅަންޖެހޭ އެހެނިހެން ލިޔެކިޔުންތައް ހިމެނޭނެއެވެ.)
ކޯޕަރޭޓިވް ސޮސައިޓީ
"ކޯޕަރޭޓިވް ސޮސައިޓީ" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 3/2007 (ކޯޕަރޭޓިވް ސޮސައިޓީގެ ގާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްގެން ހިންގާ ކޯޕަރޭޓިވް ސޮސައިޓީތަކަށެވެ.
ކޯޕަރަޓައިޒްކުރުން
"ކޯޕަރަޓައިޒްކުރުން" ކަމަށް ބުނެފައިއެވަނީ، ސަރުކާރުގެ ވަކި އޮފީހެއް ނުވަތަ ވަކި މުއައްސަސާއެއް ނުވަތަ އިދާރާއެއް ކުންފުންޏަކަށް ބަދަލުކޮށް، އެ މުއައްސަސާއެއްގެ މިލްކުގައިވާ މުދާ ވިޔަފާރި އުސޫލުން ހިންގޭނެގޮތަށް އަލުން ތަރުތީބުކޮށް، ސަރުކާރުގެ އޮފީހެއްގެ ގޮތުގައި ހިނގަމުންއައި ތަނެއް ވިޔަފާރީގެ އުސޫލުން ހިންގުމަށްޓަކައި ގެނެވޭ ބަދަލަށެވެ.
ކޯޓާ
"ކޯޓާ" ކަމަށް ބުނެފައި އެވަނީ، ވަޒީފާދޭ ފަރާތަކަށް، ވަޒީފާއަދާކުރުމަށް އެންމެ ގިނަވެގެން ބިދޭސީން ރާއްޖެ ގެނައުން ހުއްދަކުރާ އަދަދަށެވެ.
ކޯޑް އޮފް ކޮންޑަކްޓް
"ކޯޑް އޮފް ކޮންޑަކްޓް" ކަމުގައި ބުނެފައި އެވަނީ ދިވެހި ސިވިލް ސަރވިސްގައި ހިމެނޭ މުވައްޒަފުން ވަޒީފާ އަދާކުރުމުގައި ޢަމަލުކުރަންޖެހޭ ގޮތާއި އެމީހުންގެ އަހްލާގީ މިންގަނޑާއި ސުލޫކު ބަހައްޓަންވީ ގޮތެވެ.
ކޯޑުކުރުން
"ކޯޑުކުރުން" ކަމުގައި ބުނެފައި އެވަނީ، ޑަބްލިޔޫ.އެޗް.އޯ.ގެ އިންޓަރނޭށަނަލް ކްލެސިފިކޭށަން އޮފް ޑިޒީޒަސް ނުވަތަ ބައިނަލްއަގުވާމީގޮތުން ބަލިތައް ވަކިކޮށް ދެނެގަތުމަށް ޑަބްލިޔޫ.އެޗް.އޯ.އިން ކަނޑައަޅާ މިންގަނޑު ބޭނުންކޮށްގެން މަރުވި ސަބަބު ކޯޑަކަށް ބަދަލު ކުރުމަށެވެ.
ކޮލެޓަރަލައިޒްކުރުން
"ކޮލެޓަރަލައިޒްކުރުން" ކަމަށް ބުނެފައި އެވަނީ، ގެދޮރު ގަތުމަށް ލޯނެއް ނަގާއިރު ، އެ ލޯނު ނުދެއްކިއްޖެ ހާލަތެއްގައި ލޯނު ދޫކުރި ފަރާތުގެ ހައްގު ހޯދުމަށް އަނބުރާ ނެގޭނެ ގޮތަށް ޕެންށަން ފަންޑުގައި ލޯނު ނެގި ފަރާތުގެ ރިޓަޔަރމަންޓް ސޭވިންގ އެކައުންޓްގައި ބެހެއްޓިފައިވާ ފައިސާއަށެވެ.
ކޮމްޕްލެއިންޓްސް ބިއުރޯ
"ކޮމްޕްލެއިންޓްސް ބިއުރޯ" ކަމުގައި ބުނެފައިއެވަނީ، އިންތިހާބާބެހޭގޮތުން ށަކުވާ ބަލައިގަތުމަށް ގާއިމުކޮށްފައިވާ ޔުނިޓްތަކަށެވެ.
ކޮމިއުނިކޭށަން
"ކޮމިއުނިކޭށަން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ކަންކަން ހިމެނޭގޮތަށެވެ.
ދެމީހެއްގެ ދެމެދުގައި މުއާޞަލާތުކުރުމަށް ނުވަތަ މީހަކާއި އެއްޗެކާ ދެމެދުގައި މުއާޞަލާތުކުރުމަށް ނުވަތަ ދެ އެއްޗެއްގެ ދެމެދުގައި ކުރެވޭ މުއާޞަލާތުކުރުމަށް؛ އަދި
ވާހަކައިގެ ގޮތުގައި ނުވަތަ، މިއުޒިކް އަދި އެހެންވެސް އަޑުގެ ޒަރީޢާއިން؛ ނުވަތަ
ޓެކްސްޓްގެ ޒަރީޢާއިން؛ ނުވަތަ
(ހަރަކާތްކުރާ ނުވަތަ އެހެނިހެންވެސް) ފެންނަ ތަސްވީރެއްގެ ޒަރީޢާއިން؛ ނުވަތަ
އެހެން އެއްވެސް ސިގްނަލެއްގެ ޒަރީޢާއިން؛ ނުވަތަ
އެހެން އެއްވެސް ޒަރީޢާއަކުން؛ ނުވަތަ
މި މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކަމެއް ނުވަތަ ކަންތައްތަކެއް ހިމެނޭ ކަމެއްގެ ބޭނުންކޮށްގެން މުއާޞަލާތުކުރުން.
ކޮމިށަނަރ ޖެނެރަލް
"ކޮމިށަނަރ ޖެނެރަލް" ކަމަށް ބުނެފައި އެ ވަނީ ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ ދަށުން އައްޔަންކޮށްފައިވާ ކޮމިށަނަރ ޖެނެރަލް އޮފް ޓެކްށޭށަނަށެވެ.
ކޮމާންޑަރު
"ކޮމާންޑަރު" ކަމަށް ބުނެފައިއެވަނީ، ސިފައިންގެ އަސްކަރީ ބާރުތަކާ ހަވާލުވެ ހުންނަ ސިފައިންގެ އޮފިސަރުންގެ ތެރެއިން އެންމެ އިސް މީހަކަށެވެ.
ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަން
"ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަން" ކަމަށް ބުނެފައި އެވަނީ، ގާނޫނުގައި ކޮންޓްރޯލަރ އޮފް އިމިގްރޭށަން އެންޑް އެމިގްރޭށަން ކުރަން ކަނޑައަޅާފައިވާ ކަންތައް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަށެވެ.
ކޮންޓިންޖެންޓް ލަޔަބިލިޓީ
"ކޮންޓިންޖެންޓް ލަޔަބިލިޓީ" ކަމަށް ބުނެފައިއެވަނީ، ޔަގީންކަމާއެކު ބަޔާންކޮށްދޭން ދަތިކަމެއް ކުރިމަގުގައި ހިނގައިފިނަމަ، އެކަމެއް ހިނގުމުގެ ސަބަބުން އަދާކުރަންޖެހިދާނެ ދަރަންޏަށް ނުވަތަ ފައިސާއަށެވެ.
ކޮންސްޓްރަކްށަން ޕީރިއަޑް
"ކޮންސްޓްރަކްށަން ޕީރިއަޑް" ކަމަށް ބުނެފައިއެވަނީ ރަށް ނުވަތަ ބިން، ޓޫރިސްޓް ރިޒޯޓް ނުވަތަ ޓޫރިސްޓް ހޮޓަލުގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ލީޒް އެގްރީމެންޓްގެ ދަށުން ހުއްދަދެވޭ މުއްދަތަށެވެ.
ކޮންސޯށިއަމް
"ކޮންސޯށިއަމް" ކަމަށް ބުނެފައިއެވަނީ، ކަނޑައެޅި ބަޔާންވެގެންވާ ވަކި އިގްތިސާދީ މަސައްކަތެއް ނުވަތަ ވިޔަފާރިއެއްކޮށް، އޭގެން ނަފާ ހޯދުމުގެ ބޭނުމުގައި، ދެ ގާނޫނީ ށަހްސަށްވުރެ ގިނަ ގާނޫނީ ށަހްސު ގުޅިގެން އުފައްދައި ހިންގާ ޖަމާއަތްތަކަށެވެ.