ގާނޫނީ ރަދީފު
އެއްމެ ފަހުގެ
އިވެންޓު
"އިވެންޓު" ކަމަށް ބުނެފައިއެވަނީ، ޖަލްސާތަކާއި، އެއްވުންތަކާއި، ބައްދަލުވުންތަކާއި، އިންޓަވިއުތަކާއި، ޙަފްލާތަކާ އެނޫންވެސް ގިނަ ޢަދަދެއްގެ މީހުން އެއްވާ، ރާވައިގެން ހިންގާ އެއްވުންތަކަށެވެ.
އިބްތިދާއި ބައްދަލުވުން
"އިބްތިދާއި ބައްދަލުވުން" ކަމަށް ބުނެވިފައިވަނީ މައްސަލައިގެ ށަރީއަތުގެ އަޑުއެހުމުގެ ކުރިން މައްސަލައާ ގުޅިގެން ސާފުކުރަންޖެހޭ ކަންކަން ސާފުކުރުމަށް ބާއްވާ ބައްދަލުވުމަށެވެ.
އިންޖީނުލީ އުޅަނދު
"އިންޖީނުލީ އުޅަނދު" ކަމަށް ބުނެފައި އެވަނީ ތެޔޮ ބޭނުންކޮށްގެންނާއި، ކަރަންޓު ބޭނުންކޮށްގެންނާއި، އިރުގެ ހަކަތަ ނުވަތަ ބެޓެރީ ހަކަތަ ބޭނުންކޮށްގެންނާއި، ނުވަތަ އެނޫންވެސް ހަކަތައިގެ ބާވަތެއް ބޭނުންކޮށްގެން، ނުވަތަ އެނޫންވެސް ހަކަތައިގެ ބާވަތެއްގެ އެހީގައި ބޭނުންކުރެވިދާނެ، ނުވަތަ ދުއްވިދާނެ ކޮންމެ އެއްގަމު އުޅަނދަކަށެވެ.
އިންޓަރނޭށަނަލް ޓެލެކޮމިއުނިކޭށަންސް ޔޫނިއަން
"އިންޓަރނޭށަނަލް ޓެލެކޮމިއުނިކޭށަންސް ޔޫނިއަން" ކަމަށް ބުނެފައި އެވަނީ، އިންފޮމޭށަން އަދި ކޮމިއުނިކޭށަން ޓެކްނޮލޮޖީގެ ކަންކަމާ ގުޅޭގޮތުން މަސައްކަތްކުރާ އ.ދ. ގެ އިދާރާއަށެވެ.
އިންޓަރނޭށަނަލް ރިޕޯޓިންގ މިންގަނޑު
"އިންޓަރނޭށަނަލް ރިޕޯޓިންގ މިންގަނޑު" ކަމަށް ބުނެފައިއެވަނީ، އިންޓަރނޭށަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިންގ ސްޓޭންޑަރޑްސް (އިޕްސަސް) އަށެވެ.
އިންޓަރ ޖެނެރޭށަނަލް އިކުއިޓީ
"އިންޓަރ ޖެނެރޭށަނަލް އިކުއިޓީ" ކަމަށް ބުނެފައިއެވަނީ، ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމުގައި، އަންނަން އޮތް ޖީލުތަކުގެ މަސްލަހަތަށް ވިސްނައި، ދެމެހެއްޓެނިވި މިންގަނޑެއްގެ ތެރޭގައި އެ ވަސީލަތްތައް ބޭނުންކުރުމުގެ ހަމައަށެވެ.
އިންޒާރުދިނުން
"އިންޒާރުދިނުން" ކަމަށް ބުނެފައި އެވަނީ، ސީދާ މީހެއްގެ ގާތަށް އައިސް އިންޒާރުދިނުމާއި، މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން އެސް.އެމް.އެސް ނުވަތަ އީ-މެއިލް ނުވަތަ ފެކްސް ނުވަތަ ފޯންކޯލް ނުވަތަ އެނޫންވެސް ގޮތަކަށް، ނުވަތަ ސިޓީއެއް ނުވަތަ ލިޔުމެއް ލިޔެ ހާމަކުރުން، ނުވަތަ ފާރު ފަދަ ތަނެއްގައި ލިޔެ ހާމަކޮށްގެން މީހެއްގެ ޖިސްމަށް ނުވަތަ މުދަލަށް ނުވަތަ އާއިލާގެ މެންބަރަކަށް އެއްވެސް މިންވަރެއްގެ ގެއްލުމެއް ނުވަތަ އަނިޔާއެއް ދޭނެކަމަށް ބުނުމަށެވެ.
އިންޑޯސްކުރުން
"އިންޑޯސްކުރުން" ކަމުގައި ބުނެފައި އެވަނީ ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމެއްގެ އަތުގެ ވެރިޔާއަށް ލިބިދޭ ހައްގުތައް އެހެން ފަރާތަކަށް ދިނުމުގެ ގޮތުން އެލިއުމުގައި ނަންޖަހައި ސޮއިކޮށްް އެ ފަރާތަކަށް ރައްދުކުރުމަށެވެ.
އިންޑެމްނިޓީ
"އިންޑެމްނިޓީ" ކަމަށް ބުނެފައި އެވަނީ، ގެއްލުމުގެ ބަދަލު ދިނުމަށް ނުވަތަ ދެ ފަރާތެއްެގެ ދެމެދު ކުރެވިފައިވާ އެއްބަސްވުމެއްގެ ސަބަބުން ދެފަރާތުންކުރެ ފަރާތަކަށް ލިބިދާނެެ ގެއްލުމަކަށް ބަދަލު ދިނުމަށް އެއްބަސްވެ، އެއްފަރާތުން އަނެއްފަރާތަށް ދީފައިވާ ގެރެންޓީއެއް ނުވަތަ ޔަގީންކަމަކަށެވެ.
އިންސާނިއްޔަތުކަމުގެ ނަޒަރުން
"އިންސާނިއްޔަތުކަމުގެ ނަޒަރުން" ކަމަށް ބުނެފައި އެވަނީ އިންސާނަކަށް ހަމްދަރުދީވެ އޯގާތެރިވާންޖެހޭ އެންމެހާ ހާލަތްތަކަށެވެ.
އިންސައިޑަރ ޓްރޭޑިންގގެ ކުށް
"އިންސައިޑަރ ޓްރޭޑިންގގެ ކުށް" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ 54 ވަނަ މާއްދާގައި ބަޔާންކުރާ ކުށާއި އެހެން ގާނޫނެއްގެ ދަށުން އިންސައިޑަރ ޓްރޭޑިންގގެ ކުށް ކަމަށް ކަނޑައަޅާ ކުށްކުށް ހިމެނޭގޮތުންނެވެ.
އިންތިހާބު
”އިންތިހާބު“ ކަމުގައި ބުނެފައި އެވަނީ، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ހަދާ ގާނޫނުގެ ދަށުން ޢާންމުކޮށް ރައްޔިތުން ވޯޓުލައިގެން، އެކިއެކި ކައުންސިލްތަކަށް މެންބަރުން ހޮވުމަށް ބާއްވާއިންތިހާބުތަކަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް މީހުން ހޮވުމަށް ބާއްވާ ޢާންމު އިންތިހާބުތަކަށާއި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް މީހަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބުތަކަށެވެ. އިންތިހާބުގެ މާނައިގައި މިއިން މަގާމެއް ހުސްވެގެން ވަކި ގޮނޑިއަކަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްށަންތައް ވެސް ހިމެނެއެވެ.
އިންފްލޭށަން ރޭޓް
"އިންފްލޭށަން ރޭޓް" ކަމަށް ބުނެފައި އެވަނީ ވަކިމުއްދަތެއްގެ ތެރޭގައި މުދަލާއި ހިދުމަތުގެ އަގަށް އަންނަ ބަދަލުގެ މިންގަނޑަށެވެ.
އިންފޯކޮމިއުނިކޭށަން
"އިންފޯކޮމިއުނިކޭށަން" ކަމަށް ބުނެފައި އެވަނީ، އިންފޮމޭށަން ޓެކްނޮލޮޖީއާއި ޓެލެކޮމިއުނިކޭށަންގެ ވަސީލަތްތައް ބޭނުންކޮށްގެން ހިދުމަތްތައް ފޯރުވައިދެވޭ ތަފާތު ޓެކްނޮލޮޖީތަކަށާއި ހިދުމަތްތަކަށެވެ.
އިންފޮމޭށަން ކޮމިށަނަރު
"އިންފޮމޭށަން ކޮމިށަނަރު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން އައްޔަންކުރާ އިންފޮމޭށަން ކޮމިށަނަރަށެވެ. ނުވަތަ އޭނާގެ މަސްއޫލިއްޔަތު ހަވާލުކުރާ މުއައްސަސާ ނުވަތަ ފަރާތަށެވެ.