ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ފައިސާގެ ލިޔުން
"ފައިސާގެ ލިޔުން" ކަމަށް ބުނެފައި އެވަނީ (1) ދިވެހިރާއްޖޭގެ ފައިސާފޮއްޗަށާއި ފައިސާގެ ނޫޓަށާއި، އެހެން ގައުމެއްގެވެސް އެފަދަ އެއްޗެއްސަށާއި، ޓްރެވެލަރސް ޗެކަށާއި، ބޭންކް ޗެކަށާއި އަދި މަނީ އޯޑަރަށެވެ؛ (2) އިންވެސްޓްމަންޓް ސެކިއުރިޓީއަށް ނުވަތަ ލިޔުން އަތުން އަތަށް ބަދަލުވާއިރު، އޭގެ މިލްކުވެރިކަންވެސް ބަދަލުވާގޮތަށް ފައިސާގެ ގޮތުގައި ބޭނުންކުރެވޭ އެހެނިހެން ލިޔެކިޔުމަށެވެ.
ކުޑަކުއްޖެއް
"ކުޑަކުއްޖެއް" ކަމަށް ބުނެފައި އެވަނީ އުމުރުން 18 އަހަރު ނުފުރޭ ކޮންމެ ކުއްޖެކެވެ.
ކުލީސިފައިން
"ކުލީސިފައިން" ގެ މީހެއްކަމަށް ބުނެފައި އެވަނީ (1) ހަމަނުޖެހުންތަކުގައި ނުވަތަ ސަރުކާރު ވައްޓާލުމުގައި ބާރުގެ ބޭނުންކުރުމަށް ނުވަތަ (2) ސަރުކާރުގެ ގާނޫނީ ހައިސިއްޔަތު ވައްޓާލުމަށް މަސައްކަތްކުރުމަށް ހާއްސަ ގޮތުގައި ތަމްރީނުކުރެވިފައިވާ މީހާއަށް؛ އަދި (3) އެފަދަ ހަމަނުޖެހުންތަކުގައި އެގޮތަށް މަސައްކަތްކުރުމުން އެއިން އޭނާއަށް އަމިއްލަ މަންފާއެއް ކުރާތީ އެކަމުގެ ށައުގުވެރިކަން އޮތް، އަދި މަގާމުގެ ނުވަތަ ފެންވަރުގެ ރަސްމީ ހައިސިއްޔަތުން މަސައްކަތްކުރާ ސިފައިންނަށްވުރެ އިތުރު މާއްދީ މަންފާތައް ލިބޭނެކަމުގެ އުންމީދު އޮތް މީހާއަށް (4) އަދި ހަމަނުޖެހުން އުފެދިގެން އުޅޭ ގައުމުގެ ރައްޔިތަކަށް ނުވާ އަދި މައްސަލަ އުފެދިގެންއުޅޭ މީހުން ނިސްބަތްވާ ގައުމުގެ ރައްޔިތަކަށްވެސް ނުވާ މީހާއަށް؛ އަދި (i) ހަމަނުޖެހުމުގައި ބައިވެރިވާ ދެފަރާތުންކުރެ ފަރާތެއްގެ ސިފައިންގެ މީހަކަށް ނުވުމާއި؛ (ii) އޭނާ ފޮނުވައިފައިވަނީ ހަމަނުޖެހުމުގައި ބައިވެރިވާ ދެ ފަރާތުންކުރެ ފަރާތަކަށް ނުވާ ގައުމަކުންކަމުގައިވުން.
މާއްދީ އެހީތެރިކަން
"މާއްދީ އެހީތެރިކަން" ކަމަށް ބުނެފައި އެވަނީ، މާލީ ހިދުމަތާއި، އެ މީހުން ތިބޭނެ ތަންތަން ހަމަޖެއްސުމާއި، އެ މީހުންނަށް ތަމްރީނުދިނުމާއި، އެ މީހުންނަށް އެ މީހުންގެ ށަހްސު އޮޅުވާލުމުގެ ލިޔުންތައް ދިނުމާއި ނުވަތަ އެކަމާގުޅޭ ދޮގު ލިޔުންތައް ތައްޔާރުކޮށްދިނުމާއި، މުއާސަލާތުގެ ވަސީލަތްތައް ފޯރުކޮށްދިނުމާއި، ހަތިޔާރު ދިނުމާއި، ގެއްލުންދެނިވި އެހެންވެސް މާއްދާތަކާއި، ގޮވާއެއްޗެއްސާއި، އެއް ތަނުން އަނެއް ތަނަށް ދިއުމުގެ އުޅަނދުފަހަރާއި މާއްދީ އެކިއެކި މުދަލާއި އެހެނިހެން އެހީ ދިނުން ހިމެނޭ ގޮތަށެވެ. މީގެ ތެރޭގައި ބޭސްފަރުވާއާއި ދީނީ ލިޔެކިޔުން ދިނުމެއް ނުހިމެނެއެވެ.
ހުއްދަކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއް
"ހުއްދަކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއް" ކަމުގައި ބުނެފައި އެވަނީ ސަރުކާރުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ނުވަތަ އާންމުކޮށް ގަބޫލުކުރެވޭ މެޑިކަލް އިދާރާއަކުން، އޭނާއަކީ ޑަކްޓަރީ ބޭސްކުރެވޭނެ ފެންވަރު ހުރި މީހެއްކަމަށް ކަނޑައަޅައި، ހުއްދަ ދީފައިވާ މީހަކަށެވެ.
ގާނޫނީ ބަލަދުވެރިޔާ
"ގާނޫނީ ބަލަދުވެރިޔާ" ކަމުގައި ބުނެފައި އެވަނީ ގާނޫނީ ގޮތުން ތަސައްރަފެއް ނެތް މީހެއްގެ ފަރާތުން އެކިއެކި ނިންމުންތައް ނިންމުމުގެ ޒިންމާ ހަވާލުވެގެންވާ ފަރާތަކަށެވެ.
ގާނޫނު ތަންފީޒުކުރާ މުވައްޒަފު
"ގާނޫނު ތަންފީޒުކުރާ މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، އޭނާގެ މަގާމުގެ ހައިސިއްޔަތުން ނުވަތަ އަދާކުރާ ރަސްމީ ވަޒީފާގެ ހައިސިއްޔަތުން އަމަން އަމާންކަން ދެމެހެއްޓުން، ނުވަތަ ކުށްކުރާ މީހުން ހައްޔަރު ކުރުން ނުވަތަ ޖިނާއީ ކުށުގެ މައްސަލަތައް ތަހްގީގު ކުރުމުގެ ވާޖިބު، ގާނޫނެއްގެ ދަށުން އަދާކުރަންޖެހޭ ކޮންމެ މީހެކެވެ.
ޖަލްދުކުރުން
"ޖަލްދުކުރުން" ކަމަށް ބުނެފައި އެވަނީ، ހަށިގަނޑަށް ނުރައްކާތެރި އަނިޔާ ނުލިބޭނޭ ގޮތެއްގެމަތިން، އަދަބެއް ރަމްޒުކޮށްދިނުމުގެ ގޮތުން، ހަންމުށިން ނުވަތަ ދުއްރައިން މީހެއްގެ ގައިގާ ތަޅާތެޅުމަށެވެ. ޖަލްދު ކުރާހިނދު، އެ އަދަބަކަށް ހުއްދަ ކުރެވިގެންވާ ހުރިހާ އެތިފަހަރެއް ޖަހަންވާނީ އެކަކެވެ. އަދި ޖަލްދުކުރާ މީހާގެ އަތުގެ ކުޑަހުޅު ނޫނީ ލަންބައިގެން ނުވާނެއެވެ. އަދި އޭނާގެ އަތުގެ މުލައްދަނޑިއަށް އެއްވެސް ބާރެއް ލައިގެން ނުވާނެއެވެ. ނުވަތަ ކޮނޑާއި އުނަގަނޑާއި ފުރަގަހާއި ފަޔާއި ފުންނާބުގެ ހަރަކާތެއްގެ ބާރު ބޭނުން ކޮށްގެން ނުވާނެއެވެ.
އެނގިހުރުން ނުވަތަ އެނގިހުރެގެން
"އެނގިހުރުން" ނުވަތަ "އެނގިހުރެގެން" ކަމަށް ބުނެފައިވަނީ
އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލު ކުރާ މީހާ އެކުރާ އަމަލަށެވެ: (1) އަމަލުގެ ރުކުނާ ގުޅޭގޮތުންކަމުގައި ވާނަމަ، އޭނާ އެކުރާ އަމަލަކީ އެޒާތުގެ ނުވަތަ އެބާވަތުގެ އަމަލެއްކަން އޭނާއަށް އެނގިގެންވުން؛ (2) ހާލަތުގެ ރުކުނާ ގުޅޭގޮތުން ކަމުގައި ވާނަމަ، އެފަދަ ހާލަތެއް ދެމިއޮތުމުގެ އެކަށީގެންވާ ފުރުސަތު އޮތްކަން އޭނާއަށް އެނގިގެންވުން؛ (3) ނަތީޖާގެ ރުކުނާ ގުޅޭގޮތުން ކަމުގައި ވާނަމަ، އޭނާ އެ ކުރާ އަމަލަކީ، އަމަލީގޮތުން ބަލާއިރު އޭގެ ޒާތުގައި، ވަކި ނަތީޖާއެއް ނުކުންނާނެ އަމަލެއްކަން އޭނާއަށް އެނގިގެންވުން.
މަނާކޮށްފައިވާ އެއްޗެއް
"މަނާކޮށްފައިވާ އެއްޗެއް" ކަމަށް ބުނެފައި އެވަނީ މީހުން ބަންދުކުރާ މަރުކަޒަކަށް ގެނެވޭ އެއްޗެހީގެ ތެރެއިން ނުވަތަ އެ މީހުން ބަންދުކުރާ މަރުކަޒުގައިވާ އެއްޗެހީގެ ތެރެއިން އަންނަނިވި އެއްޗެއްސަށެވެ: (1) ބަޑި، ސްޓަން ގަން، ޓޭޒަރ ގަން؛ (2) ބަޑީގެ ވަޒަނާއި، ކާޓްރިޖާއި، ށެލާއި އަދި ވަޒަނުގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެހި؛ (3) ފަނާކުރަނިވި މާއްދާއެއް؛ (4) ގާނޫނެއްގެ ދަށުން ކޮންޓްރޯލް ކުރެވިފައިވާ މަސްތުވާއެއްޗެއް؛ (5) މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި ބޭނުންކުރާ އާލާތެއް؛ (6) ނުރައްކާތެރި ހަތިޔާރެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެނޫންވެސް އެއްޗެއް؛ (7) ތަނުގެ ސަލާމަތީފިޔަވަޅުތައް ބޭކާރުކޮށްލެވޭ ފަދަ ހަތިޔާރެއް ނުވަތަ އާލާތެއް؛ އޭގެ ތެރޭގައި އަތުބިޑިއާއި، ސަލާމަތީ ގޮތުން މީހަކު ހިފެހެއްޓުމަށްޓަކައި ބޭނުންކުރާ އެއްޗެއްގެ ތަޅުދަނޑިއާއި، ތަޅު ހުޅުވުމަށް ބޭނުންކުރާ އެއްޗެއްސާއި، ބިޑީގެ ތަޅުނައްޓައިލުމަށް ބޭނުންކުރެވިދާނެ އެއްޗެއްސާއި، މީހުން ބަންދުކުރާ މަރުކަޒުގެ އެކިއެކި ގޮޅިތަކުގެ ދޮރުތަކާއި ގޭޓުތަކާއި ކޮޓަރިތަކާއި މީހުން ބަންދުކުރާ މަރުކަޒުގެ އެހެނިހެން ސަރަހައްދުތައް ހުޅުވިދާނެ ބާވަތުގެ އެއްޗެހި ހިމެނެއެވެ؛ (8) ކަފަންބޭނުންކުރާ ނުވަތަ ބުރިކުރެވޭ ބާވަތުގެ އާލާތް؛ އޭގެތެރޭގައި ތިލައާއި ކަޓަރާއި، ދަގަނޑު ކެނޑިދާނެ ބާވަތުގެ އެއްޗެހި ހިމެނެއެވެ؛ ނުވަތަ (9) އިލެކްޓްރޯނިކް އެއްޗެހީގެ ތެރެއިން މަނާ އެއްޗެހި ކަމުގައި މީހުން ބަންދުކުރާ މަރުކަޒަކުން ކަނޑައަޅާފައިވާ އެއްޗެހި؛ އޭގެ ތެރޭގައި އިލެކްޓްރޯނިކް ރެކޯޑުކުރެވޭ އެއްޗެއްސާއި، ވީޑިއޯ ރެކޯޑުކުރެވޭ އެއްޗެއްސާއި، ސެލިއުލަރ ޓެލެފޯނާއި، ސެލިއުލަރ ޓެލެފޯނުގެ ބެޓެރީއާއި، ވީޑިއޯ ޓޭޕް ރެކޯޑަރާއި، ޕޭޖަރާއި، ކޮންޕިއުޓަރާއި، ކޮންޕިއުޓަރުގެސާމާނު ހިމެނެއެވެ؛ (10) ބަނގުރާގެ ބާވަތްތަކާއި؛ (11) އެނޫންވެސް މީހުން ބަންދުކުރާ މަރުކަޒަކަށް ހުއްދަނޫންކަމަށް ގާނޫނުގައި ނުވަތަ އެ މަރުކަޒެއްގެ އަމުރެއްގައި ކަނޑައަޅާފައިވާ އެއްޗެހި.
އަމިއްލަ އިހްތިޔާރުގައި ނޫންގޮތަކަށް މަސްތުވުން
"އަމިއްލަ އިހްތިޔާރުގައި ނޫންގޮތަކަށް މަސްތުވުން" ކަމުގައި ބަލާނީ އަންނަނިވި ހާލަތްތަކުގައެވެ (1) އެކަން ކުރިމަތިވީ އޭނާއަށް އެނގުމަކާނުލައި، އޭނާގެ ހަށިގަނޑުގެ ތެރެއަށް ވާސިލުކުރި އެއްޗެއްގެ ސަބަބުން ކަމުގައިވުން؛ ނުވަތަ (2) މަސްތުކުރުވި އެއްޗެއްގެ ނިސްބަތަށް ބަލާއިރު، އެއިން އެ ކުރުވި މަސްތަކީ އެއިން އާންމު ގޮތެއްގައި ކުރުވާނެ މަސްތުގެ މިންވަރަށް ވުރެ ބޮޑަށް ވީ މަސްތެއްކަމުގައި ވުމާއި، އޭނާގެ ހަށިގަނޑުގެ ކަންކަން ހުންނަ ގޮތުން އެކަން އެގޮތަށް ވެދާނެކަން އޭނާއަށް ނޭނގި އޮތުމާއި، އަދި އެކަން އޭނާ ދެނެގަންނާނެ އެކަށީގެންވާ ގޮތެއްވެސް ނެތުން.
މަސްތުވުން
"މަސްތުވުން" ކަމަށްބުނެފައި އެވަނީ ތިމާގެ ހަށިގަނޑަށް ވާސިލުކުރެވޭ އެއްޗެއްގެ ސަބަބުން ތިމާގެ މާއްދީ ނުވަތަ ފިކުރީ ހިއްސުތަކަށް އުނިކަން އައުމަށެވެ.
ކުށްކުރުމުގެ އާލާތް
"ކުށްކުރުމުގެ އާލާތް" ކަމުގައި ބުނެފައި އެވަނީ (1) ކުށެއްކުރުމަށް ބޭނުންކުރުމަށްޓަކައި ހާއްސަކޮށް ތައްޔާރުކޮށްފައިވާ ނުވަތަ އެ މަގްސަދަށްޓަކައި ހާއްސަކޮށް ބަދަލުކޮށްފައިވާ ކޮންމެ އެއްޗަކަށެވެ؛ ނުވަތަ (2) އާންމު ގޮތެއްގައި ކުށެއް ކުރުމުގެ ބޭނުމުގައި ގެންގުޅޭ އެއްޗެއްސަށާއި، ކުށުގެ ނިޔަތް ފުރިހަމައަށް ހާމަކޮށްދޭ ފަދަ ހާލަތެއްގައި ގެންގުޅޭ ކޮންމެ އެއްޗަކަށެވެ.
ގާބިލުކަން ނެތް
"ގާބިލުކަން ނެތް" މީހެއްކަމުގައި ވާނީ އޭނާގެ އުމުރުގެ ސަބަބުން ނުވަތަ އޭނާގެ ސިކުނޑިއަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުން ނުވަތަ އޭނާގެ ސިކުނޑިއަށް ލިބިފައިވާ ނުކުޅެދުމެއްގެ ސަބަބުން ނުވަތަ އޭނާ މަސްތުވެފައި ހުރުމުގެ ސަބަބުން ނުވަތަ އޭނާއަށް ދިމާވެފައިވާ އެނޫންވެސް ނުކުޅެދުމެއްގެ ސަބަބުން، ކަމަކާމެދު އެކަށީގެންވާ ގޮތެއްގައި ވިސްނައި، ނިންމުމެއް ނިންމުމަށް، ސާފުކޮށް ބަޔާންވާ ގޮތުގައި، ނުކުޅެދިގެންވާނަމައެވެ.
މުޅިން ފުރިހަމަނުވާ ކުށް
"މުޅިން ފުރިހަމަނުވާ ކުށް" ކަމަށް ބުނެފައި އެވަނީ ގާނޫނު ނަންބަރު 9/2014 (ގާނޫނުލްއުގޫބާތު) ގެ 80 ވަނަ މާއްދާއާއި 81 ވަނަ މާއްދާއާއި 82 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކުށަށެވެ.