ގާނޫނީ ރަދީފު
އެއްމެ ފަހުގެ
އާންމުކުރުން
"އާންމުކުރުން" ކަމަށް ބުނެފައި އެވަނީ، އެއްޗެއް މީހުންގެ ތެރެއަށް ނެރެ ހާމަކުރުމަށެވެ.
އާންމުންނާ ގުޅުންހުރި މަސްއޫލިއްޔަތެއް
"އާންމުންނާ ގުޅުންހުރި މަސްއޫލިއްޔަތެއް" ކަމަށް ބުނެފައި އެވަނީ، ޢާންމު މަސްލަހަތު ހިމެނޭ ތަބީޢަތުގެ މަސްއޫލިއްޔަތަށެވެ.
އާންމުން ވަދެނިކުމެވާ ތަނެއް
"އާންމުން ވަދެނިކުމެވާ ތަނެއް" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ރަށްރަށުގެ އެންމެހައި މަގުމަގާއި ގޯޅި ގޯޅިއާއި، ފީއެއް ނަގައިގެން ނުވަތަ ފީއެއް ނެގުމަކާ ނުލައި، އެ ވަގުތެއްގައި އާންމުންނަށް ނުވަތަ އާންމުންގެ ބަޔަކަށް ވަނުމުގެ ހުއްދަ ކަނޑައެޅިގެން ލިބިފައިވާ ނުވަތަ ލިބިފައިވާ ކަމަށް ބެލެވޭ އެންމެހައި ތަންތަނާއި، އުޅަނދުފަހަރާއި އެއްޗެއްސަށެވެ.
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު
"އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު" ކަމަށް ބުނެފައިއެވަނީ، ކުއްލިއަކަށް ތައާރުފުވާ ނުރައްކާތެރި ބައްޔެއްގެ ސަބަބުން ނުވަތަ ކުއްލިއަކަށް ދިމާވާ ސިއްހީ ނުރައްކަލެއްގެ ސަބަބުން މުޖުތަމައުގެ އާންމު ސިއްހަތަށް ސީދާގޮތުގައި ބޮޑު ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތްކަމަށް ގަބޫލުކުރެވޭ ހާލަތަށެވެ.
އާންމު ތަންތަން
"އާންމު ތަންތަން" ކަމަށް ބުނެފައިއެވަނީ، މަގުމަގާއި، ހުސް މައިދާންތަކާއި، މީހުން އެއްވާ ތަންތަނާއި، އެނޫންވެސް މީހުން ދިރިނޫޅޭ ތަންތަނަށެވެ.
އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދު
"އާންމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދު" ކަމަށް ބުނެފައި އެވަނީ ކަނޑައަޅާފައިވާ ގަޑިތަކަކާއި އެއްގޮތަށް ފަސިންޖަރުން އަތުން ފީނަގާ އަދި ކަނޑައަޅާ ގަޑިތަކަކާއި އެއްގޮތަށް މިނިސްޓްރީން ދޫކުރާ ލައިސަންސްއަކާއި އެއްގޮތްވާ ގޮތުގެމަތީން ދަތުރުކުރާ އުޅަނދުފަހަރަށެވެ.
އާންމު ދަތުރުފަތުރު
"އާންމު ދަތުރުފަތުރު" ކަމަށް ބުނެފައި އެވަނީ އަގުދީގެން އާންމުންނާއި ލުއި ދާގީނާ އުފުލަން ކަނޑައަޅާ ހުއްދަދީފައިވާ އުޅަނދުފަހަރުންކުރާ ދަތުރުތަކަށެވެ.
އާންމު އުނދަގޫ
"އާންމު އުނދަގޫ" މީގެ މާނައަކީ، ކުރާ ކޮންމެ އަމަލަކުން ވިޔަސް ޖިސްމާނީ ގޮތުން އަނިޔާއެއް ނުވަތަ ހާނީއްކައެއް މީހަކަށް މީހެއްގެ މުދަލަކަށް ލިބުން ފިޔަވާ އަނެކަކަށް އިހްސާސް ކުރެވޭ ނުވަތަ ލިބޭ ކޮންމެ އުނދަގުލެކެވެ.
އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލު
"އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލު" ކަމަށް ބުނެފައި އެވަނީ، މީހަކު ނުވަތަ އެކަކަށްވުރެ ގިނަ ބަޔަކު ކުރާ އަމަލެއް ނުވަތަ އަމަލުތަކެއްގެ ސަބަބުން، މުޖްތަމައުގެ ފަރުދުންގެ ހިތްތަކުގައި ބިރާއި ނުތަނަވަސްކަމާއި ހާސްކަން އުފައްދާ ކޮންމެ އަމަލަކަށެވެ.
އަސްކަރީ ގާނޫނު
"އަސްކަރީ ގާނޫނު" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 1/2008 (ސިފައިންގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި އެނޫނަސް ދިވެހިރާއްޖޭގެ އަސްކަރިއްޔާއާ ގުޅޭގޮތުން ހަދާ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކަށެވެ.
އަސާސީ ކަންކަމާއި ބޭނުންތައް
"އަސާސީ ކަންކަމާއި ބޭނުންތައް" ކަމުގައި ބުނެފައި އެވަނީ، ކެއިންބުއިމާއި، ދިރިއުޅޭނެ ތަނަކާއި، އަންނައުނާއި، ބޭސް ފަރުވާއާއި، ތަޢުލީމާއި އެފަދަ އަސާސީ ކަންކަމަށެވެ.
އަލުން ބަންދުކުރުން
"އަލުން ބަންދުކުރުން" ކަމަށް ބުނެފައި އެވަނީ، އަލުން ވިއްކުމަށްޓަކައި، ޕެސްޓިސައިޑް ގަތްއިރު ބަންދުކޮށްފައިވާ އެއްޗަކުން އެހެން ކޮންޓޭނަރަކަށް، (އާންމުކޮށް އެއަށްވުރެ ކުޑަ ކޮންޓޭނަރަކަށް) ހުއްދަ ދެވިފައިވާ ގޮތުގެމަތިން ބަދަލުކުރުމަށެވެ.
އަތްތެރި މަސައްކަތުގެ އުފެއްދުންތައް
"އަތްތެރި މަސައްކަތުގެ އުފެއްދުންތައް" ކަމަށް ބުނެފައިއެވަނީ، ލަކުޑީގެ އުފެއްދުމާއި، ކުރެހުމާއި، ވިޔެފައިވާ ތަކެއްޗާއި، ކަންވާރުފަދަ ތަކެތި ހިމެނޭ ގޮތުން، އެކިއެކި އާލާތް ބޭނުންކޮށްގެން އަތުން އުފައްދާ ފަންނުވެރި އުފެއްދުންތަކަށެވެ.
އަތޮޅު/ސިޓީ އިލެކްށަންސް ކޮމިޓީ
"އަތޮޅު/ސިޓީ އިލެކްށަންސް ކޮމިޓީ" ކަމުގައި ބުނެފައިއެވަނީ، އިންތިހާބާ ގުޅޭ އިދާރީ ކަންކަމާ، މިނޫންވެސް އިލެކްށަންސް ކޮމިށަނުން ހަވާލުކުރާ މަސައްކަތްތައް އެ އަތޮޅު/ ސިޓީގައި ކުރުމަށް އިލެކްށަންސް ކޮމިށަނުން ކަނޑައަޅާ 3 (ތިނެއް) މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއަށެވެ.
އަތޮޅު ކައުންސިލްގެ އިދާރާ
"އަތޮޅު ކައުންސިލްގެ އިދާރާ" ކަމުގައި ބުނެފައި އެވަނީ، 7 އޮގަސްޓް 2008 ގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުނުއިރު، އަތޮޅު އޮފީސްތައް ކަމުގައި ބަލަމުންއައި ތަންތަނަށެވެ.