ގާނޫނީ ރަދީފު
އެއްމެ ފަހުގެ
އިންވޮއިސް އަސާސް
"އިންވޮއިސް އަސާސް" ކަމަށް ބުނެފައި އެވަނީ، ޓެކްސް ދައްކަންޖެހޭ ހިސާބުތައް، އެ ތަނަކުން ތައްޔާރުކުރާ އިންވޮއިސްތަކުގެ މައްޗަށް ބިނާކޮށްގެން ހެދުމަށެވެ.
އިންވެސްޓްމަންޓް އެޑްވައިޒަރު
"އިންވެސްޓްމަންޓް އެޑްވައިޒަރު" ކަމުގައި ބުނެފައި އެވަނީ، ގަނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ ދަށުން ލައިސަންސްދީފައިވާ އިންވެސްޓްކުރުމަށް ލަފާދޭ ފަރާތަށެވެ.
އިންވެސްޓްމަންޓް ކުންފުނި
"އިންވެސްޓްމަންޓް ކުންފުނި" ކަމަށް ބުނެފައި އެވަނީ، ބޭންކު އަކަށާއި، އިންށުއަރެންސް ކުންފުނިތަކަށާއި، އަފަދަ މާލީ އެހެން ކުންފުނިތަކަށާއި، އެކިފަރާތްފަރާތުގެ ފައިސާ ބަލަހައްޓައި އިންވެސްޓް ކޮށްދިނުމަށް އުފަންދާފިއިވާ ކުންފުނިތަކަށެވެ.
އިންވެސްޓްމަންޓް
"އިންވެސްޓްމަންޓް" ކަމަށް ބުނެފައިއެވަނީ، ކޮންމެ ގައުމެއްގެ ރައްޔިތަކަށް ވީނަމަވެސް، އަދި ކޮންމެ ގައުމެއްގައި ރަޖިސްޓަރީކޮށްފައިވާ ކުންފުންޏަކަށް ވީނަމަވެސް، މި ގާނޫނުގެ ދަށުން ހުއްދަ ލިބިގެން، ޒޯނެއް ތަރައްގީކުރާ ޑިވެލޮޕަރު ނުވަތަ އެ ޒޯނެއްގައި އިންވެސްޓްކުރާ އިންވެސްޓަރު، އުފައްދާ ނުވަތަ ކޮންޓްރޯލްކުރާ ނުވަތަ ހިންގާ އިގްތިސާދީ މަސައްކަތަށް ނުވަތަ އެކަމަށް ކުރާ ހަރަދަށެވެ. އަދި، ޒޯނެއްގެ އުމްރާނީ ނުވަތަ މާއްދީ ވަސީލަތްތަކާއި ހިދުމަތްތަކާއި ފަސޭހަތައް ގާއިމުކުރުމަށް ޒޯނުގެ ޑިވެލޮޕަރު ކުރާ ހަރަދާއި އޭނާ ބިނާކުރާ ވަސީލަތްތަކާއި ހިދުމަތްތަކާއި ފަސޭހަތައްވެސް ހިމެނޭގޮތުންނެވެ.
އިންވެސްޓަރުން
"އިންވެސްޓަރުން" ކަމުގައި ބުނެފައި އެވަނީ، އިންވެސްޓްމަންޓް ފަންޑުގެ ހިއްސާ ނުވަތަ ޔުނިޓް ލިބިގަނެފައިވާ ފަރާތްތަކަށެވެ.
އިންކުއަރާރ
"އިންކުއަރާރ" ކަމަށް ބުނެފައި އެވަނީ މި ގާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ސޮސައިޓީއެއްގެ މުއާމަލާތުތަކާއި ހިންގުމާބެހޭ ގޮތުން މައްލޫމާތު ހޯދުމަށްޓަކައި ރެޖިސްޓްރާރ ކަނޑައަޅާ ފަރާތަކަށެވެ.
އިހްތިސާސް (ދުސްތޫރީ)
”އިހްތިސާސް“ ކަމުގައި ބުނެފައި އެވަނީ، އެ ފަރާތެއްގެ ބާރުހިނގާ ދާއިރާއަށާއި ކަންކަމަށެވެ.
އިހްތިސާސް (ކޯޓު)
"އިހްތިސާސް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގައިވާ ގޮތުގެމަތިން މައްސަލަތައް ބެލުމުގައި ކޯޓުތަކުގެ ބާރު ހިނގާ ދާއިރާއަށާއި ކަންކަމަށެވެ.
އާދަޔާހިލާފު ސިފައެއް ލިބިފައި ހުރި ރުއްގަސް
"އާދަޔާހިލާފު ސިފައެއް ލިބިފައި ހުރި ރުއްގަސް" ކަމަށް ބުނެފައިއެވަނީ ދެކުރިގަނޑު ހުންނަ ރުކާއި އެތުގެ ބަދަލުގައި ކުރިފަޅާ ރުއްފަދަ ގުދުރަތީގޮތުން އެހެން އެފަދަ ރުކާއި ތަފާތު ސިފަތަކެއް ލިބިފައިވާ ރުއްގަހަށެވެ.
އާމްދަނީ
"އާމްދަނީ" ކަމުގައި ބުނެފައި އެވަނީ، ގަވާއިދުން (މަހުން މަހަށް) ލިބޭ ފައިސާއާއި އިނާޔަތްތައް ނުވަތަ ގަނޑުކޮށް މީހަކަށް ލިބޭ ފައިސާގެ އިނާޔަތަށެވެ.
އާއިލާ މީހެއް
"އާއިލާ މީހެއް" ކަމުގައި ބުނެފައި އެވަނީ އެއް ގޭބިސީއެއްގައި ދިރިއުޅޭ ތިމާގެ މީހުންނަށެވެ.
އާކިޕެލަޖިކް ބޭސްލައިން
"އާކިޕެލަޖިކް ބޭސްލައިން"ތައް ކަމަށް ބުނެފައިވަނީ، ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު (ގާނޫނު ނަންބަރ 6/1996) ގެ ތާވަލު 1 ގައި ބުނެފައިވާ ޕޮއިންޓްތައް ގުޅާލެވޭ ރޮނގުތަކަށެވެ.
އާބިޓްރޭޓަރ
"އާބިޓްރޭޓަރ" ކަމަށްބުނެފައި އެވަނީ މި ގާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ސޮސައިޓީއަކާއި އެހެން ފަރާތަކާ ދެމެދު ހިނގާ ދެބަސްވުމެއް ހައްލުކޮށްދިނުމަށްޓަކައި ރެޖިސްޓްރާރ ކަނޑައަޅާ ފަރާތަކަށެވެ.
އާރުއެސްއޭ
"އާރުއެސްއޭ" ކަމުގައި ބުނެފައި އެވަނީ، ގާނޫނު ނަންބަރު 8/2009 (ދިވެހިރާއްޖޭގެ ޕެންށަނާބެހޭ ގާނޫނު) ގެ ދަށުން ހިންގޭ ދިވެހިރާއްޖޭގެ ރިޓަޔަރމަންޓް ސްކީމުގެ ބައިވެރިއަކަށް އަދި / ނުވަތަ ބައިވެރިއެއްގެ ފަރާތުން ދައްކާ ފައިސާއާއި، އެ ފައިސާ އިންވެސްޓުކުރުމުން އެއަށް ލިބޭ ފައިދާއާއި، ގެއްލުމާއި ހުއްދަކުރެވޭ ހަރަދަށް ނިސްބަތްވާ ގޮތަށް ބަލަހައްޓަމުން ގެންދާ އެ ބައިވެރިއެއްގެ ވަކި އެކައުންޓަށެވެ.
އާންމުކޮށް އެންގުން
"އާންމުކޮށް އެންގުން" ކަމަށް ބުނެފައިއެވަނީ، ތިރީގައިވާ ފަދައިން ޢާންމުކޮށް އެންގުމަށެވެ. ޢާންމުކޮށް ނެރޭ ދުވަހު ނޫހެއްގައި ށާއިޢުކުރުމަށް؛ ނުވަތަ ދިވެހިސަރުކާރުގެ ގެޒެޓުގައި ށާއިޢުކުރުމަށް؛ ނުވަތަ އެކަށީގެންވާ ހުރިހާ ވަގުތެއްގައިވެސް، ޢާންމުކޮށް ބެލެން ހުންނަ އިންޓަރނެޓް ވެބްސައިޓެއްގައި ށާއިޢުކުރުމަށް؛ ނުވަތަ ޢިމާރާތްކުރާ ތަންތަނާއި ސަރުކާރުގެ އިދާރާތަކުގައި ބަހައްޓާ އިޢުލާނުތަކާއި އެންގުންތައް މެދުވެރިކޮށް ށާއިޢުކުރުމަށް