ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ކޮންސެށަން
"ކޮންސެށަން" ކަމަށް ބުނެފައިއެވަނީ، އިންވެސްޓްމަންޓް އެގްރިމަންޓްގެ ދަށުން ނަމަވެސް ނުވަތަ ވަކި ކޮންސެށަން އެގްރިމަންޓެއްގެ ދަށުން ނަމަވެސް، ޒޯނެއްގައި ވަކި އިގްތިސާދީ މަސައްކަތެއް ކުރުމަށް ވަކި އިންވެސްޓަރަކަށް ނުވަތަ ވަކި ޑިވެލޮޕަރަކަށް، ވަކި ށަރުތުތަކެއްގެ މަތިން ވަކި ލުއިތަކެއްދީ، ދިވެހި ސަރުކާރުން ދޭ ހައްގަށް ނުވަތަ އިމްތިޔާޒަށެވެ.
ކޮންސިއުމަރ ޕްރައިސް އިންޑެކްސް
"ކޮންސިއުމަރ ޕްރައިސް އިންޑެކްސް" ކަމަށް ބުނެފައ ި އެވަނީ، ދިރިއުޅުމުގެ އަސާސީ ބޭނުންތަކަށްޓަކައި މުހިންމު ކާނާގެ ބާވަތްތަކާއި ޚިދުމަތުގެ ބާވަތްތަކުގެ އަގަށެވެ. އަދި އެ ބާވަތްތަކުގެ އަގަށް އަންނަ ބަދަލު ހިމެނޭ ގޮތަށެވެ.
ކޮންވޭޔަންސް
"ކޮންވޭޔަންސް" ކަމަށް ބުނެފައިއެވަނީ، ގަސްގަހާގެހި، ގަހުގެ ބައިތަކުގެ އުފެއްދުންތައް، ޕެސްޓް، ފަސް، ނުވަތަ ރެގިއުލޭޓްކުރެވޭ ތަކެތި އެއްތަނުން އަނެއްތަނަށް ގެންދިޔުމަށް ބޭނުންކުރެވޭ ކަނޑުގައި ދުއްވާ އުޅަނދު، މަތިންދާބޯޓު، ރޭލު، އެއްގަމު އުޅަނދު، ގާޑިޔާ، ފޮށިގަނޑު، ޖަނަވާރު ނުވަތަ އެހެނިހެން ތަކެއްޗަށެވެ.
ކޮނެގެން ނެގުން
"ކޮނެގެން ނެގުން" ކަމަށް ބުނެފައިއެވަނީ ރުކެއް ނުވަތަ ގަހެއް ހުރިތަން ނޫން އެހެން ތަނަކަށް ނުވަތަ އެހެން ރަށަކަށް ގެންދިއުމުގެ ބޭނުމުގައި، ރުއް ނުވަތަ ގަހުގެ ވަށައިގެން ކޮނުމަށްފަހު މޫތަކާއެކު ނެގުމަށެވެ.
ކޭށް ފްލޯ ޕްލޭން
"ކޭށް ފްލޯ ޕްލޭން" ކަމަށް ބުނެފައިއެވަނީ، ނަގުދު ފައިސާ ހޯދައި ބަލައިގަނެ، އެ ހަރަދުކުރާނެ ގޮތުގެ އަންދާޒާއަށެވެ.
ކެޕިޓަލް ގުޑްސް
"ކެޕިޓަލް ގުޑްސް" ކަމަށް ބުނެފައިއެވަނީ، އިންވެސްޓްމަންޓަކުން އުފައްދަން ބޭނުންވާ މުދާ ނުވަތަ ހިދުމަތް އުފެއްދުމުގެ ނިޔަތުގައި ހޯދައި ލިބިގަންނަ މާއްދީ މުދަލަށާއި ތަކެއްޗަށާއި އެއްޗެއްސަށެވެ.
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
"ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ގާނޫނު) ގެ ދަށުން އުފައްދާފައިވާ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށެވެ.
ކެޕިޓަލް ހަރަދު
"ކެޕިޓަލް ހަރަދު" ކަމުގައި ބުނެފައި އެވަނީ، ހަރުމުދާ ހޯދުމަށްކުރާ ހަރަދެވެ.މިބުނެވުނު ހަރުމުދަލަކީ އެއްހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް އޭގެ ބޭނުން ހިފުމަށްފަހުވެސް އެއްޗެއް ރައްކާތެރި ކުރާވަރުގެ ނުވަތަ ސަލާމަތް ކުރާވަރުގެ އަގެއްހުރި މުދަލެކެވެ.
ކެޔޮޅު
"ކެޔޮޅު" ކަމުގައި ބުނެފައި އެވަނީ މަސްވެރިކަމުގައި ހަރަކާތްތެރިވާ، އުޅަނދު، ނުވަތަ ބޯޓުގައި ގާއިމްވެ ހުނަނަ އުޅަނދު ނުވަތަ އެބޯޓު ދުއްވުމުގެ ހުރިހާ ޒިންމާތަކާއި ހަވާލުވެ ހުންނަ އެންމެ އިސްފަރާތަށެވެ.
ކެއަރ އެންޑް ވެލްފެއަރ އޯޑަރ
"ކެއަރ އެންޑް ވެލްފެއަރ އޯޑަރ" ކަމަށް ބުނެފައި އެވަނީ، އާއިލާއަށް ބޭނުންވާ އެހީތެރިކަން ދިނުމަށްޓަކައި އާއިލާއަށް ހާއްސަކޮށް ޕްރޮގްރާމްތައް އެކުލަވާލައިގެން ކުރިއަށް ގެންދިއުމަށެވެ.
ކެނެބިސް މިކްސްޗަރ
"ކެނެބިސް މިކްސްޗަރ" ކަމަށް ބުނެފައިއެވަނީ، ޓެޓްރާހައިޑްރޯކެނެބިނޯލް އާއި ކެނެބިނޯލް އެއްވެސް މިންވަރަކަށް އެކުލެވޭގޮތަށް ތައްޔާރުކޮށްފައިވާ ތާސީރަށެވެ
ކެނެބިސް ރެޒިން
"ކެނެބިސް ރެޒިން" ކަމަށް ބުނެފައިއެވަނީ، ޓެޓްރާހައިޑްރޯކެނެބިނޯލް އެއްވެސް ވަރަކަށް ހިމެނޭ މާއްދާއަށެވެ.
ކެނެބިސް
"ކެނެބިސް" ކަމަށް ބުނެފައިއެވަނީ، ކެނެބިސް އާއިލާގެ ގަސްގަހުގެ ތެރެއިން ގަހަކަށް ނުވަތަ އެއިން ގަހެއްގެ ބަޔަކަށް، އެއަށް ކޮންމެ ނަމެއް ކީނަމަވެހެވެ.
ކެނެބިހުން މުއާމަލާތުކުރުން
"ކެނެބިހުން މުއާމަލާތުކުރުން" ކަމަށް ބުނެފައިއެވަނީ، ކެނެބިސް ވިއްކުމާއި، ދިނުމާއި، ވިޔަފާރިކުރުމަށްޓަކައި އެއްތަނުން އަނެއްތަނަށް ގެންދިޔުމާއި، ގެންގޮސްދިނުމާއި، ރައްދުކޮށްދިނުމާއި، އެއިން ކަމެއް ކޮށްދިނުމަށް ހުށަހެޅުމާއި އެއްބަސްވުން ހިމެނޭގޮތުންނެވެ.
ކުޑަކުދިން
"ކުޑަކުދިން" ގެ މާނައަކީ، މައިމީހާގެ ބަނޑުގައި އާދަމުގެ ދަރިޔާ ގަރުބަގަތީއްސުރެ، ދުނިޔެއަށް އުފަންވުމާއި ދެމެދުގެ ހާލަތުގައިވާ ކުދިންނާއި، ދުނިޔެއަށް އުފަންވުމަށް ފަހު މީލާދީ ގޮތުން 18 އަހަރު ފުރިހަމަނުވާ ކުދިންނެވެ.