ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ފޯރުކޮށްދިނުން
"ފޯރުކޮށްދިނުން" ކަމަށް ބުނެފައި އެވަނީ، ވިއްކުމަކުން ނުވަތަ ބަދަލު ކުރުމަކުން ނުވަތަ ކުއްޔަށްދިނުމަކުން ނުވަތަ ފަހުން އަގުދޭގޮތަށް މާކެޓަށް މުދަލެއް ނުވަތަ ހިދުމަތެއް ވާސިލުކޮށްދޭ ކޮށްދިނުމަށެވެ.
އަގު
"އަގު" ކަމަށް ބުނެފައި އެވަނީ، މުދަލެއްގެ ނުވަތަ ހިދުމަތެއްގެ މުގާބިލުގައި ދޭ ކޮންމެ އެއްޗަކަށެވެ.
ކުންފުނިތަކުގެ ގްރޫޕް
"ކުންފުނިތަކުގެ ގްރޫޕް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނު) ގެ 86 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާފަދަ ހޯލްޑިންގ ކުންފުންޏާއި ސަބްސިޑިއަރީ ކުންފުނިތައް ހިމެނޭ ގްރޫޕަކަށެވެ.
ޖޮއިންޓް ވެންޗަރ
"ޖޮއިންޓް ވެންޗަރ" ކަމަށް ބުނެފައި އެވަނީ، ވިޔަފާރި ހިންގާ ދެ ފަރާތެއްގެ މެދުގައިވާ އެއްބަސްވުމެއްގެ ދަށުން ވަކި ވިޔަފާރިއެއް ހިންގުމުގެ ބޭނުމަށް ހާއްސަކޮށްގެން އުފައްދާ ވިޔަފާރި ތަނަކަށެވެ.
މާކެޓް ނުވަތަ ކަސްޓަމަރުން އެލޮކޭޓްކުރުން
"މާކެޓް ނުވަތަ ކަސްޓަމަރުން އެލޮކޭޓްކުރުން" ކަމަށް ބުނެފައި އެވަނީ 2 (ދޭއް) ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކުގެ މެދުގައި މާކެޓް ނުވަތަ ކަސްޓަމަރުން ބައިކޮށް، ކޮންމެ ފަރާތަކަށްވެސް ހިދުމަތްދެވޭނެ ވަކި ބައެއް ކަނޑައެޅުމަށެވެ.
އާންމު އިގްތިސާދީ މަސްލަހަތު ހިމެނޭ ހިދުމަތު
"އާންމު އިގްތިސާދީ މަސްލަހަތު ހިމެނޭ ހިދުމަތެއް" ކަމަށް ބުނެފައި އެވަނީ، ޢާންމު ބޭނުންތަކުގެ ހިދުމަތްތައްކަމަށްވާ ކަރަންޓާއި، ފެނާއި، ނަރުދަމާއާއި ޓެލެފޯންގެ ހިދުމަތްތަކަށާއި، ރައްޔިތުންގެ ޢާންމު ބޭނުންތަކާ ގުޅިފައިވާ އަދި ރައްޔިތުންނަށް ޢާންމުކޮށް ލިބެން ހުންނަ ޓެލެކޮމިއުނިކޭށަން، ޕޯސްޓަލް ސަރވިސް، ޢާންމު ދަތުރުފަތުރު، ކުނި އުކާލުން އަދި މިފަދަ އެހެނިހެން ހިދުމަތްތައް ހިމެނޭ ގޮތުންނެވެ.
އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް (އާންމު ސިއްހަތާއި ގުޅޭ)
"އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް" ކަމަށް ބުނެފައިއެވަނީ، ޑިރެކްޓަރ ޖެނެރަލަށް ލިބެންހުރި ސާބިތު ހެކީގެ މައްޗަށް ބިނާކޮށް ލިބޭ މައުލޫމާތަށެވެ. އެފަދަ މައުލޫމާތެއް ލިބެންނެތްހިނދެއްގައި، ޑިރެކްޓަރ ޖެނެރަލަށް ހާލަތު ވިސްނައިގަނެވޭ މިންވަރަށާއި، ސާބިތުވާންހުރި ސިއްހަތުގެ އިލްމަށާއި، މާޒީގެ ތަޖުރިބާއަށް ބިނާކޮށް، ކަމަކުން ދުރާލާ ރައްކާތެރިވުމަށް ނިންމުމަށް ޑިރެކްޓަރ ޖެނެރަލް ބުރަވާ ނުވަތަ ރިއާޔަތްކުރާ މައުލޫމާތަށެވެ.
އެކަހެރިކުރުން (އާންމު ސިއްހަތާއި ގުޅޭ)
"އެކަހެރިކުރުން" ކަމަށް ބުނެފައިއެވަނީ، ގައިންގަޔަށް އަރާ ބައްޔެއް ހުރި މީހަކުނަމަ، ނުވަތަ ގައިންގަޔަށް އެރުމުގެ ސިފަ ހުރި މާއްދާއެއް މީހެއްގައި ހުރިކަން ކަނޑައެޅިގެން އެނގޭ މީހަކުނަމަ، އޭނާގެ ބަލި ނުވަތަ އޭނާގައި ހުރި ބަލި ފަތުރައިދޭ ވަސީލަތް، ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް، އެހެން މީހުން ގަޔަށް ވާސިލުވިޔަ ނުދިނުމަށްޓަކައި، އެމީހަކު އެހެން މީހުންނާއި ތަންތަނާ އެކަހެރިކުރުމަށެވެ.
އެކަހެރިކުރުން (އާންމު ސިއްހަތާއި ގުޅޭ)
"އެކަހެރިކުރުން" ކަމަށް ބުނެފައި އެ ވަނީ، ގައިންގަޔަށް އަރާ ބައްޔެއް ހުރި މީހަކު ނަމަ، ނުވަތަ ގައިންގަޔަށް އެރުމުގެ ސިފަ ހުރި މާއްދާއެއް މީހެއްގައި ހުރިކަން ކަނޑައެޅިގެން އެނގޭ މީހަކު ނަމަ، އޭނާގެ ބަލި ނުވަތަ އޭނާގެ ހަށިގަނޑުގައި ހުރި ބަލި ފަތުރައިދޭ ވަސީލަތް، ސީދާގޮތުން ނުވަތަ ނުސީދާގޮތުން، އެހެން މީހެއްގެ ގަޔަށް، ނުވަތަ އެހެން މީހުން ގަޔަށް ވާސިލުވިޔަ ނުދިނުމަށްޓަކައި، އެ މީހަކު އެހެން މީހުންނާއި ތަންތަނާ އެކަހެރިކުރުމަށެވެ.
އެކަހެރިކުރުމުގެ މަރުކަޒު (އާންމު ސިއްހަތާއި ގުޅޭ)
"އެކަހެރިކުރުމުގެ މަރުކަޒު" ކަމަށް ބުނެފައި އެ ވަނީ، އެކަހެރިކުރުމުގެ ހާއްސަ މަގްސަދުގައި ބިނާކުރާ ހޮސްޕިޓަލާއި މަރުކަޒުތަކަށެވެ.
އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް (އާންމު ސިއްހަތާގުޅޭ)
"އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް" ކަމަށް ބުނެފައި އެ ވަނީ، ޑިރެކްޓަރ ޖެނެރަލަށް ލިބެންހުރި ސާބިތު ހެކީގެ މައްޗަށް ބިނާކޮށް ލިބޭ މައުލޫމާތަށެވެ. އެފަދަ މައުލޫމާތެއް ލިބެން ނެތް ހިނދެއްގައި، ޑިރެކްޓަރ ޖެނެރަލަށް ހާލަތު ވިސްނައިގަނެވޭ މިންވަރަށާއި، ސާބިތުވާން ހުރި ސިއްހަތުގެ އިލްމަށާއި، މާޒީގެ ތަޖުރިބާއަށް ބިނާކޮށް، ކަމަކުން ދުރާލައި ރައްކައުތެރިވުމަށް ނިންމުމަށް، ޑިރެކްޓަރ ޖެނެރަލް ބުރަވާ ނުވަތަ ރިއާޔަތްކުރާ މައުލޫމާތަށެވެ.
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު
"އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު" ކަމަށް ބުނެފައި އެ ވަނީ، ކުއްލިއަކަށް ތައާރަފުވާ ނުރައްކައުތެރި ބައްޔެއްގެ ސަބަބުން، ނުވަތަ ކުއްލިއަކަށް ދިމާވާ ސިއްހި ނުރައްކަލެއްގެ ސަބަބުން، މުޖުތަމައުގެ އާންމު ސިއްހަތަށް ސީދާގޮތެއްގައި ބޮޑު ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އޮތްކަމަށް ގަބޫލުކުރެވޭ ހާލަތަށެވެ.
އިމާރާތް
"އިމާރާތް" ކަމަށް ބުނެފައި އެ ވަނީ، ބިމުގައި ބިނާކޮށްފައިވާ ތަންތަނާއި ބިމާ ހަރުކުރެވިގެން ބިނާކުރެވިފައިވާ ތަންތަނާއި، އެފަދަ ތަންތަނާ ގުޅިފައިވާ ގޯއްޗާއި، ދާއިމީގޮތެއްގައި ނުވަތަ ދާއިމީ ނޫންގޮތެއްގައިވެސް އެ ތަނަކާ ގުޅިގެން ބިނާކުރެވޭ ތަންތަން ހިމެނޭގޮތުންނެވެ. އަދި އަންނަނިވި ތަންތަންވެސް އެ މާނައިގައި ހިމެނެއެވެ (1) މީހުން ދިރިއުޅޭ ތަންތަން (2) މީހުން ދިރިނޫޅޭ ތަންތަން (3) ފެންގަނޑު (4) އެއްގަމު އުޅަނދުފަހަރު (5) ކަނޑުގައި ދުއްވާ އުޅަނދުފަހަރު (6) ވައިގެ އުޅަނދު ފަހަރު.
ވެރިފަރާތް (ބަލިމަޑުކަމާއި ގުޅޭ)
"ވެރިފަރާތް" ކަމަށް ބުނެފައި އެ ވަނީ، ދިރިއުޅޭ ތަނެއް ކަމުގައި ބެލެވޭ ތަނެއް، އެ މީހާގެ ބެލުމުގެ ދަށުގައިވާ މީހާއާއި، އެ ތަނެއްގައި ދިރިއުޅޭ މީހާއާއި، އެ ތަނެއްގެ ޒިންމާ އުފުލަންޖެހޭ މީހާއާއި، އެ ތަނެއް ކޮންޓްރޯލް ކުރުމުގެ ބާރު ލިބިގެންވާ މީހާއާއި، އެ ތަނެއްގައި ހިނގާ ހަރަކާތްތަކާއި އެ ތަނެއްގެ ހާލަތު ކޮންޓްރޯލް ކުރުމުގެ ބާރު ލިބިގެންވާ މީހާއާއި، އެ ތަނަށް ވަދެ އެ ތަނެއްގައި ތިބުމުގެ ހުއްދަ ލިބިގެންވާ މީހުންނަށެވެ.
މަސައްކަތްކުރާ ތަން
"މަސައްކަތްކުރާ ތަން" ކަމަށް ބުނެފައި އެވަނީ، ފުރާޅަކުން ނުވަތަ މިނޫންވެސް އެފަދަ އެހެން ވަސީލަތެއް ބޭނުންކޮށްގެން ހިޔާކޮށްފައިވާ ނުވަތަ ފާރަކުން ނުވަތަ ފާރުތަކަކުން ނުވަތަ ބިތްގަނޑަކުން ނުވަތަ ބިތްގަނޑުތަކަކުން ނުވަތަ މިފަދަ އެހެން ވަސީލަތެއް ބޭނުންކޮށްގެންވިއަސް ބަންދުކުރެވިފައިވާ ނުވަތަ ނިވާކުރެވިފައިވާ ތަންތަނުގެ ތެރެއިން އުޖޫރައެއް ލިބޭ ގޮތަށް ނުވަތަ ހިލޭސާބަހަށް ހިދުމަތްކުރުމުގެ ގޮތުން މީހަކު މަސައްކަތްކުރާ ނުވަތަ ވަޒީފާ އަދާކުރާ ކޮންމެ ތަނަކަށެވެ. މިގޮތުން، މަސައްކަތް އާންމުކޮށްކުރާ ތަނުގެ އިތުރުން އެތަނަކާ ގުޅިފައިހުންނަ، އަދި މަސައްކަތްކުރާ މީހުން މަސައްކަތުގެ ވަގުތުގައި ބޭނުންކުރާ ލިފްޓާއި، ކޮރިޑޯއާއި، ސިޑިއާއި، ލޮބީއާއި، ފާހާނާއާއި، ލައުންޖާއި، ކެފެޓީރިއާއި، ކެންޓީނާއި، ސައިކޮޓަރިފަދަ ތަންތަން މި މާނައިގެ ތެރޭގައި ހިމެނެއެވެ. ވިޔަފާރީގެ ބޭނުމުގައި ނުވަތަ އާންމު ހިދުމަތެއް ދިނުމުގައި ބޭނުންނުކުރާނަމަ، ދިރިއުޅުމަށް ބޭނުންކުރާ ތަންތަން މަސައްކަތްކުރާ ތަންތަނުގެ ތެރޭގައި ނުހިމެނެއެވެ. އަދި މަސައްކަތްކުރާ ތަނެއް މާނަކުރުމުގައި މުޅި ރަށް އެއީ މަސައްކަތްކުރާ ތަންކަމުގައެއް ނުބެލެވޭނެއެވެ.