ގާނޫނީ ރަދީފު
އެއްމެ ފަހުގެ
އަބުރާ ބެހުން
"އަބުރާ ބެހުން" ކަމަށް ބުނެފައި އެވަނީ މީހެއްގެ ގަދަރާއި އިއްޒަތް ނުވަތަ ކަރާމާތް ނަގާލުން ނުވަތަ އެއިން ކަމަކަށް އުނިކަން ދިނުމަށެވެ. ބުނެވިދިޔަ ކަންތައްތަކުގެ ތެރެއިން ކަމެއްކުރީ، ބުނާ އެއްޗަކުން، ނުވަތަ ލިޔާ ލިޔުމަކުން، ނުވަތަ ކުރަހާ ކުރެހުމަކުން ކަމުގައިވިޔަސް އެކަމެއް ބެލޭނީ އަބުރާބެހުން ކަމުގައެވެ.
ވައްކަން
"ވައްކަން" ކަމަށް ބުނެފައި އެވަނީ އެހެން މީހެއްގެ ނުވަތަ އެހެން ފަރާތެއްގެ މިލްކު އެއްޗެއް އެމީހާއަށް ނުވަތަ އެފަރާތަށް ނޭނގި، އެއާ ހަވާލުވެގެންހުރި މީހާ ނޫން މީހަކު ސިއްރުން ނެގުމަށެވެ.
"އިލެކްޓޯރަލް ރައިޓް ނުވަތަ އިންތިހާބީ ހައްގު"
"އިލެކްޓޯރަލް ރައިޓް ނުވަތަ އިންތިހާބީ ހައްގު" ކަމަށް ބުނެފައި އެވަނީ ގާނޫނާ ގަވާއިދު ހުއްދަކުރާ ގޮތުން ކެންޑިޑޭޓެއްގެ ގޮތުގައި ވުމަށާއި ނުވުމަށް މީހުންނަށް ލިބިފައިވާ ހައްގާއި އިހްތިޔާރާ ހަމަ މިގޮތަށް އިންތިހާބެއްގައި ވޯޓް ދިނުމާއި ނުދިނުމަށް މީހުންނަށް ލިބިފައިވާ ހައްގާއި އިހްތިޔާރެވެ.
"އިންތިހާބީ ހައްގު" ނުވަތަ "އިލެކްޓޯރަލް ރައިޓް"
"އިންތިހާބީ ހައްގު" ނުވަތަ "އިލެކްޓޯރަލް ރައިޓް" ކަމަށް ބުނެފައި އެވަނީ ގާނޫނާ ގަވާއިދު ހުއްދަކުރާ ގޮތުން ކެންޑިޑޭޓެއްގެ ގޮތުގައި ވުމަށާއި ނުވުމަށް މީހުންނަށް ލިބިފައިވާ ހައްގާއި އިހްތިޔާރާ ހަމަ މިގޮތަށް އިންތިހާބެއްގައި ވޯޓް ދިނުމާއި ނުދިނުމަށް މީހުންނަށް ލިބިފައިވާ ހައްގާއި އިހްތިޔާރެވެ."
ކެންޑިޑޭޓް
"ކެންޑިޑޭޓް" ކަމަށް ބުނެފައި އެވަނީ އިންތިހާބުގެ ގާނޫނު ނުވަތަ ގަވާއިދާ ބުނާގޮތުން އިންތިހާބަކަށް ކުރިމަތިލާފައިވާ މީހާއެވެ.
"ސިއްކަ" ނުވަތަ "ސަރުކާރު ސިއްކަ"
"ސިއްކަ" ނުވަތަ "ސަރުކާރު ސިއްކަ" ކަމަށް ބުނެފައި އެވަނީ ކުރީގައިވެސް ސަރުކާރު ޕޯސްޓް، ނުވަތަ އާމްދަނީއާ ބެހިގެން ގެންގުޅޭ އެއްވެސް ބާވަތެއްގެ ސިއްކަ ނުވަތަ ފާހަގައަށެވެ.
ސްޓޭމްޕް
"ސްޓޭމްޕް" ބުނެފައި އެވަނީ ސަރުކާރު ހުއްދަކުރާ ގޮތަކަށް ކުރެހި، ކުލަޖެހި، ޗާޕްވެގެން ސަރުކާރު އަންގާ އުސޫލަކުން ނުވަތަ ގަވާއިދަކުން، އެސަރުކާރުގެ ހުއްދައޮތް ފަރާތަކުން ނެރެވިއްކާ ސްޓޭމްޕަށެވެ.
ފައިސާފޮތި
"ފައިސާފޮތި" ނުވަތަ "ކޮއިން" ކަމަށް ބުނެފައި އެވަނީ ފައިސާގެގޮތުގައި ބޭނުން ކުރުމަށްޓަކައި ސަރުކާރުގެ އަމުރަށް ސިއްކައެއް ޖެހިގެން ހިންގޭ އެއްޗެކެވެ.
ކޮއިން
"ކޮއިން" ނުވަތަ "ފައިސާފޮތި" ކަމަށް ބުނެފައި އެވަނީ ފައިސާގެގޮތުގައި ބޭނުން ކުރުމަށްޓަކައި ސަރުކާރުގެ އަމުރަށް ސިއްކައެއް ޖެހިގެން ހިންގޭ އެއްޗެކެވެ.
ކުށްވެރިޔާއަށް އެހީވެދިނުން
"ކުށްވެރިޔާއަށް އެހީވެދިނުން" ކަމަށް ބުނެފައި އެވަނީ ކުށްވެރިއަކު ހައްގު އަދަބުން މިންޖު ކުރުމަށް އެހީވެދިނުމަށެވެ.
ހައްގުނޫން ދައްވާ ކުރުން
"ހައްގުނޫން ދައްވާ ކުރުން" ކަމަށް ބުނެފައި އެވަނީ ގަސްދުގައި މީހަކަށް އުނދަގުލެއް ދެރައެއް ނުވަތަ ގެއްލުމެއް ދިނުމަށްޓަކައި އަނެކަކާމެދު ހައްގަކާ ނުލައި ދައްވާއެއް ކުރުމެވެ.
ދޮގުހެކިދިނުން
"ދޮގުހެކިދިނުން" ކަމަށް ބުނެފައި އެވަނީ ށަރީއަތުން ނުވަތަ ގާނޫނުން ލާޒިމުކުރާ، ނުވަތަ ށަރީއަތުން ނުވަތަ ގާނޫނުން ބާރު ލިބިފައިވާ ފަރާތަކުން ހިންގާ ކަމެއްގައި، ނުވަތަ ތަހްގީގެއްގައި، ނުވަތަ އެއިން ކަމަކާމެދު ހަގީގަތަކަށް ނުވާ އެއްވެސް މައްލޫމާތެއް ދިނުން ނުވަތަ ތެދަކަށް ވާނޭ ނުވަތަ ވެދާނޭ ކަމަށް ހީކޮށްގެން އެ މައްލޫމާތެއް ދިނުން ނުވަތަ އެމައްލޫމާތަކީ ތެދެއްކަން ނުވަތަ ދޮގެއްކަން ނުއެނގި ނުވަތަ ޔަގީން ނުކޮށް، ދިނުމުންނެވެ.
ހާނިއްކަ
"ހާނިއްކަ" ގެ މާނައަކީ "ނުރައްކާތެރި އަނިޔާ" ފިޔަވައި ޖިސްމާނީ ގޮތުން މީހަކަށް ނުވަތަ އޭނާގެ މިލްކަކަށް ގާނޫނާ ހިލާފު ގޮތަކުން ލިބޭ ގެއްލުމެވެ.
އެދިޔާރު (ފެނާއި ނަރުދަމާ އާއި ބެހޭ)
"އެދިޔާރު" ކަމަށް ބުނެފައި އެވަނީ، ފެނުގެ ހިދުމަތް ދިނުމުގެ މަށްރޫއުގެ ނުވަތަ ނަރުދަމާގެ ހިދުމަތް ދިނުމުގެ މަށްރޫއުގެ އަމަލީ މަސައްކަތް ތަންފީޒުކުރާ ސަރުކާރުގެ ވުޒާރާއަށެވެ.
ކަނެކްށަން (ފެނާއި ނަރުދަމާ އާއި ބެހޭ)
"ކަނެކްށަން" ކަމުގައި ބުނެފައި އެވަނީ، މަށްރޫއުގެ ދަށުން ގޭތެރޭގައި ބަހައްޓާ ފެން މީޓަރާއި ނަރުދަމާގެ ކެޗްޕިޓަށެވެ.