ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ފެނުގެ ވަސީލަތްތައް
"ފެނުގެ ވަސީލަތްތައް" ކަމަށް ބުނެފައި އެވަނީ، ގުދުރަތީ ގޮތުން ދިވެހިރާއްޖޭގައި ހުރި ފެނުގެ ބާވަތްތަކަށެވެ.
ނަރުދަމާގެ ނިޒާމު
"ނަރުދަމާގެ ނިޒާމު" ކަމަށް ބުނެފައި އެވަނީ، ގޭގޭގެ ފާހާނާތަކުން ބޭރުވާ ނަރުދަމާގެ ހޮޅިން ފެށިގެން، ނަޖިހާއި ނަޖިސްފެން އެއްކޮށް އެއްތަނަކަށް ގެންދިޔުމަށްޓަކައި ގާއިމުކުރެވިފައިވާ ނަރުދަމާގެ ވިއުގަޔާއި، އެ ވިއުގައިގައި ހިމެނޭ އެންމެހައި ބައިތަކެއް ހިމެނޭ ގޮތުންނެވެ.
މީރުފެން އުފައްދާ ޕްލާންޓް
"މީރުފެން އުފައްދާ ޕްލާންޓް" ކަމަށް ބުނެފައި އެވަނީ، ލޮނުފެން ނުވަތަ ފެނުގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން ފެން އުފައްދާ ނުވަތަ ސާފުކޮށްދޭ ނިޒާމަށެވެ. މީރުފެން އުފައްދާ ނިޒާމުކަމަށް ބަލާނީ އެ ނިޒާމަށް ފެން ނަގާ ހިސާބުން ފެށިގެން ސާފު ފެން އުފެއްދުމާ ހަމައަށް އެކުލެވޭ އެންމެހައި ތަކެއްޗާއި ބައިތައް ހިމެނޭގޮތުންނެވެ.
އިސް މެނޭޖްމަންޓް (ދައުލަތުގެ މީޑިޔާއާޢި ގުޅޭ)
"އިސް މެނޭޖްމަންޓް" ކަމަށް ބުނެފައި އެވަނީ، ގަވަރނިންގ ބޯޑުގެ މެންބަރުންގެ ތެރެއިން، ޕަބްލިކް ސަރވިސް މީޑިއާގެ ކަންކަން ދުވަހުން ދުވަހަށް ހިންގުމުގެ ބާރާއި އިހްތިޔާރު ހަވާލުކުރެވޭ މެނޭޖިންގ ޑިރެކްޓަރާއި ދެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންނަށެވެ.
ޕްރިންޓް މީޑިއާ
"ޕްރިންޓް މީޑިއާ" ކަމަށް ބުނެފައި އެވަނީ، ކަރުދާހުގައި ޗާޕުކުރެވިގެން ފޮތްފޮތާއި، ނޫސް މަޖައްލާ، ޖަރނަލް ފަދަ އުފެއްދުންތަކުގެ ގޮތުގައި ހަބަރާއި މައުލޫމާތު ފެތުރުމާއި، މުނިފޫހިފިލުވުމުގެ ހިދުމަތް ފޯރުކޮށްދޭ ވަސީލަތްތަކަށެވެ.
ސްޕޮންސަރކުރުން
"ސްޕޮންސަރކުރުން" ކަމަށް ބުނެފައި އެވަނީ، މީޑިއާގެ އެއްވެސް ބާވަތެއްގެ ހިދުމަތެއް ދިނުމުގައި ނޫޅޭ ފަރުދަކު ނުވަތަ ކުންފުންޏަކުން، ސީދާގޮތުން ނުވަތަ ނުސީދާގޮތުން، ޕަބްލިކް ސަރވިސް މީޑިއާގެ އުފެއްދުމަކަށް މާލީ އެހީ ފޯރުކޮށްދިނުމަށެވެ. އަދި އެފަރާތުގެ ނަން ނުވަތަ ބްރޭންޑް ނުވަތަ ޓްރޭޑްމާކް ނުވަތަ ށަހްސިއްޔަތު ކުރިއަށް ނެރެ އިށްތިހާރުކޮށް މީހުންގެ ށައުގުވެރިކަން އެއާމެދު އުފެއްދުމުގެ މަގްސަދުގައި ދޭ މާލީ އެހީތެރިކަމަށެވެ.

އިށްތިހާރުކުރުން (މީޑިޔާއާއި ގުޅޭ)
"އިށްތިހާރުކުރުން" ކަމަށް ބުނެފައި އެވަނީ، މުދަލެއް ނުވަތަ ހިދުމަތެއް ވިއްކުމަށްޓަކައި ނުވަތަ ކުއްޔަށް ދޫކުރުމަށްޓަކައި، ނުވަތަ އެ މުދަލަކާމެދު ނުވަތަ އެ ހިދުމަތަކާމެދު ށައުގުވެރިކަން އިތުރުކުރުމަށްޓަކައި، އާންމުކޮށް ކުރެވޭ އިއުލާނަށެވެ. އިށްތިހާރުކުރާ ފަރާތުން ބޭނުންވާ ބަދަލެއް، މުދަލަކާ ގުޅިގެން ނުވަތަ ހިދުމަތަކާ ގުޅިގެން މުޖްތަމައުގެ ވިސްނުމަށް ގެނައުމަށްޓަކައި، އާންމުކުރާ ފިކުރު ނުވަތަ ކުރިއަށް ނެރޭ ވިސްނުމަށެވެ. އަދި އެކަން ކުރުމަށްޓަކައި ޕަބްލިކް ސަރވިސް މީޑިއާގެ އުފެއްދުމެއްގެ ތެރެއިން ވަގުތެއް ނުވަތަ ޖާގައެއް އޭގެ މުގާބިލުގައި އަގުދޭގޮތަށް ނުވަތަ އެއްޗެއް ލިބިދޭގޮތަށް ހޯދައިގެން ކުރާ އިއުލާނަށެވެ. އަދި ވަކި ފިކުރެއް ކުރިއެރުވުމަށްޓަކައި ނުވަތަ ވަކި ކަމެއްގެ ވިސްނުން ކުރިއެރުވުމަށްޓަކައި ކުރާ އިއުލާނާއި ހުށަހަޅާ ހުށަހެޅުންވެސް އިށްތިހާރުކުރުމުގެ މާނައިގައި ހިމެނެއެވެ.
ޕަބްލިކް ސަރވިސް މީޑިއާ
"ޕަބްލިކް ސަރވިސް މީޑިއާ" ކަމަށް ބުނެފައި އެވަނީ، ޕަބްލިކް ސަރވިސް މީޑިއާގެ ގާނޫނު (ގާނޫނު ނަންބަރު 9/2015) އާ އެއްގޮތްވާ ގޮތުގެމަތިން، ޕަބްލިކް ސަރވިސް މީޑިއާގެ ހިދުމަތް ދިނުމަށްޓަކައި ހިންގާ ކުންފުންޏަށެވެ.
ޖަލަށް ވެއްދުން މަނާ އެއްޗެހި
"ޖަލަށް ވެއްދުން މަނާ އެއްޗެހި" ކަމަށް ބުނެފައި އެވަނީ، ގަވާއިދު ނަންބަރު 3/2015 (ގައިދީންނާއި ކުށުގެ ތުހުމަތުގައި ހައްޔަރުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބައިތިއްބަންޖެހޭ މީހުންގެ ހަށިގަނޑާއި އެ މީހުންގެ ތަކެތި ބަލައި ފާސްކުރުމާބެހޭ ގަވާއިދު) ގެ 16 ވަނަ މާއްދާގައި ޖަލަށް ވެއްދުން މަނާ އެއްޗެއް ކަމުގައި ބަޔާންކޮށްފައިވާ ކޮންމެ އެއްޗަކަށެވެ.
ޖަލު އޮފިސަރުން
"ޖަލު އޮފިސަރުން" ކަމަށް ބުނެފައި އެވަނީ، ރިމާންޑް ޖަލެއްގައި ނުވަތަ އާންމު ޖަލެއްގައި، ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) ގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، މޯލްޑިވްސް ކަރެކްށަނަލް ސަރވިސްގެ އޮފިސަރުންގެ ތެރެއިން އެ ޖަލެއްގައި މަސައްކަތްކުރަން އައްޔަނު ކޮށްފައިވާ މުވައްޒަފަކަށެވެ.
ބަންދުކޮށްފައިވާ މީހުން
"ބަންދުކޮށްފައިވާ މީހުން" ކަމަށް ބުނެފައި އެވަނީ، ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުންނާއި، ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައި ބައިތިއްބަންޖެހޭ މީހުންނަށެވެ.
ގައިދީ
"ގައިދީ" ނުވަތަ "ގައިދީން" ކަމަށް ބުނެފައި އެވަނީ، ޖަލުގައި ތިބޭ މީހުންގެ ތެރެއިން ހުކުމެއް ތަންފީޒު ކުރަމުންދާ މީހުންނަށެވެ.
"ފައިސާ" ނުވަތަ "ދައުލަތުގެ ފައިސާ"
"ފައިސާ" ނުވަތަ "ދައުލަތުގެ ފައިސާ" ކަމަށް ބުނެފައި އެވަނީ، ރާއްޖޭގައި ނުވަތަ ރާއްޖޭން ބޭރުގައި އެއްވެސް ފަރާތަކުން ދައުލަތަށްޓަކައި ނުވަތަ ދައުލަތުގެ ނަމުގައި ޓެކްސް، ޗާޖު، ފީ، ޑިއުޓީ، ޖޫރިމަނާ، ނުވަތަ އާމްދަނީގެ ގޮތުގައި ބަލައިގެންފައިވާ ނުވަތަ ބެހެއްޓިފައިވާ ހުރިހާ ފައިސާއަށާއި، ފައިސާގެ ގޮތުގައި ބަދަލުކުރެވޭ ލިޔުމަށާއި، ސެކިޔުރިޓީޒްއަށާއި، އެހެން ފަރާތަކަށްޓަކައި ނުވަތަ އެހެން ފަރާތެއްގެ ނަމުގައި ދައުލަތުގައި ބެހެއްޓިފައިވާ ފައިސާއަށާއި، ލޯނުގެ ފައިސާއަށާއި، ވަކި ފަރާތަކުން ދީފައިވާ ފައިސާއަށާއި، ހަދިޔާއަށާއި، ލިބޭ ނުވަތަ ލިބެންވާ އިންޓަރެސްޓުގެ ފައިސާއަށެވެ.
އެކަށީގެންނުވާ ނުފޫޒު (އިންތިހާބާއި ގުޅޭ)
"އެކަށީގެންނުވާ ނުފޫޒު" ކަމަށް ބުނެފައި އެވަނީ އަނެކެއްގެ އިންތިހާބީ ހައްގަކާ ގާނޫނީގޮތުން ނޭދެވޭ ގޮތަކަށް ބެހި ނުވަތަ އެފަދަ ހައްގަކާމެދު ގަދަރާއި އިހްތިރާމް ކުޑަކުރުމުގެ ސަބަބުން އަނެކަކަށް އެހައްގު މިނިވަން ގޮތުގައި އިހްތިޔާރު ކުރުމަށް ހުރަސް އަޅުން، ނުވަތަ އިންތިހާބީ ހައްގުގެ ވެރިއަކަށް އެއްވެސް ބާވަތެއްގެ އަނިޔާއެއް ކޮށްފާނެ ކަމުގެ ބިރުދެއްކުން ނުވަތަ އެމީހަކު މަސްލަހަތު ރައްކާތެރިކުރަން ޖެހިފައިވާ ފަރާތަކަށް އެފަދަ އަނިޔާއެއް ކޮށްފާނެ ކަމުގެ ބިރު ދެއްކުން ނުވަތަ އިންތިހާބީ ހައްގުގެ ވެރިޔެއް ނުވަތަ އެމީހަކު މަސްލަހަތު ބަލަހަށްޓަންޖެހޭ މީހެއް ބިރުގެންނެވުން ނުވަތަ ބިރުގަންނަވަން މަސައްކަތް ކުރުން ނުވަތަ އެއްވެސް އިންތިހާބެއްގައި ތިމާގެ ނަންނޫން އެހެން ނަމެއްގައި، ވޯޓް ދިނުމާއި ތިމާގެ ނަމުގައިވިޔަސް އެއްފަހަރަށްވުރެ ގިނަފަހަރު ވޯޓް ދިނުމާއި މިއިން ކަމެއް ކުރުން.