ގާނޫނީ ރަދީފު
އެއްމެ ފަހުގެ
އިންޑެކްސްކުރުން
"އިންޑެކްސްކުރުން" ކަމަށް ބުނެފައި އެވަނީ، ތަކެތީގެ އަގާއި ޚިދުމަތުގެ އަގަށް އަންނަ ބަދަލު މުސާރައަށްވެސް ގެންނަމުންދިއުމަށެވެ.
އިންފްލޭޝަން
"އިންފްލޭޝަން" ކަމަށް ބުނެފައި އެވަނީ، ދިވެހި އިޤްތިޞާދުގައި ތަކެތީގެ އަގަށާއި ޚިދުމަތުގެ އަގަށް އަހަރުން އަހަރަށް އަންނަ މަތިވުމަށެވެ.

އިންވެސްޓަރ
"އިންވެސްޓަރ" ކަމަށް ބުނެފައިއެވަނީ، ވަކިވަކި ފަރުދުންނާއި ކުންފުނިތަކާއި، ގާއިމުކުރެވިފައިވާ ފަންޑުތަކާއި، މިއުޗުއަލް ފަންޑުތަކާއި، މާލީ އިދާރާތަކާއި، ދިވެހި ނުވަތަ ބިދޭސީ އެހެންވެސް ކުންފުނިތަކުގެ ތެރެއިން މި ގާނޫނުގެ ދަށުން ކޯޕަރަޓައިޒްކުރެވޭ ނުވަތަ ޕްރައިވަޓައިޒްކުރެވޭ ވިޔަފާރި ކުންފުންޏެއްގައި އިންވެސްޓްކުރުމަށް ބޭނުންވާ ފަރާތެވެ. އެހެންނަމަވެސް، މި މާނަކުރުމުގައި ހިމެނޭ އެއްވެސް ތަނެއްގެ މާނައިގައި ސަރުކާރެއް، ނުވަތަ ކައުންސިލެއް، ނުވަތަ ދައުލަތުގެ ވިޔަފާރިތަނެއް ނުހިމެނެއެވެ.
މާކެޓު ވެލިއު
"މާކެޓު ވެލިއު" ކަމަށް ބުނެފައިއެވަނީ، ދައުލަތުގެ ވިޔަފާރި ތަނެއް ވިއްކާލުމަށް އެއްބަސްވެވޭ ވަގުތު، އެތަނެއް ވިއްކާލެވިދާނެކަމަށް މާކެޓުގައި ބެލެވޭ އަގަށެވެ.
ގާއިމުކުރެވިފައިވާ ފަންޑު
"ގާއިމުކުރެވިފައިވާ ފަންޑު" ކަމަށް ބުނެފައިއެވަނީ، ޕެންށަން ފަންޑަކަށް، ނުވަތަ ސޯށަލް ސެކިއުރިޓީ ފަންޑަކަށް، ނުވަތަ ކޮމްޕެންޒޭށަން ފަންޑަކަށް، ނުވަތަ އުމުރު ހަމަވުމުގެ ސަބަބުން ސިވިލް ސަރވިސްގެ ހިދުމަތުން ވަކިކުރާ މީހުންގެ ފަންޑަށެވެ.
އާއިލީ މެންބަރަކު
"އާއިލީ މެންބަރަކު" ކަމަށް ބުނެފައިއެވަނީ، މީހަކާ ގުޅިގެންކަމުގައިވާނަމަ އެމީހެއްގެ އަނބިމީހާ، ނުވަތަ ފިރިމީހާ، ނުވަތަ ދަރިފުޅު، ނުވަތަ ބައްޕަ، ނުވަތަ މަންމަ، ނުވަތަ އެއްބަނޑުއެއްބަފާ ބޭބެ، ނުވަތަ އެއްބަނޑުއެއްބަފާ ދައްތަ، ނުވަތަ އެއްބަނޑުއެއްބަފާ ކޮއްކޮ، ނުވަތަ އޭނާގެ ކާފަ ދަރިން، ނުވަތަ މާމަދަރިން ނުވަތަ އޭނާގެ މާމަ، ނުވަތަ ކާފައަށެވެ.
މާލީ އިދާރާ
"މާލީ އިދާރާ" ކަމަށް ބުނެފައިއެވަނީ، މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ދަށުން ލައިސަންސްދޭ އިންސްޓިޓިއުށަންތަކާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނުގައި މާލީ އިދާރާއަށް ދެވިފައިވާ މާނަކުރުމަށެވެ.
ކެޕިޓަލް އިންވެސްޓްމަންޓް
"ކެޕިޓަލް އިންވެސްޓްމަންޓް" ކަމަށް ބުނެފައިއެވަނީ، ވިޔަފާރި ކުންފުންޏެއްގެ ވިޔަފާރި ރަނގަޅު ފެންވަރުގައި ކުރިއަށް ގެންދިޔުމަށްޓަކައި، ނުވަތަ ވިޔަފާރީގެ ފެންވަރު މަތިކުރުމަށްޓަކައި، އެ ކުންފުންޏަކަށް ހޯދައި ނުވަތަ ބިނާކުރާ ކުންފުނީގެ ހަރު މުދަލަށެވެ. ނުވަތަ ކެޕިޓަލް އެސެޓް ހޯދުމަށް ކުރާ ހަރަދަށެވެ.
ކޮންސަލްޓަންޓް
"ކޮންސަލްޓަންޓް" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން ހިންގާ ޕްރައިވަޓައިޒްކުރުމުގެ ޕްރޮގްރާމާގުޅިގެން ކުރަންޖެހޭ ވަކި ހާއްސަ މަސައްކަތެއް ކުރުމަށްޓަކައި ބޯޑުގެ ފަރާތުން އައްޔަންކުރާ ކޮންސަލްޓަންޓަކަށެވެ. އަދި އޭގެތެރޭގައި، ބޭންކުތަކާއި، އެކައުންޓަންޓުންނާއި، ގާނޫނީ ވަކީލުންނާއި ވިޔަފާރި އަގުކުރާ ވެލިއުއަރޒް ހިމެނެއެވެ.

ފިސްކަލް ކަންކަން
"ފިސްކަލް ކަންކަން" ކަމަށް ބުނެފައިއެވަނީ، ދައުލަތުގެ ބަޖެޓުގެ ސިޔާސަތާގުޅޭ ކަންކަމަށެވެ.
އިންޓަރނޭށަނަލް ރިޕޯޓިންގ މިންގަނޑު
"އިންޓަރނޭށަނަލް ރިޕޯޓިންގ މިންގަނޑު" ކަމަށް ބުނެފައިއެވަނީ، އިންޓަރނޭށަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިންގ ސްޓޭންޑަރޑްސް (އިޕްސަސް) އަށެވެ.
ޖުމްލަ ދަރަނި
"ޖުމްލަ ދަރަނި" ކަމަށް ބުނެފައިއެވަނީ، ދައުލަތުގެ ނަމުގައި ރާއްޖެއިން ބޭރުން ނަގާފައިވާ ދަރަންޏާއި ރާއްޖޭގެ އެކި ފަރާތްތަކުން ދައުލަތުން ނަގާފައިވާ ދަރަނީގެ ޖުމްލައަށެވެ.