ގާނޫނީ ރަދީފު
އެއްމެ ފަހުގެ
މީހަކު
"މީހަކު" ކަމަށް ބުނެފައި އެވަނީ، ގާނޫނީ ށަހްސު ލިބިފައިވާ ކޮންމެ ފަރާތަކަށެވެ. މީގެތެރޭގައި ވަކިފަރުދުންނާއި ކުންފުނިތަކާއި އަދި އެހެން ގާނޫނެއްގައި ށަހްސެއްކަމަށް ބަޔާންކުރެވިފައިވާ ތަންތަން ހިމެނެއެވެ
އާންމު ތަންތަން
"އާންމު ތަންތަން" ކަމަށް ބުނެފައި އެވަނީ، އެތަނެއްގައި މީހުން ހިނގައިބިނގައިވާ ނުވަތަ އެއްވެސް ހުރަހެއްނެތި އެތަނަކަށް މީހުން އައިސް ގޮސްވާ ތަންތަނާއި، އާންމުން މަޑުކޮށްލައިގެން ނުވަތަ އެހެންވެސް ބޭނުންތަކުގައި އެއްވެ އުޅެވޭގޮތަށް ހުންނަ ތަންތަނާއި، އެފަދަ ގޮތަކަށް ބޭނުންކުރެވޭ އުޅަނދުފަހަރުފަދަ ތަކެއްޗަށާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އާންމު ތަންތަނަށެވެ.
އިށްތިހާރު
"އިށްތިހާރު" ކަމަށް ބުނެފައި އެވަނީ، ސީދާގޮތުންނާއި، ނުސީދާގޮތުން ދުންފަތުގެ ބާވަތްތަކާއި، އޭގެ ބްރޭންޑުތަކާއި، އުފައްދާ ފަރާތްތަކާއި، ވިއްކާ ފަރާތްތަކާބެހޭ މައުލޫމާތު ވިޔަފާރީގެ އުސޫލުން ތަފާތު ވަސީލަތްތައް މެދުވެރިކޮށް އާންމުކުރުމާއި، ދުންފަތުގެ ބާވަތްތަކާއި، ބްރޭންޑުތައް ވިއްކުމަށްޓަކައި ނުވަތަ ވިއްކޭ އަދަދު އިތުރުކުރުމުގެ ގޮތުން ހިންގާ ޕްރޮމޯށަން ހަރަކާތްތަކަށެވެ. ދުންފަތުގެ އިށްތިހާރުކަމަށް ބެލެވޭނީ ދުންފަތުގެ ބާވަތާއި، ބްރޭންޑާއި، އުފައްދާ ފަރާތްތަކާއި، ވިއްކާ ފަރާތުގެ ނުވަތަ އެފަދަ ފަރާތްތަކުން ބޭނުންކުރާ ނުވަތަ އެފަރާތްތަކަށް އިށާރާތްކުރެވޭ ބަސްތަކާއި، ނަންތަކާއި، އިބާރާތްތަކާއި، ށިއާރުތަކާއި، އަކުރުތަކާއި، ނަންބަރުތަކާއި، ތަސްވީރުތަކާއި، ކުރެހުންތަކާއި، ޑިޒައިންތަކާއި، ލޯގޯތަކާއި، ކުލަތަކާއި އަދި އެހެނިހެން އެފަދަ ބާވަތްތަކުގެ އިތުރުން އަޑާއި، ލަވަޔާއި، ރާގާއި މިޔުޒިކެވެ.
އާންމު ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ އުޅަނދުފަހަރާއި ތަންތަން
"އާންމު ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ އުޅަނދުފަހަރާއި ތަންތަން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ހާލަތްތަކުގައި، ވިޔަފާރި އުސޫލުން ނުވަތަ ފީއެއް ނުވަތަ އަގެއް ނަގައިގެން އެއްތަނުން އަނެއްތަނަށް މީހުން އުފުލާ އުޅަނދުފަހަރާއި، މިގޮތަށް މީހުން އުފުލުމުގެ ނުވަތަ ދަތުރުފަތުރު ކުރުމުގެ އެކި މަރުހަލާގައި ބޭނުންކުރަންޖެހޭ ތަންތަނާއި، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މިފަދަ އެހެން އުޅަނދުފަހަރާއި ތަންތަނަށެވެ. ފީއެއް ނުވަތަ އަގެއް ނުނެގިނަމަވެސް، ވަކި މުނާސަބަތަކާ ނުވަތަ ހާދިސާއަކާއި ނުވަތަ މިނޫންވެސް އިޖްތިމާއީ ހަރަކާތަކާއި ނުވަތަ ޒިންމާއަކާއި ގުޅިގެން އާންމުންގެ ތެރެއިން މީހަކު ނުވަތަ ބަޔަކު އެއްތަނުން އަނެއްތަނަށް އުފުލުންވެސް މި މާނައިގެ ތެރޭގައި ހިމެނެއެވެ. ހަމައެކަނި ތަކެތި އުފުލާ އުޅަނދުފަހަރާއި މަސްވެރިކަމުގައި އުޅޭ އުޅަނދުފަހަރު، އެފަދަ އުޅަނދުފަހަރުން ވިޔަފާރި އުސޫލުން ނުވަތަ އަގެއްނަގައިގެން މީހަކު ނުވަތަ މީހުން އުފުލާ ހާލަތްތަކުގައި ނޫނީ މި މާނައިން އިސްތިސްނާވާނެއެވެ.
ދުންފަތް އުފެއްދުން
"ދުންފަތް އުފެއްދުން" ކަމަށް ބުނެފައި އެވަނީ، ވައި، އަވި އަދި އަލިފާނުގެ ހޫނުން ދުންފަތް ހިއްކުން ނުވަތަ މިނޫންވެސް ގޮތަކަށް ދުންފަތް އުފެއްދުމުގައި ބޭނުންކުރުމަށްޓަކައި ދުންފަތުގެ ތާޒާ ފަތް އެކި ގޮތްގޮތަށް ތައްޔާރުކުރުމަށެވެ. ހިއްކާފައިހުރި ފަތް ބޭނުންކޮށްގެން، މި ގާނޫނުގައި ބަޔާންކޮށްފައިވާ މިންގަނޑުތަކަށް ފެތޭގޮތަށް ތައްޔާރުކޮށް ބަންދުކުރެވިފައިވާ ބިޑި، ސުއްޓާ އަދި ދުންބޯފަތް ތައްޔާރުކުރުން މީގެ ތެރޭގައި ނުހިމެނެއެވެ.
ޕްރޮމޯޓުކުރުމާއި ޕްރޮމޯށަންގެ ހަރަކާތްތައް
"ޕްރޮމޯޓުކުރުމާއި ޕްރޮމޯށަންގެ ހަރަކާތްތައް" ކަމަށް ބުނެފައި އެވަނީ، އިށްތިހާރުކުރުންވެސް ހިމެނޭގޮތުން، އެހެންނަމަވެސް އެއަށްވުރެ ފުޅާ މާނައެއްގައި ދުންފަތުގެ ބާވަތްތަކުގެ ވިއްކުންތައް އިތުރުކުރުމުގެ މަގްސަދުގައި ދުންފަތާބެހޭ ބާވަތްތައް ބެހުމާއި، ހަދިޔާގެ ގޮތުގައި ދިނުމާއި ވިޔަފާރި ކުރިއެރުވުމަށްޓަކައި ހިންގާ ހަރަކާތްތަކަށެވެ.
ސަރުކާރުގެ އިދާރާތައް
"ސަރުކާރުގެ އިދާރާތައް" ކަމަށް ބުނެފައި އެވަނީ، މިނިސްޓްރީތަކާއި، އެތަންތަނުގެ ޑިޕާޓްމަންޓުތަކާއި ޑިވިޒަންތަކާއި، ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި، ސަރުކާރުގެ ބާރުގެ ދަށުން ހިނގާ ކޯޕަރޭށަންތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ސަރުކާރުގެ ރަސްމީ ޒިންމާތައް އަދާކުރާ އެންމެހައި ތަންތަނަށެވެ.
ދުންފަތް ސްޕޮންސަރުކުރުން
"ދުންފަތް ސްޕޮންސަރުކުރުން" ކަމަށް ބުނެފައި އެވަނީ، ސީދާގޮތުންނާއި ނުސީދާގޮތުން ދުންފަތުގެ އެއްވެސް ބާވަތެއް އުފައްދާ ފަރާތަކާއި ނުވަތަ ވިއްކާ ފަރާތަކާ ބައިވެރިވުމެއް ނުވަތަ ގުޅުމެއް ތިރީގައި ބުނެވިފައިވާ ކަމަކާގުޅޭ ގޮތުން އޮތްކަން ދޭހަކޮށްދިނުމާއި، ދުންފަތާ ގުޅުންހުރި އެފަދަ ފަރާތެއް ރަމްޒުކޮށްދޭ އެއްޗެއް އެއްވެސް ސިފައެއްގައި އެއިން ހަރަކާތެއްގައި ނުވަތަ އެއްޗެއްގައި ނުވަތަ ތަނެއްގައި ބޭނުންކުރުމަށެވެ (1) މުނިފޫހިފިލުމުގެ ހަރަކާތްތަކާއި، ކުޅިވަރު މުބާރާތްތަކާއި، އިލްމީ އަދި އަދަބީ ހަރަކާތްތަކާއި، ސަގާފީ އަދި ފެށަނާގުޅޭ ކަންކަމާއި އަދި އެފަދަ އެނޫންވެސް ބާވަތްތަކުގެ މަސައްކަތްތަކާއި، ހަރަކާތްތަކާއި އަދި ށޯތަކާއި، ފިލްމުތަކާއި، ވީޑިއޯތައް؛ (2) އިސްވެ ބުނެވުނުކަމެއްގައި ބައިވެރިވާ ބަޔަކު ނުވަތަ މީހަކު، އެއިން މީހަކު ބޭނުންކުރާ ހެދުމަކާއި، ޔުނީފޯމަކާއި އަދި ގެންގުޅޭ ސާމާނުތައް؛ (3) އާންމު ތަންތަނުގައި ނުވަތަ މީހުން އެއްވެއުޅޭ ތަންތަނުގައި ބޭއްވޭ ހަރަކާތްތައް؛ (4)ދުންފަތުގެ ބާވަތްތައް އުފައްދާ ތަންތަން ފިޔަވައި، އެހެން އިމާރާތްތަކާއި، އުނގަންނައިދޭ ތަންތަނާއި، ހާމަކޮށް އޮންނަ ބިންބިމާ އަދި އާންމު ތަންތަން.
"ދީނުގެ ހުކުމްތައް ބަޔާންކޮށްދިނުން" ނުވަތަ "ދީނީ ތަގްރީރުކުރުން"
"ދީނުގެ ހުކުމްތައް ބަޔާންކޮށްދިނުން" ނުވަތަ "ދީނީ ތަގްރީރުކުރުން" ކަމަށްބުނެފައިއެވަނީ، ވައްޒު ބުނުމަށާއި، އެކިއެކި ކަންތައްތައް ދީނުގައި އޮންނަ ގޮތް ބަޔާން ކޮށްދިނުމަށްޓަކައި ހަބަރުފަތުރާ ވަސީލަތްތަކުގެ ޒަރީއާއިން، ނުވަތަ އެނޫންވެސްގޮތަކުން އާންމުކޮށް ވާހަކަ ދެއްކުމަށާއި، ނޫސްމަޖައްލާފަދަ ތަކެތީގައި ލިޔެގެން،ނުވަތަ ފޮތާއި އެނޫންވެސް ތަކެތި ލިޔެ ށާއިއުކޮށްގެން އެކިއެކި ކަންތައްތައް ދީނުގައި އޮންނަގޮތް ބަޔާން ކޮށްދިނުމަށެވެ.
"ދީނީ ތަގްރީރުކުރުން" ނުވަތަ "ދީނުގެ ހުކުމްތައް ބަޔާންކޮށްދިނުން"
"ދީނީ ތަގްރީރުކުރުން" ނުވަތަ "ދީނުގެ ހުކުމްތައް ބަޔާންކޮށްދިނުން" ކަމަށްބުނެފައިއެވަނީ، ވައްޒު ބުނުމަށާއި، އެކިއެކި ކަންތައްތައް ދީނުގައި އޮންނަ ގޮތް ބަޔާން ކޮށްދިނުމަށްޓަކައި ހަބަރުފަތުރާ ވަސީލަތްތަކުގެ ޒަރީއާއިން، ނުވަތަ އެނޫންވެސްގޮތަކުން އާންމުކޮށް ވާހަކަ ދެއްކުމަށާއި، ނޫސްމަޖައްލާފަދަ ތަކެތީގައި ލިޔެގެން،ނުވަތަ ފޮތާއި އެނޫންވެސް ތަކެތި ލިޔެ ށާއިއުކޮށްގެން އެކިއެކި ކަންތައްތައް ދީނުގައި އޮންނަގޮތް ބަޔާން ކޮށްދިނުމަށެވެ.
މަޖިލިސް
"މަޖިލިސް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ދީނީ ގޮތުން ހިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި، ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި، ފިގްހީ އައު މައްސަލަތަކުގެ ދިރާސާތައްކޮށް، އެކަންކަމާ ގުޅޭ ދީނީ ލަފާ ފޯރުކޮށްދިނުމަށްޓަކައި، އުފައްދަފައިވާ "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" އަށެވެ.
މުސާރަ
"މުސާރަ" ކަމަށް ބުނެފައި އެވަނީ، އިނާޔަތް ނުހިމެނޭގޮތުން، ވަޒީފާ އަދާކުރާ ފަރާތަށް ދެވޭ، ދުރާލާ ކަނޑައެޅިފައިއޮތް، އަދި، ކަނޑައެޅިފައިވާ ވަކި އުސޫލަކުން ދެވޭ، ވަޒީފާގެ ނުވަތަ މަސައްކަތުގެ އުޖޫރައަށެވެ.
ދައުލަތުގެ މުވައްޒަފުން
"ދައުލަތުގެ މުވައްޒަފުން" ކަމަށް ބުނެފައި އެވަނީ، އިންތިޚާބުކޮށްފައިވާ މަޤާމެއްގައި ހުރިނަމަވެސް، ޢައްޔަންކޮށްފައިވާ މަޤާމެއްގައި ހުރިނަމަވެސް، ދާއިމީ މަޤާމެއްގައި ހުރިނަމަވެސް، ވަގުތީ މަޤާމެއްގައި ހުރިނަމަވެސް، ދައުރު ކަނޑައެޅިފައިވާ މަޤާމެއްގައި ހުރިނަމަވެސް، ކޮންޓްރެކްޓެއްގެ ދަށުން ހަވާލުކުރެވިފައިވާ މަޤާމެއްގައި ހުރިނަމަވެސް، ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރުމާ ހަވާލުވެގެންވާ އަދި ދައުލަތުން މުސާރައާއި އިނާޔަތް ލިބިދެވޭ މުވައްޒަފުންނަށެވެ. މި މާނަކުރުމުގައި، ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މީހުންނާއި، އުއްތަމަފަނޑިޔާރާއި، ފަނޑިޔާރުންނާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އެ މަޖިލީހުގެ ނައިބު ރައީސާއި، އެ މަޖިލީހުގެ މެންބަރުންނާއި، އެ މަޖިލީހުގެ ޚިދުމަތުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ދިވެހި ޤައުމީ ދިފާޢީ ބާރުގެ އެންމެހައި ސިފައިންނާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި ފުލުހުންނާއި، ދިވެހި ސިވިލް ސަރވިސްގެ އެންމެހައި މުވައްޒަފުންނާއި، ޤާނޫނުއަސާސީން ނުވަތަ ޤާނޫނުން އުފައްދާފައިވާ އިދާރާތަކާއި މުއައްސަސާތަކާއި އޮފީސްތަކުގައި މަސައްކަތްކުރާ އެންމެހައި މީހުންނާއި، ދިވެހި ސަރުކާރު ނުވަތަ ދިވެހި ދައުލަތުގެ ރަސްމީ މަސްއޫލިއްޔަތުތަކުގެ ތެރެއިން މަސްއޫލިއްޔަތެއް ހަވާލުވެގެންވާ ފަރާތްތަކާއި އަދި މުވައްޒަފުން ހިމެނޭގޮތުންނެވެ.
އިންފްލޭޝަން
"އިންފްލޭޝަން" ކަމަށް ބުނެފައި އެވަނީ، ދިވެހި އިޤްތިޞާދުގައި ތަކެތީގެ އަގަށާއި ޚިދުމަތުގެ އަގަށް އަހަރުން އަހަރަށް އަންނަ މަތިވުމަށެވެ.
އިނާޔަތް
"އިނާޔަތް" ކަމަށް ބުނެފައި އެވަނީ، އަދާކުރާ ވަޒީފާއާ ގުޅޭގޮތުން ދެވޭ މުސާރައިގެ އިތުރަށް، ދެވޭ މަންފާއެއްގެ ގޮތުގައި، ސީދާ ގޮތުގައި ނުވަތަ ނުސީދާ ގޮތުގައި، ދެވޭ ފައިސާއަށާއި ވަޒީފާއިން ވަކިވުމުން ދޭން ކަނޑައަޅާ ޢިނާޔަތަށެވެ. ނުވަތަ ފައިސާގެ އަގުން އަގުކުރެވޭގޮތަށް ދެވޭ ފަސޭހަތަކަށެވެ.