-

ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓް

"ސްޓްރެޓީޖިކް ޕޮލިސިންގ ރިކުއަޔަރމަންޓް" ކަމަށް ބުނެފައިއެވަނީ، ގައުމުގެ ހާލަތަށް ބަލައި، ފަރުދުންނާއި މުޖުތަމައު، ނުރައްކާތެރި ކުށާއި، އިންތިޒާމުވެގެން ހިންގާ ބޮޑެތި ޖިނާއީ ކުށާއި، ފަރުދުންގެ ހައްގުތަކަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަންކަމުން އެމީހުން ސަލާމަތްކުރުމަށާއި، މި ގާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ފުލުހުންގެ މަގްސަދުތައް ހާސިލުކުރުމަށްޓަކައި ފުލުހުންގެ ކިބައިގައި ގާބިލުކަން އުފައްދައި، ފުލުހުން ތައްޔާރުވެ ތިބެންޖެހޭ އަމާޒުތައް ބަޔާންކުރާ ރަސްމީ ލިޔުމަށެވެ.