ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ޓޫރިސްޓެއް
"ޓޫރިސްޓެއް" ކަމުގައި ބުނެފައި އެވަނީ، ދިވެހިރާއްޖޭއަށް އަންނަ ދިވެހިރަށްޔިތަކު ނޫން " ރެސިޑެންޓް ޕާރމިޓް" ނެތް ކޮންމެމީކަށެވެ. " ރެސިޑެންޓް ޕާރމިޓް" އަކީ، ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ޓޫރިސްޓެއްނޫން ގޮތަކަށް ރާއްޖޭގައި ހުރުމަށް ކަމާބޭ ފަރާތުންދޭ ހުއްދައެވެ
ޓުއަރ ގައިޑް
"ޓުއަރ ގައިޑް" ކަމަށް ބުނެފައި އެވަނީ، ޓޫރިޒަމާބެހޭ މިނިސްޓްރީން ދޫކުރާ ޓުއަރ ގައިޑުކަން ކުރުމުގެ ހުއްދަ ލިބިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ފަތުރުވެރިން ޒިޔާރަތްކުރާއިރު، ދިވެހިރާއްޖެއާބެހޭ މައުލޫމާތު ދީ، އެރަށަކާއި އެރަށަކުން ލިބެން ހުންނަ ހިދުމަތްތަކާބެހޭ މައުލޫމާތު ދީ އެކި ކަންކަމުގައި ފަތުރުވެރިންނަށް އެހީވެދީ މަގުދައްކާ މީހުންނެވެ.
ޓީ.ޖީ.އެސް.ޓީ
"ޓީ.ޖީ.އެސް.ޓީ" ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ނެގޭ ޓެކުހަށެވެ
ޓިން
"ޓިން" ކަމަށް ބުނެފައި އެވަނީ، ޓޫރިސްޓް ޚިދުމަތްދޭ ތަންތަނުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ދޫކޮށްފައިވާ ޓެކްސްޕެޔަރ އައިޑެންޓިފިކޭށަން ނަންބަރަށެވެ.
ޑޮމެއިން
"ޑޮމެއިން" ކަމުގައި ބުނެފައި އެވަނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދެއް ރަޖިސްޓަރީ ކުރާއިރު އުޅަނދުގައި ޖެހުމަށް ކަނޑައަޅާ ރަޖިސްޓަރީ ނަންބަރުގެ ބަދަލުގައި، ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާ ހާއްސަ ނަންބަރު ނުވަތަ ނަމަކަށެވެ.
ޑޭންޖަރަސް ކާގޯ
"ޑޭންޖަރަސް ކާގޯ" ކަމަށް ބުނެފައި އެވަނީ، މީހުންނާއި މުދަލާއި ދިރޭ ތަކެއްޗާއި ތިމާވެއްޓަށް ގެއްލުންދޭ ހަރު އެއްޗިއްސާއި (ސޮލިޑް)، ދިޔާ ތަކެއްޗާއި (ލިކުއިޑް) އަދި ގޭހުގެ ބާވަތްތައްކަށެވެ.
ޑެބިޓް ނޯޓް
"ޑެބިޓް ނޯޓް" ކަމަށް ބުނެފައި އެވަނީ، ދެވުނު ހިދުމަތަކަށް ޓެކްސް އިންވޮއިސް ދޫކުރިފަހުން، އެ ހިދުމަތުގެ އަގު ބޮޑުކުރުމުގެ ގޮތުން ދޫކުރެވޭ ލިޔުމެކެވެ.
ޑީ.އެން.އޭ ނުވަތަ ޑީއޮކްސިރައިބޯ ނިއުކްލިކް އެސިޑް
"ޑީ.އެން.އޭ" ނުވަތަ "ޑީއޮކްސިރައިބޯ ނިއުކްލިކް އެސިޑް" ކަމަށް ބުނެފައި އެވަނީ، ދިރޭތަކެތީގެ ހަށިގަނޑުގައި އެކުލެވޭ އެންމެ އަސާސީ ވިހުދަ ނުވަތަ ޔުނިޓު ނުވަތަ ސެލްގެ ނިއުކްލިއަސްގެ ވިއުގަނޑެއް ފަދައިން ވަރަށް ފުރިހަމަ ތަރުތީބަކުން އެތުރި ރައްކާކުރެވިފައިވާ ވިރާސީ ސިފަތަކާއި ނަސްލާއި ގުނަވަންތަކުގެ މަސައްކަތްތައް އޭގެ މައްޗަށް ބިނާވެފައިވާ ވިރާސީ ބަހާއަށެވެ. މި ވިރާސީ ކުރެހުން، ނިބޫ ނުވަތަ ގަރުބަގަތުމުގައި އެއް ޖިންސުގެ އެއް ކުއްޖަކަށްވުރެ ގިނަކުދިން ފިޔަވައި ތަފާތެވެ.
ޑިސްކޮލިފައި ކުރެވިފައިވާ ކުންފުނި
"ޑިސްކޮލިފައި ކުރެވިފައިވާ ކުންފުނި" ކަމަށް ބުނެފައި އެވަނީ،، ގަވާއިދުގެ މިންގަނޑުތަކަށްފެތޭ ކުންފުންޏެއްގެ ގޮތުގައި ގިންތިކުރުމަށްފަހު، ކުންފުނީގެ ވިޔަފާރިއާއި ހިސާބުތަކަށް އަންނަ ބަދަލުތަކެއްގެ ސަބަބުން، އެއީ މި ގަވާއިދުގެ މިންގަނޑުތަކަށް ނުފެތޭ ކުންފުންޏެއްކަމުގައި އޮތޯރިޓީ އިން ކަނޑައަޅާފައިވާ ކުންފުންޏަކަށެވެ.
ދިވެހިރާއްޖޭގެ އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން
"ދިވެހިރާއްޖޭގެ އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންށަން" ކަމަށް ބުނެފައިއެވަނީ، ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ދިވެހިރާއްޖޭގައި ދިރިއުޅޭ ޕެންށަން އުމުރުގެ އެންމެހައި ދިވެހި ރައްޔިތުންނަށް އުމުރަށް ލިބިދޭންޖެހޭ ޕެންށަނެވެ.
ސްޓޭޓްމެންޓް އޮފް ޕެންށަން ކޮންޓްރިބިއުށަން (އެސްޕީސީ)
"ސްޓޭޓްމެންޓް އޮފް ޕެންށަން ކޮންޓްރިބިއުށަން (އެސްޕީސީ)" ކަމަށް ބުނެފައި އެވަނީ، މައިކްރޯސޮފްޓް އޮފީސް އެކްސެލް ސްޕްރެޑްށީޓެއް މެދުވެރިކޮށް މުވައްޒަފުން ޕެންށަން އޮފީހުގައި އެންރޯލް ކުރުމަށާއި ފައިސާ ދެއްކިކަން ޕެންށަން އޮފީހަށް އެންގުމަށާއި، އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ އެޖެސްޓްމަންޓް ހެދުމަށް ބޭނުންކުރާ ކަރުދާހަށެވެ.
ސްޓާފް
''ސްޓާފް'' ކަމަށް ބުނެފައި އެވަނީ ކުންފުނީގެ ޑިރެކްޓަރުންނާއި، ކުންފުނީގެ މުވައްޒަފުންނާއި، އެ ފަރާތްތަކުގެ އަނބިން ނުވަތަ ފިރިންނާއި، އެ ފަރާތުގެ 18 އަހަރު ނުފުރޭ ކުދިންނާއި، ޑިރެކްޓަރެއް ނުވަތަ މުވައްޒަފެއް އައްޔަންކުރާ ފަރާތެއް ނުވަތަ ފަރާތްތަކެއް އަދި އެ ފަރާތުން ކުރެ ފަރާތަކަށް ކޮންޓްރޯލް ކުރެވޭ ކުންފުނި ނުވަތަ ކުންފުނިތައް ހިމެނޭ ގޮތަށެވެ. ކުންފުނި ކޮންޓްރޯލް ކުރެވޭ ފަރާތެއްކަމަށް ބެލޭނީ އެ ފަރާތަކީ ކުންފުނީގެ %51 ރައުސުލްމާލުގައި ހިއްސާވާ ފަރާތް ނުވަތަ ކުންފުނީގެ ބޯޑު ކޮންޓްރޯލް ކުރެވޭނެ ފަރާތެއްކަމަށް ވާނަމައެވެ.
ސްލޮޕް
"ސްލޮޕް" ކަމަށް ބުނެފައި އެވަނީ، ކާގޯގެ ގޮތުގައި ތެޔޮ އުފުލާ އުޅަނދުފަހަރުގެ ތެޔޮ ތާނގީތައް ސާފުކުރުމަށްފަހު ނެގޭ ތެލެވެ.
ސްލަޖް
"ސްލަޖް" ކަމަށް ބުނެފައި އެވަނީ، އުޅަނދުފަހަރުގެ އިންޖީނުގައި ބޭނުންކުރުމަށްފަހު އުކާލުމަށް ނެގޭ ތެލެވެ.
ސްކޫލަށް ގަވާއިދުން ގެންދިއުން
"ސްކޫލަށް ގަވާއިދުން ގެންދިއުން" ކަމުގައި ބުނެފައި އެވަނީ، އެކަށީގެންވާ އުޒުރެއް މެދުވެރިވެގެން މެނުވީ ސްކޫލަށް ހާޒިރުވާންޖެހޭ ދުވަސްތަކުގެ ތެރެއިން މަދުވެގެން %80 ދުވަހު ހާޒިރުވުމަށެވެ.