ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ފުލުހުންގެ މަރުކަޒު
"ފުލުހުންގެ މަރުކަޒު" ކަމަށް ބުނެފައިއެވަނީ، ފުލުހުންގެ ހިދުމަތް ދިނުމަށް އުފައްދައި ހިންގާ ކޮންމެ އިދާރާއަކަށް ނުވަތަ މަރުކަޒަކަށެވެ.
މަގާމަށް އެކަށޭނަ
"މަގާމަށް އެކަށޭނަ" ކަމަށް ބުނެފައިއެވަނީ، މަގާމަކަށް އައްޔަންކުރުމާއި، އައްޔަންކުރުމަށް ހުށަހެޅުމާ ގުޅޭގޮތުން ކަމުގައިވާނަމަ، އެ ހުށަހެޅޭ މަގާމުގެ ބޭނުންވާ އިލްމީ ގާބިލުކަމާއި، ތައުލީމީ ފާސް އޮތުމަށާއި، އެ މަގާމުގެ ވާޖިބުތައް އަދާކުރެވޭފަދަ ހުނަރާއި ގާބިލުކަން ހުރުމަށާއި، މީހާގެ އަބުރުވެރިކަމަށާއި، މަސައްކަތުގެ އަހްލާގަށާއި، ސުލޫކަށެވެ.
މަގާމު (ފުލުހުންނާއި ބެހޭ)
"މަގާމު" ކަމަށް ބުނެފައިއެވަނީ، ފުލުހުންގެ ހިދުމަތުގައި އެމީހަކު އަދާކުރާ ވަޒީފާއަށެވެ.
މާލީ ކަންކަމަށް ޒިންމާވާ ވަޒީރު
"މާލީ ކަންކަމަށް ޒިންމާވާ ވަޒީރު" ކަމަށް ބުނެފައިއެވަނީ، ދައުލަތުގެ މާލިއްޔަތުގެ ޒިންމާ މަތިކުރެވިފައިވާ ވަޒީރަށެވެ.
ވަޒީފާގެ އިނާޔަތް
"ވަޒީފާގެ އިނާޔަތް" ކަމަށް ބުނެފައިއެވަނީ، ފުލުހުންގެ ހިދުމަތުން އަމިއްލައަށް އެދިގެން ވަކިވާއިރު އޭނާއަށް ލިބިދޭ ފައިސާގެ އިނާޔަތަށާއި، އޭނާއަށް ބައިވެރިވުމުގެ ހުއްދަ އޮތް އިންށުއަރަންސް ނިޒާމަކަށާއި، އޭނާއަށް ދޭ ދަތުރުފަތުރުކުރުމުގެ އުޅަނދަށާއި، ދައުލަތުގެ އެހެން ވަޒީފާއަކަށް އެނބުރި ދިޔުމަށް ލިބިދޭ ހައްގަށާއި، ދައުލަތުގެ ފަރާތުން ދައުލަތުގެ ހަރަދުގައި ޒާތީ މަންފާއެއްކަމުގައި ބެލެވޭ މަންފާއެއް ފުލުހަކަށް އޭނާވީތީ ދިނުމުގެގޮތުން ދެވޭ ކޮންމެ އިނާޔަތަކަށެވެ.
އޮޓޮޕްސީ
"އޮޓޮޕްސީ" ކަމަށް ބުނެފައިއެވަނީ، މައްޔިތެއްގެ ހަށިގަނޑު ސިއްހީގޮތުން އެގްޒެމިންކޮށް ނުވަތަ ޓެސްޓުކޮށް އެމީހަކު މަރުވިކަމަށް ލަފާކުރެވޭ ވަގުތާއި، އެމީހާ މަރުވުމަށް ދިމާވި ސަބަބާއި، މަރުވި ފަރާތުގެ ހަށިގަނޑުގެ ބޭރާއި އެތެރޭގެ ގުނަވަންތަކަށް ލިބިފައިވާ ގެއްލުންތައް ދެނެގަނެ އެ ގެއްލުންތައް ލިބިދާނެކަމަށް ސިއްހީގޮތުން ގަބޫލުކުރެވޭ ސަބަބުތައް ބަޔާންކުރާ، ގާނޫނީގޮތުން ހުއްދަލިބިގެންވާ ފަންނީ ތަޖުރިބާކާރެއް މައްޔިތެއްގެ ހަށިގަނޑު ފަޅައިގެން ނުވަތަ ފެޅުމަކާނުލައި ހަދާ އެގްޒެމިނޭށަނަށެވެ.
އަމިއްލަ ތަންތަން
"އަމިއްލަ ތަންތަން" ކަމަށް ބުނެފައިއެވަނީ، މީހެއްގެ ނަމުގައި ރަޖިސްޓަރީ ކުރެވިގެންވާ ގޯއްޗާއި، ގެއާއި، ބިމާއި، އިމާރާތާއި، މީހުން ދިރިއުޅުމަށް ބޭނުންކުރާ ގޭގެއަށާއި، ގޭބިސީއަށާއި، އޮފީހަށާއި، ވަކި އިދާރާއަކުން ވަކި އުސޫލަކުން ވަކި ބައެއް ބޭނުންކުރަން ދޫކޮށްފައިވާ ގޯއްޗާއި އިމާރާތާއި ހޯލާއި މައިދާންތަކަށެވެ.
ކޯޕަރޭޓިވް (ފުލުހުންނާއި ބެހޭ)
"ކޯޕަރޭޓިވް" ކަމަށް ބުނެފައިއެވަނީ، ފުލުހުންގެ ހިދުމަތުގެ ގާނޫނު (ގާނޫނު ނަންބަރު 34/2020) ގެ ވަނަ މާއްދާގެ ދަށުން އުފައްދާ ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީއަށެވެ.
ކޮމިށަންޑް އޮފިސަރުން
"ކޮމިށަންޑް އޮފިސަރުން" ކަމަށް ބުނެފައިއެވަނީ، އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ ރޭންކުތަކުގެ ފުލުހުންނަށެވެ.
ކޮމިށަނަރ (ޕުލުހުންނާޢި ބެހޭ)
"ކޮމިށަނަރ" ކަމަށް ބުނެފައިއެވަނީ، ކޮމިށަނަރ އޮފް ޕޮލިސްއަށެވެ.
ކޮމިއުނިޓީ ޕޮލިސިންގ
"ކޮމިއުނިޓީ ޕޮލިސިންގ" ކަމަށް ބުނެފައިއެވަނީ، ފުލުހުން ހިދުމަތްދޭ ސަރަހައްދެއްގައި ހިމެނޭ އާންމު ރައްޔިތުންނާއި، ކައުންސިލްތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކާއި، އިދާރާތަކާ ގުޅިގެން ފުލުހުންގެ ހިދުމަތްދޭން ބައްޓަންކުރާ ފުލުހުންގެ ފަލްސަފާއަށެވެ.
ކްރިމިނަލް ރެކޯޑު
"ކްރިމިނަލް ރެކޯޑު" ކަމަށް ބުނެފައިއެވަނީ، މީހެއްގެ މައްޗަށް ސާބިތުވެފައިވާ ކުށުގެ މައުލޫމާތަށެވެ.
ރޭންކު
"ރޭންކު" ކަމަށް ބުނެފައިއެވަނީ، ފުލުހުންގެ މަގާމުތައް މަތިން ތިރިއަށް ތަރުތީބުވެފައިވާގޮތުން ވަކި މީހަކު ހިމެނޭ ގިންތިއަށް، ނުވަތަ ހައިސިއްޔަތަށެވެ.
ދިފާއީ ކަންކަމަށް ޒިންމާވާ ވަޒީރު
"ދިފާއީ ކަންކަމަށް ޒިންމާވާ ވަޒީރު" ކަމަށް ބުނެފައިއެވަނީ، ގާނޫނުއަސާސީގެ 242 ވަނަ މާއްދާގެ ދަށުން ސިފައިންގެ ހިދުމަތުގެ ޒިންމާ މަތިކުރެވިފައިވާ ވަޒީރަށެވެ.
ނަން-ކޮމިށަންޑް އޮފިސަރުން
"ނަން-ކޮމިށަންޑް އޮފިސަރުން" ކަމަށް ބުނެފައިއެވަނީ، ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުން ފެށިގެން ދަށުގެ އެކަމަކު ކޮންސްޓަބަލް ރޭންކުން ފެށިގެން މަތީގެ ރޭންކުތަކުގެ ފުލުހުންނަށެވެ.