ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ސްޓޫޑެންޓުން (އެކައުންޓިންގ އާއި ގުޅޭ)
"ސްޓޫޑެންޓުން" ކަމަށް ބުނެފައި އެވަނީ، އިންޓަރނޭށަނަލް ފެޑަރޭށަން އޮފް އެކައުންޓެންޓްސްގެ މެންބަރުކަން އޮންނަ ޕްރޮފެށަނަލް އެކައުންޓަންސީ އޯގަނައިޒޭށަނެއްގެ ޕްރޮފެށަނަލް އެކައުންޓަންސީ ކޯހެއްގައި ނުވަތަ އިންސްޓިޓިއުޓްގެ ފަރާތުން ހިންގުމަށް ހުއްދަކޮށްފައިވާ ކޯހެއްގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން އެފަދަ ކޯހެއް ފުރިހަމަކުރަމުންދާ ފަރާތްތަކަށެވެ.
ފެލޯ (ޗާޓަޑް އެކައުންޓުސް އާއި ގުޅޭ)
"ފެލޯ" ކަމަށް ބުނެފައި އެވަނީ، ފެލޯ މެންބަރެއްގެ ގޮތުގައި ގޮތުގައި "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް" ގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.
އެސޯސިއޭޓް މެންބަރު (ޗާޓަޑް އެކައުންޓުސް އާއި ގުޅޭ)
"އެސޯސިއޭޓް މެންބަރު" ކަމަށް ބުނެފައި އެވަނީ، އެސޯސިއޭޓް މެންބަރުންގެ ގޮތުގައި "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް" ގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.
ޗާޓަރޑް އެކައުންޓެންޓް
"ޗާޓަރޑް އެކައުންޓެންޓް" ކަމަށް ބުނެފައި އެވަނީ، "އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް" ގެ މެންބަރުކަން ލިބިފައިވާ ފަރާތްތަކަށެވެ.
އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް
"އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް" ކަމަށް ބުނެފައި އެވަނީ ޗާޓަރޑް އެކައުންޓެންޓުންގެ ގާނޫނު (ގާނޫނު ނަންބަރު 13/2020) ގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ޗާޓަރޑް އެކައުންޓެންޓްސް އަށެވެ.
ލައިސަންސް
"ލައިސަންސް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން، އާންމު ބޭނުންތަކުގެ ހިދުމަތް ދިނުމަށް ދޫކުރާ ދާއިމީ އަދި ވަގުތީ ލައިސަންސަށާއި، ދާއިމީ އަދި ވަގުތީ ހުއްދައަށެވެ.
އާންމު ބޭނުންތަކުގެ ހިދުމަތާގުޅޭ ހާއްސަ ގާނޫނުތައް
"އާންމު ބޭނުންތަކުގެ ހިދުމަތާގުޅޭ ހާއްސަ ގާނޫނުތައް" ނުވަތަ "ކަމާގުޅޭ ހާއްސަ ގާނޫނުތައް" ކަމަށް ބުނެފައި އެވަނީ ދިވެހިރާއްޖޭގައި ފެނާއި، ނަރުދަމާއާއި، ކަރަންޓާއި، ކުނި މެނޭޖްކުރުމުގެ ކަންކަން ހިންގާ ބެލެހެއްޓުމަށް ހަދާފައިވާ ގާނޫނުތަކަށެވެ.
ލައިސަންސް ލިބިފައިވާ ފަރާތް
"ލައިސަންސް ލިބިފައިވާ ފަރާތް" ކަމަށް ބުނެފައި އެވަނީ، އާންމު ބޭނުންތަކުގެ ހިދުމަތް ދިނުމަށް ނަގަންޖެހޭނެކަމަށް މި ގާނޫނުގައި ބުނާ ލައިސަންސް ލިބިފައިވާ، އާންމު ބޭނުންތަކުގެ ހިދުމަތް ފޯރުކޮށްދޭ ފަރާތަށެވެ
ހިދުމަތް ފޯރުކޮށްދޭ ފަރާތް
"ހިދުމަތް ފޯރުކޮށްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގައި ބަޔާންކުރާ އާންމު ބޭނުންތަކުގެ ހިދުމަތެއް ފޯރުކޮށްދޭ ފަރާތަކަށެވެ.
އާންމު ބޭނުންތަކުގެ ހިދުމަތްތައް
"އާންމު ބޭނުންތަކުގެ ހިދުމަތްތައް" ކަމަށް ބުނެފައި އެވަނީ، ފީއެއް ނަގައިގެން ނުވަތަ ވިޔަފާރީގެ އުސޫލުން ދޭ ފެނާއި، ނަރުދަމާއާއި، ކަރަންޓާއި، ކުނި މެނޭޖްކުރުމުގެ ހިދުމަތްތަކަށެވެ.
ފިޔަވަޅު އެޅުން
"ފިޔަވަޅު އެޅުން" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން އޮމްބަޑްސްޕަރސަންގެ އޮފީހަށް ހުށަހެޅޭ މައްސަލައެއްގައި ނުވަތަ އެ އޮފީހުގެ އަމިއްލަ އިސްނެގުމަށް ބަލާ މައްސަލައެއްގައި، މި ގާނޫނުގައިވާ ގޮތުގެމަތިން، ބަދަލު ނަގައިދިނުމުގެ ގޮތުން ނުވަތަ ފަރުވާ ހޯދައިދިނުމުގެ ގޮތުން އެ މައްސަލައާ ގުޅޭގޮތުން ފިޔަވަޅު އެޅުމަށެވެ.
ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއް
"ދައުލަތުގެ މުއައްސަސާއެއްގެ އިސް ހިންގުންތެރިއެއް" ކަމަށް ބުނެފައި އެވަނީ، އެ އިދާރާއެއްގެ ފެންވަރުގައި ނިންމުންތައް ނިންމުމުގެ ބާރާއި އިހްތިޔާރު ލިބިގެންވާ، އަދި އެމީހެއްގެ ނިންމުމަށް ތަބާވުން އެ އިދާރާއެއްގެ މުވައްޒަފުންގެ މައްޗަށް ލާޒިމުވެގެންވާ ކޮންމެ މީހަކަށެވެ.
ދައުލަތުގެ މުއައްސަސާއެއް
"ދައުލަތުގެ މުއައްސަސާއެއް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އޮފީސްތަކާއި، މިނިސްޓްރީތަކާއި، ޑިޕާޓްމަންޓްތަކާއި، ކޮމިށަންތަކާއި، ހިދުމަތްތަކާއި، އޭޖެންސީތަކާއި، ބޯޑުތަކާއި، ކައުންސިލުތަކާއި، މަޖިލިސްތައް ހިމެނޭގޮތުން، ދައުލަތުގެ ރަސްމީ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ އިދާރާއަކަށެވެ.
އެހީތެރިކަން ފޯރުކޮށްދިނުން
"އެހީތެރިކަން ފޯރުކޮށްދިނުން" ކަމަށް ބުނެފައި އެވަނީ، އަނިޔާ ލިބިފައިވާ ފަރާތްތަކަށް ލިބިފައިވާ އަނިޔާގެ ސަބަބުން ކުރިމަތިވެފައިވާ ނަފްސާނީ، ޖިސްމާނީ، އިޖްތިމާއީ، އިގްތިސާދީ، ސިއްހީ އަދި އެނޫންވެސް ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ ފުރުސަތުތައް ހޯދައިދިނުމުގެ ޕްރޮގްރާމްތަކުގެ ފުރުސަތު ފަހިކޮށްދިނުމާއި، ސައިކޯސޯށަލް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
އޮމްބަޑްސްޕަރސަން
"އޮމްބަޑްސްޕަރސަން" ކަމަށް ބުނެފައި އެވަނީ، އިންތިގާލީ އިންސާފުގެ ގާނޫނު (ގާނޫނު ނަންބަރު 28/2020) ގެ 4 ވަނަ މާއްދާގެ ދަށުން އުފައްދާ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަށް އައްޔަންކުރާ އޮމްބަޑްސްޕަރސަނުންނަށެވެ.