ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ގޭދޮށު މަސްފެކްޓްރީ
"ގޭދޮށު މަސްފެކްޓްރީ" ކަމަށް ބުނެފައި އެވަނީ، ފަރުދެއް ނުވަތަ ރައްޔިތުން ރަށު ފެންވަރުގައި ހިންގާ މަހާއި މަހުގެ އުފެއްދުންތައް އުފައްދާ ތަންތަނަށެވެ.
މަސް ޕްރޮސެސްކުރާ ތަންތަން
"މަސް ޕްރޮސެސްކުރާ ތަންތަން" ކަމަށް ބުނެފައި އެވަނީ، ބިންބިމާއި، އިމާރާތްތަކާއި އެނޫންވެސް ތަންތަން، އަދި އެ ތަނެއްގައި މަސް ނުވަތަ އެކުއަކަލްޗަރގެ އުފެއްދުންތައް، ސާފުކޮށް، ބަންދުކޮށް، ފިނިކޮށް، ގަނޑުކޮށް، ލޮނުއަޅައި، ހިއްކައި، އެނޫންވެސް އެހެންގޮތަކަށް ދިވެހިރާއްޖޭއާއި ދިވެހިރާއްޖޭން ބޭރުގައި ވިއްކުމަށް ތައްޔާރުކުރާ ތަންތަން؛ ނުވަތަ
ބަންދުކޮށް ނުވަތަ ޕެކެޓުކޮށް، ދަޅުގައި ބަންދުކޮށް، ހިއްކައި، ސާފުކޮށް، ލޮނުއަޅައި، ފިނިކޮށް، ގަ ނޑުކޮށް ނުވަތަ އެނޫންވެސް އެހެންގޮތަކަށް ދިވެހިރާއްޖޭއާއި ދިވެހިރާއްޖޭން ބޭރުގައި ވިއްކުމުގެ ބޭނުމަށްޓަކައި، މަސް ނުވަތަ އެކުއަކަލްޗަރގެ އުފެއްދުންތައް ރައްކާކޮށްފައި ބަހައްޓާ ތަންތަން.
މަސްވެރިކަމުގެ ދިރުންތައް ނުވަތަ "މަސް"
"މަސްވެރިކަމުގެ ދިރުންތައް" ނުވަތަ "މަސް" ކަމަށް ބުނެފައި އެވަނީ، ޖަނަވާރެއް ނުވަތަ ގަހެއް، ނުވަތަ މަހެއްގެސިފައެއް ހުރި، ނުވަތަ ނެތް އެއްޗެއް ނަމަވެސް ފެނުގައި ނުވަތަ ލޮނުގައި ނުވަތަ ކަނޑުގައި އުޅޭ އެންމެހައި ދިރޭ ތަކެއްޗަށެވެ. އެގޮތުން، މި މާނައިގެ ތެރޭ ގައި މައިކަށިހުރި ނުވަތަ މައިކަށި ނެތް ދިރޭ ތަކެތި،ށެލްފިށް، ވެލާ، އިހި، ކަކުނި އަދި ބުނެވިދިޔަ ދިރޭތަކެތީގެ ޅަ އެއްޗެއްސާއި، ފަންޏާއި ބިސް ހިމެނެއެވެ.
މަސް ނުވަތަ މަސްވެރިކަމުގެ ދިރުންތައް
"މަސް" ނުވަތަ "މަސްވެރިކަމުގެ ދިރުންތައް" ކަމަށް ބުނެފައި އެވަނީ، ޖަނަވާރެއް ނުވަތަ ގަހެއް، ނުވަތަ މަހެއްގެސިފައެއް ހުރި، ނުވަތަ ނެތް އެއްޗެއް ނަމަވެސް ފެނުގައި ނުވަތަ ލޮނުގައި ނުވަތަ ކަނޑުގައި އުޅޭ އެންމެހައި ދިރޭ ތަކެއްޗަށެވެ. އެގޮތުން، މި މާނައިގެ ތެރޭ ގައި މައިކަށިހުރި ނުވަތަ މައިކަށި ނެތް ދިރޭ ތަކެތި،ށެލްފިށް، ވެލާ، އިހި، ކަކުނި އަދި ބުނެވިދިޔަ ދިރޭތަކެތީގެ ޅަ އެއްޗެއްސާއި، ފަންޏާއި ބިސް ހިމެނެއެވެ.
އެކްސްޕްލޮރޭޓަރީ މަސްވެރިކަން
"އެކްސްޕްލޮރޭޓަރީ މަސްވެރިކަން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގައި ވަކި މަސްވެރިކަމެއް ތައާރުފުކުރުމުގެ ކުރިން، އެ ބާވަތުގެ މަސްވެރިކަމަކީ އިގްތިސާދީގޮތުން ފީސިބަލް މަސްވެރިކަމެއްތޯ ޓެސްޓުކުރުމަށް ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް ކުރާ މަސްވެރިކަމަށެވެ.
ތަންފީޒީ އޮފިސަރު (މަސްވެރިކަމާއި ގުޅޭ)
"ތަންފީޒީ އޮފިސަރު" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތައް ތަންފީޒުކުރުމަށްޓަކައި މަސްވެރިކަމުގެ ގާނޫނު (ގާނޫނު ނަންބަރު 14/2019) ގެ 57 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ ކޮންމެ އޮފިސަރަކަށެވެ.
އެކުއަކަލްޗަރކުރާ ސަރަހައްދު
"އެކުއަކަލްޗަރކުރާ ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، އެއްގަމާއި ކަނޑު ހިމެނޭ ގޮތުން، އެ ސަރަހައްދުގެ މައިގަނޑު ބޭނުމެއްގެ ގޮތުގައި އެކުއަކަލްޗަރކުރުންކަމަށް ކަނޑައަޅާފައިވާ، އަދި އެ ސަރަހައްދުގައި އެކުއަކަލްޗަރކުރުން ތަރައްގީކުރުމަށް ބާރުއެޅުމަށް ވަކި ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ، ދިވެހިރާއްޖޭގެ ކޮންމެ ސަރަހައްދަކަށެވެ.
އެކުއަކަލްޗަރގެ އުފެއްދުން
"އެކުއަކަލްޗަރގެ އުފެއްދުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސަރަހައްދުގައި ހުރި އެކުއަކަލްޗަރކުރާ ތަނެއްގައި ނުވަތަ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އާލާކުރަމުންގެންދާ، ނުވަތަ އާލާކޮށްފައިވާ ދިރޭ ނުވަތަ މަރުވެފައިވާ މަސް، ނުވަތަ މަހާ ގުޅިފައިވާ ބާވަތްތަކަށެވެ.
އެކުއަކަލްޗަރކުރުން
"އެކުއަކަލްޗަރކުރުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ސަރަހައްދުގައި އަދި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ތެރޭގައި، ފެނުގެ ދިރުންހުރި ވަސީލަތްތައް ވިއްސައި، ދިރުވައި، އާލާކޮށް، ގެންގުޅެ ބޮޑުކުރުމަށެވެ.
މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް
"މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތައް" ކަމަށް ބުނެފައި އެވަނީ (1) މަސް ނުވަތަ މަހުގެ އުފެއްދުންތައް ކަނޑުގައި ދުއްވާ އުޅަނދަކަށް ގެންދިއުމަށް، ނުވަތަ މަސް ނުވަތަ އެފަދަ އުފެއްދުމެއް ކަނޑުގައި ދުއްވާ އުޅަނދަކުން އެހެން ތަނަކަށް ގެންދިއުމަށް (ޓްރާންށިޕްކުރުން)؛ (2) މަސް ބާނާ ވަގުތުން ފެށިގެން ނުވަތަ މަސް ނަގާ ވަގުތުން ފެށިގެން އެއް ތަނުން އަނެއް ތަނަށް މަސް ގެންދިއުން، ނުވަތަ މަސް ހަލާކުނުވާ ގޮތަށް ރައްކާކުރުމަށް؛ (3) ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން ނަގައިގެން އެއްގަމަށް ފުރަތަމަ ގެނެވޭ ވަގުތާ ހަމައަށް، މަހާއި މަހުގެ އުފެއްދުންތައް ރައްކާކުރުމާއި، ގަތުމާއި، ޕްރޮސެސްކުރުމަށް؛ (4) މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރުމަށް؛ (5) މަސްވެރިކަންކުރާ އުޅަނދުފަހަރަށް ތެޔޮ އެޅުން ނުވަތަ ތެޔޮ ފޯރުކޮށްދިނުން ނުވަތަ މަސްވެރިކަމުގެ ހަރަކާތްތައް ހިންގުމަށް އެއްބާރުލުން ދިނުމަށްޓަކައި އެއްވެސް ހަރަކާތެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަށް؛ އަދި މަތީގައި ބަޔާންކޮށްފައިވާ އެއްވެސް މަސައްކަތެއް ކުރުމަށް ނުވަތަ އެފަދަ މަސައްކަތެއް ކުރުމަށް ތައްޔާރުވުމަށެވެ.
ގޮވާތަކެތި
"ގޮވާތަކެތި" ކަމަށް ބުނެފައި އެވަނީ، ގާންމު ބޭނުންތަކަށް ބޭނުންކުރުމަށް 64 މަނާކުރެވިފައިވާ ނުވަތަ އެ ބޭނުންކުރުމަށްޓަކައި ސަރުކާރުގެ ހުއްދަ ހޯދަންޖެހޭ އެއްޗެހީގެ ތެރެއިން، ވަކި ވަގުތެއް ޖެހުމުން ގޮވާ ގޮތަށް ހަދާފައި ހުންނަ ތަކެއްޗާއި، ގޮވާނެ ވަކި ގޮތެއް ރޭވިފައި ހުންނަ ތަކެއްޗާއި، ވިހައާއި، ވިހަ ގޭހާއި، މީހުން މަރުވެދާފަދަ ބަޔޮލޮޖިކަލް ނުވަތަ ކެމިކަލް މާއްދާތަކާއި، ރޭޑިއޯއެކްޓިވް މާއްދާތައް ހިމެނޭ ގޮތުން، އޭގެ ޒާތުގައި ގޮވާ ކޮންމެ ވަސީލަތަކަށެވެ.
ހަނގުރާމަވެރި ހަތިޔާރު
"ހަނގުރާމަވެރި ހަތިޔާރު" ކަމަށް ބުނެފައި އެވަނީ، އޮޓޮމެޓިކް އަދި އެނޫންވެސް ބަޑިއާއި ގޮވާތަކެތި ހިމެނޭގޮތުން، އެއިން އާދައިގެ ގާންމު ހުއްދަ ބޭނުމެއް ކުރެވެން ނުހުންނަ އެއްޗެހީގެ ތެރެއިން މީހަކު މަރާލެވިދާ ފަދަ ގޮތަށް ފަރުމާކޮށްފައި ހުންނަ ނުވަތަ މީހަކު މަރާލުމުގެ ގާބިލުކަން ހުރި ކޮންމެ ހަތިޔާރަށެވެ.
ހަނގުރާމަވެރިން
"ހަނގުރާމަވެރިން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި މަގްސަދުތަކުގެ ތެރެއިން މަގްސަދަކަށްޓަކައި ދިވެހިރާއްޖެ ދޫކޮށް ދާ ފަރާތްތަކަށެވެ (1) ބޭރު ގައުމެއްގައި ޓެރަރިސްޓް ޖަމާގަތަކުން ނުވަތަ އެފަދަ ޖަމާގަތަކަށް ނިސްބަތްނުވާ ޓެރަރިސްޓުން ހިންގާ ހަނގުރާމައެއްގައި ބައިވެރިވުމަށް؛ (2) ޓެރަރިޒަމްގެ އަމަލުތައް ހިންގަން ރޭވުމަށް، ނުވަތަ ތައްޔާރުވުމަށް، ނުވަތަ އެފަދަ އަމަލު ހިންގުމުގައި ބައިވެރިވުމަށް ނުވަތަ އެހީތެރިވުމަށް؛ (3) ހަނގުރާމަކުރުން ހިމެނޭގޮތަށް ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ތަމްރީނު ފޯރުކޮށްދިނުމަށް ނުވަތަ ލިބިގަތުމަށް.
ހަނގުރާމައަށް ދިޔުން
"ހަނގުރާމައަށް ދިޔުން" ކަމަށް ބުނެފައި އެވަނީ، އަންނަނިވި މަގްސަދުތަކުގެ ތެރެއިން މަގްސަދަކަށްޓަކައި ދިވެހިރާއްޖެ ދޫކޮށް ދިޔުމަށެވެ (1) ބޭރު ގައުމެއްގައި ޓެރަރިސްޓް ޖަމާގަތަކުން ނުވަތަ އެފަދަ ޖަމާގަތަކަށް ނިސްބަތްނުވާ ޓެރަރިސްޓުން ހިންގާ ހަނގުރާމައެއްގައި ބައިވެރިވުމަށް؛ (2) ޓެރަރިޒަމްގެ އަމަލުތައް ހިންގަން ރޭވުމަށް ނުވަތަ ތައްޔާރުވުމަށް، ނުވަތަ އެފަދަ އަމަލުތައް ހިންގުމުގައި ބައިވެރިވުމަށް ނުވަތަ އެހީތެރިވުމަށް؛ (3)ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް ތަމްރީނު ފޯރުކޮށްދިނުމަށް ނުވަތަ ލިބިގަތުމަށް.
ހަނގުރާމަވެރި ސަރަހައްދެއް
"ހަނގުރާމަވެރި ސަރަހައްދެއް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖެއިން ބޭރުގައި، ޓެރަރިސްޓް ޖަމާގަތަކުން ނުވަތަ އެފަދަ ޖަމާގަތަކަށް ނިސްބަތްނުވާ ޓެރަރިސްޓުން ހަނގުރާމައެއް ހިންގަމުންދާ ސަރަހައްދުތަކުގެ ތެރެއިން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 32/2015) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު (ގާނޫނު ނަންބަރު 15/2019) 18 ވަނަ މާއްދާގެ ދަށުން ކަނޑައެޅޭ ސަރަހައްދަށެވެ.