ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ފްލެގް ސްޓޭޓް
"ފްލެގް ސްޓޭޓް" ކަމަށް ބުނެފައި އެވަނީ އުޅަނދު ރަޖިސްޓަރީކޮށްފައިވާ ގައުމަށެވެ.
ޕޯޓް ސްޓޭޓް
"ޕޯޓް ސްޓޭޓް" ކަމަށް ބުނެފައި އެވަނީ، ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ބަނދަރުގެ ހިދުމަތް ފޯރުކޮށްދޭ ނުވަތަ އެ އުޅަނދެއްގެ އެ ވަގުތަކު ބަނދަރުވެފައިވާ ގައުމަށެވެ
ޕްރިކޯށަނަރީ އެޕްރޯޗް
"ޕްރިކޯށަނަރީ އެޕްރޯޗް" ކަމަށް ބުނެފައި އެވަނީ، ސައިންޓިފިކް ދިރާސާތަކުގެ އަލީގައި ހޯދާފައިވާ ފުރިހަމަ މައުލޫމާތު ނެތް ހާލަތުގައި ނުވަތަ ވަކި ކަމެއް ޔަގީންކުރެވިފައިނުވާ ހިނދުގައި، ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ހަމަތަކުގެ ތެރެއިން ބެލެހެއްޓުމަށްޓަކައި، ފިޔަވަޅެއް ނާޅައި ދޫކޮށްލުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ރިއާޔަތްކޮށް ގުދުރަތީ ވަސީލަތްތައް ބެލެހެއްޓުމަށް ފިޔަވަޅުތަކެއް އެޅުމަށެވެ.
ޕްރިކޯށަނަރީ
"ޕްރިކޯށަނަރީ" ކަމަށް ބުނެފައި އެވަނީ، ކަމަކާގުޅޭ ފުރިހަމަ ސާފު މައުލޫމާތު ނެތި، އެ ކަމެއް ބޭނުންވާ ގޮތް ނޫން ގޮތަކަށް ހިނގާފާނެކަމަށްޓަކައި ކުރާ ކަންތަކަށެވެ.
އޮފްށޯރ ޕްލެޓްފޯމް
"އޮފްށޯރ ޕްލެޓްފޯމް" ކަމަށް ބުނެފައި އެވަނީ، މަސްވެރިންގެ އަތުން މަސް ގަތުމަށް، ނުވަތަ މަސް ޕްރޮސެސްކުރުމަށް ނުވަތަ މަސްވެރިކަންކުރާ އުޅަނދުފަހަރަކަށް ބޭނުންވާ އެހެންވެސް ހިދުމަތެއް ދިނުމަށްޓަކައި އަތޮޅުތަކުގެ އެތެރެވަރިން ބޭރުގައިވާ ކަނޑުގެ ސަރަހައްދުގައި ގާއިމުކުރާ ވަސީލަތަށެވެ.
އައިސްޕްލާންޓް
"އައިސްޕްލާންޓް" ކަމަށް ބުނެފައި އެވަނީ، މަސް ރައްކާތެރިކޮށް ތާޒާކަންމަތީ ބެހެއްޓުމަށްޓަކައި ބޭނުންވާ އައިސް ތައްޔާރުކުރުމަށްޓަކައި މި ގާނޫނުގެ ދަށުން ކަނޑައަޅާ ށަރުތު ފުރިހަމަވާ ތަންތަނަށެވެ.
މަސް ޕްރޮސެސްކުރުން
"މަސް ޕްރޮސެސްކުރުން" ކަމަށް ބުނެފައި އެވަނީ، ގިނަ ދުވަހަށް ބެހެއްޓުމަކަށްޓަކައި ޕެކެޓްކުރުމަށް ނުވަތަ ބަންދުކުރުމަށް ނުވަތަ މަހަށް އެއްވެސް ބާވަތެއްގެ ބަދަލެއް ގެނައުމަށް ހިންގާ ހަރަކާތްތަކަށެވެ.
ކުށް
"ކުށް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ، އިދާރީ ކުށްތަކަށެވެ.
ސަރަހައްދު
"ސަރަހައްދު" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 3 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ސަރަހައްދަށެވެ.
ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުން
"ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުން" ކަމަށް ބުނެފައި އެވަނީ، މީހުންނަށް އެމީހުންގެ އިޖްތިމާއީ، އިގްތިސާދީ އަދި ސަގާފީ ދުޅަހެޔޮކަން ލިއްބައިދިނުމަށްޓަކައި، ތިރީގައިވާ ކަންކަން ކުރުމާއެކު، ކަނޑުގެ ވަސީލަތްތައް ބަލަހައްޓައި، ބޭނުންކޮށް، އިތުރުކޮށް އަދި ތަރައްގީކުރުމަށެވެ.
އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަން
"އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަން" ކަމަށް ބުނެފައި އެވަނީ، ބާނާ ނުވަތަ ހިފާ މަހަކީ މަސް ބާނާ ފަރާތް ނުވަތަ ފަރާތްތަކުގެ އާއިލާއިން ސީދާ ކެއުމަށް މަސް ބޭނުންކުރާ، އަދި އަމިއްލަ ގޮތުން ނުވަތަ މެދުވެރިއެއް މެދުވެރިކޮށްނަމަވެސް ވިޔަފާރީގެ ނުވަތަ އުފެއްދުންތެރިކަމުގެ އެއްވެސް ބޭނުމަކަށް އެ މަސްވެރިކަމުން ބާނާ މަސް ވިއްކާ ނުލާ މަސްވެރިކަމަށެވެ.
ފަރާތް ނުވަތަ "މީހުން"
"ފަރާތް" ނުވަތަ "މީހުން" ކަމަށް ބުނެފައި އެވަނީ، ތަބީއީ ނުވަތަ ގާނޫނީ ށަހްސަށެވެ. "ދިވެހިރައްޔިތުން" ނުވަތަ "ދިވެހިން" އަށް ހަވާލާދެވޭއިރު ތަބީއީ ށަހްސާއި ގާނޫނީ ށަހްސު ހިމެނޭނެއެވެ.
މުނިފޫހިފިލުވުމަށް ނުވަތަ ކުޅިވަރުގެ ގޮތުގައި ކުރާ މަސްވެރިކަން
"މުނިފޫހިފިލުވުމަށް ނުވަތަ ކުޅިވަރުގެ ގޮތުގައި ކުރާ މަސްވެރިކަން" ކަމަށް ބުނެފައި އެވަނީ، އަމިއްލަ ބޭނުމަށާއި އިގްތިސާދީ ގޮތުން މަންފާ ހޯދުމަށްޓަކައި ވިއްކުން، އެކްސްޕޯރޓުކުރުންފަދަ ބޭނުމެއް ނުހިމެނޭގޮތަށް މުނިފޫހިފިލުވުމުގެ ގޮތުންނާއި ކުޅިވަރެއްގެ ގޮތުން ކުރާ މަސްވެރިކަމަށާއި އާމްދަނީ ހޯދުމުގެ ގޮތުން، ސީދާ މުނިފޫހިފިލުވުމަށް ނުވަތަ ކުޅިވަރަށް އަމާޒުކޮށްގެން އެއްވެސް ހަރަކާތެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަށެވެ.
މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާގުޅޭ ސަރަހައްދީ ޖަމްއިއްޔާ
"މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާގުޅޭ ސަރަހައްދީ ޖަމްއިއްޔާ" ކަމަށް ބުނެފައި އެވަނީ، ދުރު ހިސާބުތަކަށް ހިޖުރަކުރާ މަހުގެ ސްޓޮކްތަކާއި، ގައުމީގޮތުން މަސްވެރިކަން ބެލެހެއްޓޭ ސަރަހައްދުގެ ތެރޭގައި އަދި މާކަނޑުގައިވެސް އުޅޭ މަހުގެ ސްޓޮކާއި، އަދި މާކަނޑުގައި އުޅޭ އެނޫން ބާވަތްތައް ހިމާޔަތްކުރުމާއި، ބެލެހެއްޓުމާގުޅޭ ފިޔަވަޅުތައް އެކަށައެޅުމާއި، އަދި ބެލެހެއްޓުން ވިލަރެސްކުރުމުގެ ޒިންމާ މަތިކުރެވިފައިވާ ތިނެއް ނުވަތަ އެއަށްވުރެ ގިނަ ގައުމުތައް ހިމެނޭގޮތުން އުފައްދާފައިވާ ބައިނަލްއަގްވާމީ ޖަމްއިއްޔާއަށެވެ.
މީހުން ނުވަތަ "ފަރާތް"
"މީހުން" ނުވަތަ "ފަރާތް" ކަމަށް ބުނެފައި އެވަނީ، ތަބީއީ ނުވަތަ ގާނޫނީ ށަހްސަށެވެ. "ދިވެހިރައްޔިތުން" ނުވަތަ "ދިވެހިން" އަށް ހަވާލާދެވޭއިރު ތަބީއީ ށަހްސާއި ގާނޫނީ ށަހްސު ހިމެނޭނެއެވެ.