-

ދައުލަތުގެ މުވައްޒަފު

"ދައުލަތުގެ މުވައްޒަފު" ކަމަށް ބުނެފައި އެވަނީ، އިންތިހާބުކުރެވޭ މަގާމެއް ކަމުގައި ވީނަމަވެސް، ނުވަތަ އައްޔަންކުރެވޭ މަގާމެއް ކަމުގައި ވީނަމަވެސް، ނުވަތަ ދާއިމީ ވަޒީފާއެއް ކަމުގައި ވީނަމަވެސް، ނުވަތަ ވަގުތީ ވަޒީފާއެއް ކަމުގައި ވީނަމަވެސް، ނުވަތަ ކޮންޓްރެކްޓް އުސޫލުން ނުވަތަ އެނޫން އުސޫލަކުން ހަވާލުކުރެވޭ ވަޒީފާއެއް ކަމުގައި ވީނަމަވެސް، ދައުލަތް ހިންގުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރާއި، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކާއި އެތަންތަނުގެ މުވައްޒަފުންނާއި، މިނިވަން މުއައްސަސާތަކުގެ މެންބަރުންނާއި އެތަންތަނުގެ މުވައްޒަފުންނާއި، ދައުލަތުގެ ކުންފުނިތަކާއި ދައުލަތުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކާއި އެތަންތަނުގެ މުވައްޒަފުން ހިމެނޭގޮތުން، ދައުލަތުގެ ބަޖެޓުން އުޖޫރަ ނުވަތަ މުސާރަ ނުވަތަ އިނާޔަތް ދޭ، ނުވަތަ އެނޫންވެސް ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ހަމަ ކޮންމެ މުވައްޒަފަކަށެވެ. އަދި މި ގާނޫނުގެ މަގްސަދަށްޓަކައި، ގާނޫނަކުން އުފައްދާފައިވާ ރެގިއުލޭޓަރީ ބޮޑީތަކުގެ މެންބަރުންނާއި މުވައްޒަފުން ދައުލަތުގެ މުވައްޒަފުންގެ މާނައިގައި ހިމެނޭނެއެވެ.