ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ރެސިޑެންޓުން
"ރެސިޑެންޓުން" ކަމަށް ބުނެފައިއެވަނީ، ރާއްޖޭގެ އިގްތިސާދުގައި ހަރަކާތްތެރިވާ ވަކިވަކި އާންމު ފަރުދުންނާއި ގާނޫނީ ށަހުސުތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ (1) ދިވެހިރާއްޖޭގައި އެއް އަހަރު ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ދިރިއުޅެމުންދާ ނުވަތަ ދިރިއުޅޭނެކަމަށް ބެލެވޭ ކޮންމެ ފަރާތެއް؛ ނުވަތަ (2) ދިވެހިރާއްޖޭގައި ވިޔަފާރީގެ ހަރަކާތްތައް ހިންގަމުންދާ އަދި ކުރިޔަށްއޮތް އެއް އަހަރު ތެރޭގައި ހިންގާނޭކަމަށް ބެލެވޭ ކޮންމެ ފަރާތެއް.
ރަސްމީ ލިޔުން
"ރަސްމީ ލިޔުން" ކަމަށް ބުނެފައި އެވަނީ، ދިވެހި ދައުލަތުގެ ބާރުތައް ތަންފީޒުކުރުމުގެ ގާނޫނީ ހައިސިއްޔަތު ލިބިގެންވާ ފަރާތަކުން، އަންނަނިވި ވަސީލަތްތަކުގެ ތެރެއިން ވަސީލަތެއް މެދުވެރިކޮށް، އެއްވެސް ބާވަތެއްގެ މައުލޫމާތެއް އުފައްދާފައިވާ ނުވަތަ ހިމަނާފައިވާ ނުވަތަ ދަފްތަރުކޮށްފައިވާ ކޮންމެ އެއްޗަކަށެވެ (1) ލިޔުމުން ނުވަތަ ޗާޕުކޮށްފައި އޮތް އެއްޗެއް (ޗާޓެއް ނުވަތަ ޕްލޭނެއް ނުވަތަ ގްރާފެއް ނުވަތަ ކުރެހުމެއް ކަމުގައިވިޔަސް)؛ (2) އިލެކްޓްރޯނިކް ވަސީލަތަކުން ވާސިލުވެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ކޮމްޕިއުޓަރ ފައިލެއް؛
ފޮޓޯ؛ (3) އަޑު ނުވަތަ އެފަދަ އެހެން ޑޭޓާއެއް ރައްކާކުރެވިފައިވާ ޑިސްކެއް ނުވަތަ ޓޭޕެއް ނުވަތަ ފިލްމެއް ނުވަތަ ރޯލެއް؛ (4) މަންޒަރު ނުވަތަ އެފަދަ އެހެން ޑޭޓާއެއް ރައްކާކުރެވިފައިވާ ފިލްމެއް ނުވަތަ ނެގެޓިވެއް ނުވަތަ އެނޫންވެސް އެއްޗެއް.
ފޮރެންސިކް ހެކި
"ފޮރެންސިކް ހެކި" ކަމަށް ބުނެފައި އެވަނީ، އަންނަނިވި ތަކެތި ހިމެނޭގޮތުންނެވެ (1) އިނގިލީގެ ނިށާނާއި، ޑީ.އެން.އޭގެ މައުލޫމާތާއި، ފޮޓޯއާއި، އެތެރެހަށީގެ ފޮޓޯއާއި، ބޮޑީ ސާމްޕަލާއި، އެތެރެހަށީގެ ސާމްޕަލް ހިމެނޭގޮތުން ސައިންސާއި ޓެކްނޮލޮޖީގެ ޒަރީއާއިން ހޯދޭ އެފަދަ މައުލޫމާތު؛ (2) މަރުވެފައިވާ މީހެއްގެ ހަށިގަނޑުން ހަދާ އޮޓޮޕްސީން ލިބިދޭ މައުލޫމާތު؛ (3) ކުށެއް ކުރުމުގައި ބޭނުންކުރި އެއްޗެއް ނުވަތަ ކުށް ކުރި ފަރާތާއި އަނިޔާ ލިބުނު ފަރާތް އެ ކުށާ ގުޅުވައިދޭ އެއްޗެއް ނުވަތަ ކުށުގެ ވެށިން ފެންނަ ކޮންމެ މާއްދީ ހެއްކެއް ތަހްލީލުކުރުމަށްފަހު ދެނެގަނެވޭ މައުލޫމާތު.
ދިވެހިރާއްޖޭގެ ގާނޫނު
"ދިވެހިރާއްޖޭގެ ގާނޫނު" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖޭގައި އަމަލުކުރެވޭ، ދިވެހިރާއްޖޭގެ އެންމެހައި ގާނޫނުތަކަށެވެ.
ބޭރު ގައުމެއް
"ބޭރު ގައުމެއް" ކަމަށް ބުނެފައިއެވަނީ، ދިވެހިރާއްޖެ ފިޔަވައި އެހެން ކޮންމެ ގައުމަކަށެވެ. މި މާނަކުރުމުގެ ތެރޭގައި އެ ގައުމެއްގެ އެންމެހައި ސަރަހައްދުތަކާއި، އެ ގައުމެއްގެ ސިޔާސީ ބާރުގެ ދަށުގައިވާ އެންމެހައި ރަށްތައް ހިމެނެއެވެ.
ބޭރު ގައުމެއްގެ ކަމާބެހޭ ފަރާތް
"ބޭރު ގައުމެއްގެ ކަމާބެހޭ ފަރާތް" ކަމަށް ބުނެފައިއެވަނީ، މި ގާނޫނުގެ ދަށުން ބޭރު ގައުމަކުން ޖިނާއީ މައްސަލައެއްގައި ދިވެހިރާއްޖެއިން އެހީތެރިކަން ފޯރުކޮށްދިނުން އެދި ހުށަހެޅުމަށް، ނުވަތަ އެފަދަ އެހީއަށް ދިވެހިރާއްޖެއިން އެދި ހުށަހަޅާ ހުށަހެޅުންތައް ގަބޫލުކުރުމަށް އެ ގައުމެއްގެ ގާނޫނުން ބާރުދީފައިވާ ނުވަތަ ހުއްދަކޮށްފައިވާ ފަރާތެއްކަން ޕްރޮސިކިއުޓަރ ޖެނެރަލަށް ގަބޫލުކުރެވޭ ފަރާތަކަށެވެ.
އެއްޗެއް
"އެއްޗެއް" ކަމަށް ބުނެފައިއެވަނީ، އެއްވެސް ބާވަތެއްގެ މައުލޫމާތެއް ރެކޯޑުކުރެވިފައިވާ ފޮތެއް ނުވަތަ ލިޔުމެއް ނުވަތަ އެނޫންވެސް މުދަލެއް ނުވަތަ އެއްޗެއް، ނުވަތަ އެފަދަ އެއްޗެއް ރައްކާކުރެވިފައިވާ ވަސީލަތަކަށެވެ.
އަސްކަރީ ގާނޫނު
"އަސްކަރީ ގާނޫނު" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 1/2008 (ސިފައިންގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާއި އެނޫނަސް ދިވެހިރާއްޖޭގެ އަސްކަރިއްޔާއާ ގުޅޭގޮތުން ހަދާ އެންމެހައި ގާނޫނުތަކާއި ގަވާއިދުތަކަށެވެ.
ޖަލު
"ޖަލު" ކަމަށް ބުނެފައިއެވަނީ، ކުށްވެރިން ނުވަތަ ކުށުގެ ތުހުމަތުގައިވާ މީހުން ބަންދުކުރުމަށް ތައްޔާރުކޮށްފައިވާ އެންމެހައި ތަންތަން ހިމެނޭގޮތުންނެވެ.
ލިޔުމެއް
"ލިޔުމެއް" ކަމަށް ބުނެފައިއެވަނީ، އަންނަނިވި ވަސީލަތްތައް ހިމެނޭގޮތުން، އެއްވެސް ބާވަތެއްގެ މައުލޫމާތެއް ރެކޯޑުކޮށްފައިވާ އެއްޗަކަށެވެ (1) ލިޔުމުން ނުވަތަ ޗާޕުކޮށްފައި އޮތް އެއްޗެއް (ޗާޓެއް ނުވަތަ ޕްލޭނެއް ނުވަތަ ގްރާފެއް ނުވަތަ ކުރެހުމެއް ކަމުގައިވިޔަސް)؛ (2) އިލެކްޓްރޯނިކް ވަސީލަތަކުން ވާސިލުވެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ކޮމްޕިއުޓަރ ފައިލެއް؛ (3) ފޮޓޯ؛ (4) އަޑު ނުވަތަ އެފަދަ އެހެން ޑޭޓާއެއް ރައްކާކުރެވިފައިވާ ޑިސްކެއް ނުވަތަ ޓޭޕެއް ނުވަތަ ފިލްމެއް ނުވަތަ ލަވަރޯލެއް؛ (5) މަންޒަރު ނުވަތަ އެފަދަ އެހެން ޑޭޓާއެއް ރައްކާކުރެވިފައިވާ ފިލްމެއް ނުވަތަ ނެގެޓިވެއް ނުވަތަ އެނޫންވެސް އެއްޗެއް.
ސިޔާސީ ކުށެއް
"ސިޔާސީ ކުށެއް" ކަމަށް ބުނެފައިއެވަނީ، ކުށް ކުރި ހާލަތަށް ބަލާއިރު އެ ކުށް ކޮށްފައިވަނީ ސިޔާސީ ސަބަބަކަށްޓަކައި ކަމަށް ބެލެވޭ، އަންނަނިވި ކުށްތަކުގެ ތެރެއިން ކުށަކަށް ނުވާ ކުށްކުށެވެ (1) ގަސްދުގައި މީހަކު މެރުމުގެ ކުށް ނުވަތަ އެނޫން ގޮތަކަށް މީހަކު މެރުމުގެ ކުށް؛ (2) މީހެއްގެ ހަށިގަނޑަށް ނުރައްކާތެރި ހާނީއްކައެއް ކުރުމުގެ ކުށް؛ (3) މީހަކު ވަގަށްނެގުމުގެ ކުށް ނުވަތަ ރަހީނުކުރުމުގެ ކުށް ނުވަތަ ބާރުގެ ބޭނުންކޮށްގެން ފައިސާ ނުވަތަ އެނޫންވެސް އެއްޗެއް ހޯދުމުގެ ކުށް؛ (4) މީހެއްގެ ފުރާނައަށް ނުރައްކާތެރިވެދާނެ ނުވަތަ މީހަކަށް ނުރައްކާތެރި ހާނީއްކައެއް ކުރިމަތިވެދާނެ ނުވަތަ މީހެއްގެ މުދަލަށް ގެއްލުމެއް ލިބިދާނެ ފަދަ ގޮތަކަށް ގޮވާ އެއްޗެއް ނުވަތަ އެނޫންވެސް އެފަދަ ހަތިޔާރެއް ބޭނުންކުރުމުގެ ކުށް؛ (5) މަތީގައި ބަޔާންކުރާ ކުށެއް ކުރަން އުޅުން ނުވަތަ އެއިން ކަމެއް ކުރަން ރޭވުން ނުވަތަ ހިތްވަރުދިނުން ނުވަތަ އެފަދަ ކުށެއް ކުރުމުގައި އެހީތެރިވެދިނުމުގެ ކުށް.
ޕެރޯލް
"ޕެރޯލް" ކަމަށް ބުނެފައިއެވަނީ، ހުކުމް ތަންފީޒުކުރަމުންދާ މީހުންގެ ތެރެއިން ހުކުމުގެ މުއްދަތުގެ ކަނޑައެޅިފައިވާ ވަކި މިންވަރެއް ތަންފީޒުވެ ނިމިފައިވާ މީހުން، މުޖުތަމައުގެ ރައްކާތެރިކަން ނުގެއްލޭނެ ގޮތެއްގެމަތިން މުޖުތަމައާ އަލުން އަހުލުވެރިކުރުވުމަށްޓަކައި، ކަނޑައެޅޭ ވަކި ށަރުތުތަކެއްގެ ދަށުން ދޫކުރާ ދޫކުރުމަށެވެ.
ޖަލު
"ޖަލު" ކަމަށް ބުނެފައިއެވަނީ، ގާނޫނު ނަންބަރު 14/2013 (ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު (ގާނޫނު ނަންބަރު 10/2015) ގެ 4 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ ކަސްޓޯޑިއަލް ޖަލުތަކާއި ރިމާންޑް ޖަލުތަކާއި އާންމު ޖަލުތަކަށެވެ.
ގައިދީ" ނުވަތަ ގައިދީން
"ގައިދީ" ނުވަތަ "ގައިދީން" ކަމަށް ބުނެފައިއެވަނީ، ޖަލުގައި ތިބޭ މީހުންގެ ތެރެއިން ހުކުމެއް ތަންފީޒުކުރަމުންދާ މީހުންނަށެވެ.
ސިއްހީ ހިދުމަތް
"ސިއްހީ ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ބަލިތަކުން ރައްކާތެރިވުމަށާއި ބަލިތަކަށް ފަރުވާދިނުމަށް ފޯރުކޮށްދެވޭ އެންމެހައި ހިދުމަތަށެވެ.