-

ވަޒީފާއަށް ހާޒިރުނުވާ ދުވަސް (ފުލުހުންނާއި ގުޅޭ)

"ވަޒީފާއަށް ހާޒިރުނުވާ ދުވަސް" ކަމަށް ބުނެފައި އެވަނީ، މުވައްޒަފަކު އޭނާގެ ރަސްމީ ޑިއުޓީއަށް ނުވަތަ ރަސްމީ މަސައްކަތަށް، އޮފީހަށް ހާޒިރުވާންޖެހޭނެކަމަށް ކަނޑައަޅައިފައިވާ ދުވަސްތަކުގެ ތެރެއިން އޮފީހަށް ނުވަތަ ޑިއުޓީއަށް ނުކުމެ ވަޒީފާއަށް ހާޒިރުވިކަން ރެކޯޑުކޮށްފައިނުވާ ދުވަސްތަކާއި، މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ވަޒީފާއަށް ސަލާމް ބުނުމުން ސަލާމް ބަލައިނުގަތުމަށް ނިންމާފައިވާ ދުވަސްތަކެވެ. މީގެތެރޭގައި މުވައްޒަފު "ޗުއްޓީ ނެގުމާއި، ސަލާމް ބުނުމުގެ ގަ ވާއިދު (ގަވާއިދު ނަންބަރު 98/2021)" ގެ 23 ވަނަ މާއްދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ސަލާމް ބުނެފައިވާ ދުވަސްތަކާ އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ޗުއްޓީތަކުގެ ތެރެއިން ޗުއްޓީއެއްގައި ހުންނަ ދުވަސްތައް ނުހިމެނެއެވެ.