ގާނޫނީ ރަދީފު
އެއްމެ ފަހުގެ
މުނިފޫހިފިލުވުމަށް ނުވަތަ ކުޅިވަރުގެ ގޮތުގައި ކުރާ މަސްވެރިކަން
"މުނިފޫހިފިލުވުމަށް ނުވަތަ ކުޅިވަރުގެ ގޮތުގައި ކުރާ މަސްވެރިކަން" ކަމަށް ބުނެފައި އެވަނީ، އަމިއްލަ ބޭނުމަށާއި އިގްތިސާދީ ގޮތުން މަންފާ ހޯދުމަށްޓަކައި ވިއްކުން، އެކްސްޕޯރޓުކުރުންފަދަ ބޭނުމެއް ނުހިމެނޭގޮތަށް މުނިފޫހިފިލުވުމުގެ ގޮތުންނާއި ކުޅިވަރެއްގެ ގޮތުން ކުރާ މަސްވެރިކަމަށާއި އާމްދަނީ ހޯދުމުގެ ގޮތުން، ސީދާ މުނިފޫހިފިލުވުމަށް ނުވަތަ ކުޅިވަރަށް އަމާޒުކޮށްގެން އެއްވެސް ހަރަކާތެއް ނުވަތަ ހިދުމަތެއް ފޯރުކޮށްދިނުމަށެވެ.
މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާގުޅޭ ސަރަހައްދީ ޖަމްއިއްޔާ
"މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާގުޅޭ ސަރަހައްދީ ޖަމްއިއްޔާ" ކަމަށް ބުނެފައި އެވަނީ، ދުރު ހިސާބުތަކަށް ހިޖުރަކުރާ މަހުގެ ސްޓޮކްތަކާއި، ގައުމީގޮތުން މަސްވެރިކަން ބެލެހެއްޓޭ ސަރަހައްދުގެ ތެރޭގައި އަދި މާކަނޑުގައިވެސް އުޅޭ މަހުގެ ސްޓޮކާއި، އަދި މާކަނޑުގައި އުޅޭ އެނޫން ބާވަތްތައް ހިމާޔަތްކުރުމާއި، ބެލެހެއްޓުމާގުޅޭ ފިޔަވަޅުތައް އެކަށައެޅުމާއި، އަދި ބެލެހެއްޓުން ވިލަރެސްކުރުމުގެ ޒިންމާ މަތިކުރެވިފައިވާ ތިނެއް ނުވަތަ އެއަށްވުރެ ގިނަ ގައުމުތައް ހިމެނޭގޮތުން އުފައްދާފައިވާ ބައިނަލްއަގްވާމީ ޖަމްއިއްޔާއަށެވެ.
މީހުން ނުވަތަ "ފަރާތް"
"މީހުން" ނުވަތަ "ފަރާތް" ކަމަށް ބުނެފައި އެވަނީ، ތަބީއީ ނުވަތަ ގާނޫނީ ށަހްސަށެވެ. "ދިވެހިރައްޔިތުން" ނުވަތަ "ދިވެހިން" އަށް ހަވާލާދެވޭއިރު ތަބީއީ ށަހްސާއި ގާނޫނީ ށަހްސު ހިމެނޭނެއެވެ.
ވެރިފަރާތް
"ވެރިފަރާތް" ކަމަށް ބުނެފައި އެވަނީ، ވެރިފަރާތުގެ ވާޖިބުތަކާއި ޒިންމާތައް އަދާކުރާ ނުވަތަ ވެރިފަރާތުގެ ހައްގު ލިބިގެންވާކަމަށް ބުނާ، ނުވަތަ އެ މީހެއްގެ އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން މީހެއްގެ ފަރާތުން ކަމުގައިވިޔަސް ވެރިފަރާތުގެ ބާރުތަކާއި ވާޖިބުތައް އަދާކުރުމުގެ އިލްތިޒާމްތައް ގަބޫލުކުރާ ފަރާތާއި، ވެރިފަރާތާ އެހެން ފަރާތަކާ ގުޅިފައިވާ ފަރާތް ނުވަތަ ފަރާތްތައް، ނުވަތަ ގާނޫނީ ށަހްސެއްގެ މެނޭޖަރ، ޑިރެކްޓަރ ނުވަތަ ސެކްރެޓަރީއަށެވެ.
އޮޕަރޭޓަރު
"އޮޕަރޭޓަރު" ކަމަށް ބުނެފައި އެވަނީ، ވެރިފަރާތް، ޗާޓަރަރ، މާސްޓަރު އަދި އެ އުޅަނދު ދުއްވައިގެން ހޯދާ އިގްތިސާދީ ނުވަތަ މާލީ ފައިދާ ލިބޭ ފަރާތް ހިމެނޭގޮތުން، އެ އުޅަނދާ ހަވާލުވެހުރި، އެ އުޅަނދު ހިންގުމަށް ޒިންމާކުރެވިފައިވާ ނުވަތަ އުޅަނދަށް އިރުށާދުތައް ދޭ ނުވަތަ ކޮންޓްރޯލްކުރާ ކޮންމެ ފަރާތަކަށެވެ.
މާސްޓަރު
"މާސްޓަރު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަންކުރާ އުޅަނދެއްގައި، އެ ވަގުތަކު ހުރި އެންމެ އިސް ޒިންމާ ހަވާލުވެފައިވާ ފަރާތަށެވެ.
ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް
"ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތައް" ކަމަށް ބުނެފައި އެވަނީ، ގާނޫނު ނަންބަރު 6/1996 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނު) ގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އެތެރޭ ކަނޑާއި އާކިޕެލެޖިކް ކަނޑާއި ސަރަހައްދީ ކަނޑު އަދި ހާއްސަ އިގްތިސާދީ ކަނޑަށެވެ.
ދިވެހި އުޅަނދު
"ދިވެހި އުޅަނދު" ކަމަށް ބުނެފައި އެވަނީ، ބޭރު ގައުމެއްގައި އެ ގައުމެއްގައި އަމަލުކުރެވޭ ގާނޫނުތަކުގެ ދަށުން ރަޖިސްޓަރީކޮށްފައިނުވާ އަދި ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދަށެވެ.
ދިވެހިރައްޔިތުން
"ދިވެހިރައްޔިތުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ދިވެހިރައްޔިތުން ކަމަށް ބުނެފައިވާ މާނައިގައެވެ.
އިލީގަލް، އަންރިޕޯޓެޑް، އަންރެގިއުލޭޓެޑް ފިށިންގ
"އިލީގަލް، އަންރިޕޯޓެޑް، އަންރެގިއުލޭޓެޑް ފިށިންގ" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި މާނަކުރެވިފައިވާ ގޮތަށް، މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާގުޅޭ ބައިނަލްއަގްވާމީ ފިޔަވަޅުތަކާ ހިލާފަށް ކުރާ އެންމެހައި މަސްވެރިކަމާއި، މަސްވެރިކަމާ ގުޅުންހުރި ހަރަކާތްތަކަށެވެ.
މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާގުޅޭ ބައިނަލްއަގްވާމީ ފިޔަވަޅުތައް
"މަސްވެރިކަން ރާވައި، ހިންގައި ބެލެހެއްޓުމާގުޅޭ ބައިނަލްއަގްވާމީ ފިޔަވަޅުތައް" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭން ބައިވެރިވެފައިވާ ނުވަތަ މެންބަރެއްކަމުގައި ނުވިޔަސް ދިވެހިރާއްޖޭން އެއްބާރުލުން ދޭ، ބައިނަލްއަގްވާމީ ނުވަތަ ސަރަހައްދީ ޖަމްއިއްޔާ ނުވަތަ އިންތިޒާމެއް ނުވަތަ އެރޭންޖްމަންޓަކުން، މަސްމަހާމެހި ހިމާޔަތްކުރުމާ ގުޅޭގޮތުން ނުވަތަ ރާވައި، ހިންގައި ބެލެހެއްޓުމާ ގުޅޭގޮތުން އެކަށައަޅާފައިވާ ނުވަތަ އަމަލުކުރާ ފިޔަވަޅުތަކަށެވެ.
ބޭރުގެ މަސްވެރި އުޅަނދު
"ބޭރުގެ މަސްވެރި އުޅަނދު" ކަމަށް ބުނެފައި އެވަނީ، ބޭރު ގައުމެއްގައި ރަޖިސްޓަރީކޮށްފައިވާ މަސްވެރިކަންކުރާ، ނުވަތަ އެއް ތަނުން އަނެއް ތަނަށް މަސް އުފުލުމަށް ބޭނުންކުރާ އުޅަނދުފަހަރަށެވެ.
ބޭރުގެ އުޅަނދު
"ބޭރުގެ އުޅަނދު" ކަމަށް ބުނެފައި އެވަނީ ބޭރު ގައުމެއްގައި އެ ގައުމެއްގެ ކަމާގުޅޭ ގާނޫނުތަކުގެ ދަށުން އެ ގައުމެއް ގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދު؛ ނުވަތަ
ދިވެހިރާއްޖޭގެ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިނުވާ، ނުވަތަ ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން، ދިވެހިރާއްޖޭގައި ރަޖިސްޓަރީކުރަން ލާޒިމްނުވާ އުޅަނދަށެވެ.
މަސްވެރިކަންކުރާ އުޅަނދު
"މަސްވެރިކަންކުރާ އުޅަނދު" ކަމަށް ބުނެފައި އެވަނީ، މަސްވެރިކަމަށް ބޭނުންކުރާ ނުވަތަ މަސްވެރިކަންކުރުމަށް ތައްޔާރުކޮށްފައިވާ ނުވަތަ އާންމު ގޮތެއްގައި މަސްވެރިކަން ނުވަތަ މަސްވެރިކަމާ ގުޅުންހުރި ހަރަކާތެއް ހިންގުމަށް ބޭނުންކުރާ ބާވަތެއްގެ އެއްވެސް އުޅަނދެއް، ކަނޑު ބޯޓެއް ނުވަތަ އެނޫންވެސް އުޅަނދަކަށެވެ.
މަސްވެރިކަން ރާވައި ހިންގުން
"މަސްވެރިކަން ރާވައި ހިންގުން" ކަމަށް ބުނެފައި އެވަނީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި އުޅޭ ފެނުގެ ނުވަތަ ލޮނުގެ ނުވަތަ ކަނޑުގެ ދިރުންހުރި ވަސީލަތްތައް ބެލެހެއްޓުމާއި، ހިމާޔަތްކުރުމާއި، ބޭނުންކުރުމާއި އަދި ތަރައްގީކުރުމަށެވެ.