-

ކޮންޓްރެކްޓަރުން

"ކޮންޓްރެކްޓަރުން" ކަމަށް ބުނެފައި އެވަނީ އިމާރާތްކުރުމުގެ މަސައްކަތެއް ކުރާ ކޮންމެ ފަރާތަކަށެވެ. އޭގެ ތެރޭގައި އަންނަނިވި ފަރާތްތައް ހިމެނެއެވެ: (1) އިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރުގެ ޕާޓްނަރުން؛ (2) އިމާރާތްކުރާ ފަރާތުގެ ނުވަތަ ކޮންޓްރެކްޓަރުގެ އެކަށީގެންވާ ގިނަ އަދަދެއްގެ ހިއްސާ އޮންނަ ވިޔަފާރިއެއް؛ (3) އިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރަކީ ވިޔަފާރި ށަހްސެއް ކަމުގައިވާ ހާލަތުގައި އެ ވިޔަފާރިއެއްގެ އެކަށީގެންވާ ގިނަ އަދަދެއްގެ ހިއްސާ އޮންނަ ފަރާތެއް ނުވަތަ އެ ވިޔަފާރިއެއްގެ ޑިރެކްޓަރެއް، ނުވަތަ ކޮމްޕެނީ ސެކްރެޓަރީއެއް، ނުވަތަ އެފަދަ މަގާމެއްގައި ހުރި ފަރާތެއް؛ (4) އިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރަކީ ޓްރަސްޓީއެއްނަމަ، އެ ޓްރަސްޓަކުން ފައިދާ ލިބޭ ފަރާތެއް؛ އަދ (5) އިމާރާތްކުރާ ފަރާތް ނުވަތަ ކޮންޓްރެކްޓަރަށް މަސައްކަތްކުރާ ފަރާތެއް.