ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ޕޭމަންޓް އިންސްޓްރަކްށަން
"ޕޭމަންޓް އިންސްޓްރަކްށަން" ކަމަށް ބުނެފައި އެވަނީ އެއްވެސް ފަރާތަކުން ސިސްޓަމްގެ ބައިވެރިއަކަށް ނުވަތަ ޕޭމަންޓް ހިދުމަތްދޭ ފަރާތަކަށް، ނުވަތަ ސިސްޓަމްގެ އެއް ބައިވެރިއެއް އެހެން ބައިވެރިއަކަށް، ޕޭމަންޓް މުއާމަލާތެއް ތަންފީޒުކޮށްދިނުމަށް އެދި، އިލެކްޓްރޯނިކް ވަސީލަތެއް ހިމެނޭގޮތުން ކޮންމެ ގޮތަކަށް ކަމުގައިވީނަމަވެސް، ކުރާ އަމުރަކަށް ނުވަތަ ދޭ ހުއްދައަކަށް ނުވަތަ އަންގާ އެންގުމަކަށެވެ.
މޭޖަރ ހިއްސާދާރެއް
"މޭޖަރ ހިއްސާދާރެއް" ކަމަށް ބުނެފައި އެވަނީ، ގާނޫނީ ށަހްސެއްގެ ރައުސްމާލުގެ ނުވަތަ ވޯޓު ދިނުމުގެ ހައްގުގެ މަދުވެގެން %10 (ދިހައެއް އިންސައްތަ)، ސީދާ ނުވަތަ ނުސީދާކޮށް އޮންނަ ފަރާތެއް، ނުވަތަ މިނޫން އެހެން ގޮތަކުންވެސް އޮތޯރިޓީއަށް ގަބޫލުކުރެވޭ ގޮތުގައި އެ ށަހްސެއްގެ މައްޗަށް ބާރު އޮންނަ ފަރާތަކަށެވެ.
އިފްލާސްކުރުމުގެ މަރުހަލާ
"އިފްލާސްކުރުމުގެ މަރުހަލާ" ކަމަށް ބުނެފައި އެވަނީ، މީހަކު ނުވަތަ ގާނޫނީ ށަހްސަކު އިފްލާސްކުރުމަށް ނުވަތަ ގާނޫނީ ށަހްސެއް ރީއޯގަނައިޒްކުރުމަށް، ދިވެހިރާއްޖޭގެ ނުވަތަ އެހެން ގައުމެއްގެ ގާނޫނުތަކުގައި ބަޔާންކުރާ ފިޔަވަޅުތަކަށެވެ. މިފަދަ ފިޔަވަޅުތަކުގެ ތެރޭގައި، ފައިސާ ޓްރާންސްފަރކުރުން ނުވަތަ ޕޭމަންޓް މުއާމަލާތްތައް ވަގުތީ ގޮތުން ހުއްޓުވުން ނުވަތަ ހަނިކުރުމުގެ ގޮތުން ފިޔަވަޅު އެޅުން ހިމެނެއެވެ. އަދި އިފްލާސްކުރުމުގެ މަރުހަލާގެ ތެރޭގައި ގާނޫނު ނަންބަރު 24/2010 (ދިވެހިރާއްޖޭގެ ބޭންކިންގއާބެހޭ ގާނޫނު) އާ އެއްގޮތްވާ ގޮތުގެމަތިން ބޭންކުތައް އިފްލާސްކުރުމުގެ ގޮތުން ފިޔަވަޅު އެޅުންވެސް ހިމެނެއެވެ.
ޕޭމަންޓް ހިދުމަތްދޭ ފަރާތް
"ޕޭމަންޓް ހިދުމަތްދޭ ފަރާތް" ކަމަށް ބުނެފައި އެވަނީ، ޕޭމަންޓް ހިދުމަތެއް ދިނުމަށް މި ގާނޫނުގެ ދަށުން ލައިސަންސް ނުވަތަ ހުއްދަ ލިބިފައިވާ ކޮންމެ އިދާރާއަކަށެވެ.
ފައިނޭންށަލް އިންސްޓްރުމަންޓްތައް
"ފައިނޭންށަލް އިންސްޓްރުމަންޓްތައް" ކަމަށް ބުނެފައި އެވަނީ، ދޭސީ އަދި ބިދޭސީ ކުންފުނިތަކުގެ ހިއްސާ، ކުންފުނިތަކުގައިވާ ހިއްސާތަކާ އެއްފަދަ އެހެން ސެކިއުރިޓީޒްއާއި ބޮންޑް، ކެޕިޓަލް މާރކެޓްގައި އެކަކުގެ ކިބައިން އަނެކަކަށް ބަދަލުކުރެވޭ އެހެނިހެން ޑެޓް އިންސްޓްރުމަންޓް، އަދި ސަބްސްކްރައިބްކޮށްގެން ނުވަތަ ގަނެގެން ނުވަތަ ބަދަލުކޮށްގެން އެފަދަ ހިއްސާ ނުވަތަ ބޮންޑް ނުވަތަ ސެކިއުރިޓީޒް ލިބިގަތުމުގެ ހައްގު ލިއްބައިދޭ، ނުވަތަ ފައިސާ ލިބިގަތުމުގެ ހައްގު ލިއްބައިދޭ، އާންމު ގޮތެއްގައި ޑީލްކުރާ އެހެނިހެން ސެކިއުރިޓީޒްތަކަށެވެ. މީގެ ތެރޭގައި ޕޭމަންޓް އިންސްޓްރުމަންޓްތަކެއް ނުހިމެނޭނެއެވެ. އެހެންނަމަވެސް ކަލެކްޓިވް އިންވެސްޓްމަންޓް އަންޑަޓޭކިންގއާއި މަނީ މާކެޓް އިންސްޓްރުމަންޓްތަކާއި އަދި އިސްވެ ބުނެވިދިޔަ ބާވަތަކާ ގުޅޭގޮތުން އުފުލޭ ހައްގުތައް ހިމެނޭނެއެވެ.
އިލެކްޓްރޯނިކް ފަންޑްސް ޓްރާންސްފަރ
"އިލެކްޓްރޯނިކް ފަންޑްސް ޓްރާންސްފަރ" ކަމަށް ބުނެފައި އެވަނީ، އެއްވެސް ފަރާތަކުން ޕޭމަންޓް ހިދުމަތްދޭ ފަރާތަކަށް ކުރާ އަމުރެއް ނުވަތަ ދޭ ހުއްދައަކާ ގުޅިގެން، ހިދުމަތް ލިބިގަންނަ ފަރާތުގެ އެކައުންޓެއް، އިލެކްޓްރޯނިކް ވަސީލަތެއް މެދުވެރިކޮށް ކްރެޑިޓް ނުވަތަ ޑެބިޓް ކުރުމަށެވެ. މީގެ ތެރޭގައި، ހަމައެކަނި މި ވަސީލަތްތަކަށް ހުދޫދުނުވާ ގޮތުގެމަތިން، ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް)، އޮޓޮމޭޓަޑް ޓެލަރ މެށިން (އޭޓީއެމް)، މޯބައިލް ފޯނު، އިންޓަރނެޓް އަދި ކާޑު މެދުވެރިކޮށް ހަދާ ކްރެޑިޓް ނުވަތަ ޑެބިޓް ހިމެނޭ ގޮތުންނެވެ.
ރެމިޓެންސް ހިދުމަތް
"ރެމިޓެންސް ހިދުމަތް" ކަމަށް ބުނެފައި އެވަނީ، ކޭށް ނުވަތަ އެނޫންވެސް ޕޭމަންޓް އިންސްޓްރުމަންޓްތައް އެއް ތަނެއްގައި ބަލައިގަނެ އަދި އެއަށްވާ އަދަދު، ކުރެވޭ މުއާމަލާތަކުން ނުވަތަ މެސެޖަކުން ނުވަތަ ޓްރާންސްފަރއަކުން ނުވަތަ އެ ފަންޑްސް ޓްރާންސްފަރކުރުމުގެ ހިދުމަތް ނިސްބަތްވާ ކްލިއަރިންގ ނެޓްވާރކެއް މެދުވެރިކޮށް، ކޭށްއިން ނުވަތަ އެނޫންވެސް އެއްޗަކުން އެހެން ތަނެއްގައި ހުރި ބެނިފިށަރީއަކަށް ފޯރުކޮށްދިނުމުގެ ހިދުމަތަކަށެވެ.
ސެޓްލްމަންޓް އެކައުންޓް
"ސެޓްލްމަންޓް އެކައުންޓް" ކަމަށް ބުނެފައި އެވަނީ، ފައިސާއާއި ފައިނޭންށަލް އިންސްޓްރުމަންޓްތައް ބެހެއްޓުމަށާއި ބައިވެރިންގެ މެދުގައި ޓްރާންސްފަރ އޯޑަރުތައް ސެޓްލްކުރުމަށްޓަކައި، އޮތޯރިޓީގެ ނުވަތަ ސެޓްލްމަންޓް އޭޖެންޓެއްގެ ގޮތުގައި ހަރަކާތްތެރިވާ އެހެން އިދާރާއެއްގެ ފޮތްތަކުގައި ހުޅުވާފައިވާ އެކައުންޓަކަށެވެ.
ސެޓްލްމަންޓް އޭޖެންޓް
"ސެޓްލްމަންޓް އޭޖެންޓް" ކަމަށް ބުނެފައި އެވަނީ، ފައިސާ ބެހެއްޓުމަށާއި ސިސްޓަމެއްގެ ތެރޭގައި ޓްރާންސްފަރ އޯޑަރުތައް ސެޓްލްކުރުމަށްޓަކައި ސެޓްލްމަންޓް އެކައުންޓްތައް، ބައިވެރިންނަށް ފޯރުކޮށްދީ، ސެޓްލްކުރުމަށްޓަކައި ކްރެޑިޓް ދޫކުރަންޖެހިއްޖެ ހިނދެއްގައި ކްރެޑިޓް ދޫކުރާ ފަރާތަކަށެވެ.
އިލެކްޓްރޯނިކް ޗެކް
"އިލެކްޓްރޯނިކް ޗެކް" ކަމަށް ބުނެފައި އެވަނީ، ޗެކުގެ މުހިންމު ސިފަތައް ހިމެނޭ މައުލޫމާތު، ޗެކް އިމޭޖް ނުވަތަ މި ދެ ބާވަތުގެ މައުލޫމާތު ހިމެނޭ ޗެކަކަށެވެ. މި ޗެކް ޖެނެރޭޓްކުރެވޭނީ، ޗެކުގައި ލިޔެވޭނީ، އަދި ސޮއިކުރެވޭނީ ރައްކާތެރި ސިސްޓަމެއްގައި، އަދި އެފަދަ ޗެކުގައި މަދުވެގެން ހުންނަންޖެހޭނެ ކަމަށް އޮތޯރިޓީން ކަނޑައަޅާ ސަލާމަތީ ސިފަތައް ހިމެނޭ ގޮތަށެވެ.
ކޮލެޓަރަލް
"ކޮލެޓަރަލް" ކަމަށް ބުނެފައި އެވަނީ، އެ ކްރެޑިޓް ސެކިޔުއަރކުރުމަށްޓަކައި ދީފައިވާ، އެ ކޮލެޓަރަލްއެއް ބަލައިގަންނަ ފަރާތަށް ގަބޫލުކުރެވޭ، އެސެޓަކަށް ނުވަތަ ތިންވަނަ ފަރާތަކުންދޭ ޔަގީންކަމަކަށެވެ.
ޗެކް އިމޭޖް
"ޗެކް އިމޭޖް" ކަމަށް ބުނެފައި އެވަނީ، ސަލާމަތީ ގޮތުން މަދުވެގެން ހުންނަންޖެހޭ ވަކި މިންގަނޑެއް އޮތޯރިޓީން ކަނޑައަޅާފައިވާނަމަ އެ މިންގަނޑުތަކާ އެއްގޮތަށްވާ، ޗެކެއްގެ މޫނުމަތި އަދި ނުފުށް ދައްކުވައިދޭ ޑިޖިޓަލް އިމޭޖަކަށެވެ.
ދަރިވަރުގެ މަސައްކަތް އެހެން ފަރާތެއް މެދުވެރިކޮށް ކުރުވުމާއި، ދަރިވަރުންނަށް މަސައްކަތް ކޮށްދިނުމާއި، ދަރިވަރުންނަށް މަސައްކަތް ކޮށްދިނުމަށް ހުށަހެޅުން
"ދަރިވަރުގެ މަސައްކަތް އެހެން ފަރާތެއް މެދުވެރިކޮށް ކުރުވުމާއި، ދަރިވަރުންނަށް މަސައްކަތް ކޮށްދިނުމާއި، ދަރިވަރުންނަށް މަސައްކަތް ކޮށްދިނުމަށް ހުށަހެޅުން" ކަމަށް ބުނެފައި އެވަނީ، މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒެއްގައި، މި ގާނޫނުގެ ދަށުން އެކްރެޑިޓްކޮށްގެން ގައުމީ ސަނަދުތަކުގެ އޮނިގަނޑަށް ހިންގާ ޕްރޮގްރާމެއްގައި، އެ ޕްރޮގްރާމެއް ފުރިހަމަކުރުމަށްޓަކައި، ދަރިވަރު އެސެސްކުރެވޭގޮތަށް ދަރިވަރު އަމިއްލައަށް ކުރަންޖެހޭނެކަމަށް ކަނޑައަޅާފައިވާ އެސައިންމަންޓްތަކާއި ދިރާސީ މަސައްކަތްތައް، އެހެން ފަރާތެއް މެދުވެރިކޮށް އަގުދީގެން ނުވަތަ އެނޫން ގޮތަކަށް ފުރިހަމަކޮށް، އެ މަސައްކަތަކީ ދަރިވަރުގެ އަމިއްލަ މަސައްކަތެއްގެ ގޮތުގައި އެ ދަރިވަރަކު ކިޔަވާ މަރުކަޒަކަށް ހުށަހެޅުމަށާއި، އެފަދަ މަސައްކަތެއް އެއްވެސް ފަރާތަކުން ކޮށްދިނުމަށާއި، އެފަދަ މަސައްކަތްތައް ކޮށްދޭކަމަށް އެއްވެސް ގޮތަކަށް އިށްތިހާރުކުރުމަށެވެ.
ޔުނިވަރސިޓީގެ ޗާޓަރ
"ޔުނިވަރސިޓީގެ ޗާޓަރ" ކަމަށް ބުނެފައި އެވަނީ، ޔުނިވަރސިޓީއެއް އުފެއްދުމަށްޓަކައި މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގައި ފުރިހަމަވާންޖެހޭކަމަށް ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވުމުން އެ ޔުނިވަރސިޓީ އުފެއްދުމަށް ހުއްދަދިނުމާއެކު،
ކެމްޕަސް
"ކެމްޕަސް" ކަމަށް ބުނެފައި އެވަނީ، މި ގާނޫނުގެ ދަށުން ގާއިމުކުރެވޭ ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގެ މައި މަރުކަޒު ފިޔަވައި އެހެން ތަނެއްގައި އެ މަރުކަޒަކުން ދޭ ހިދުމަތްތަކެއް ދިނުމަށް ގާއިމުކުރެވޭ ގޮތްޕަށެވެ.