ގާނޫނީ ރަދީފު
އެއްމެ ފަހުގެ
ނިޒާމީ ސިފައެއްގައި ރޭވިގެން
"ނިޒާމީ ސިފައެއްގައި ރޭވިގެން" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ މުއައްސާއެއްގައި ނުވަތަ އިދާރާއެއްގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކުގެ ބޭނުންކޮށްގެން ކޮށްފައި ހުންނަ ކަންކަމަށެވެ.
ދައުލަތުގެ މުއައްސަސާއެއްގެ އިސް ވެރިއެއް
"ދައުލަތުގެ މުއައްސަސާއެއްގެ އިސް ވެރިއެއް" ކަމަށް ބުނެފައި އެވަނީ، އެ އިދާރާއެއްގެ ފެންވަރުގައި ނިންމުންތައް ނިންމުމުގެ ބާރާއި އިހްތިޔާރު ލިބިގެންވާ އަދި އެ މީހެއްގެ ނިންމުމަށް ތަބާވުން އެ އިދާރާއެއްގެ މުވައްޒަފުންގެ މައްޗަށް ލާޒިމުވެގެންވާ ކޮންމެ މީހަކަށެވެ.
ދައުލަތުގެ މުއައްސަސާއެއް
"ދައުލަތުގެ މުއައްސަސާއެއް" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ އޮފީސްތަކާއި، މިނިސްޓްރީތަކާއި، ޑިޕާޓްމަންޓުތަކާއި، މިނިވަން މުއައްސަސާތަކާއި، ކޮމިށަންތަކާއި، ދައުލަތުގެ ހިދުމަތްތައް ފޯރުކޮށްދޭ ތަންތަނާއި، އަދުލު އިންސާފު ގާއިމްކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ މުއައްސަސާތަކާއި، ރައްޔިތުންގެ މަޖިލީހާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އޭޖެންސީތަކާއި، ބޯޑުތަކާއި، ކައުންސިލްތައް ހިމެނޭގޮތުން، ދައުލަތުގެ ރަސްމީ މަސްއޫލިއްތެއް އަދާކުރާ ކޮންމެ އިދާރާއަކަށެވެ.
ޓެލެކޮމިއުނިކޭށަންގެ ހިދުމަތް
"ޓެލެކޮމިއުނިކޭށަންގެ ހިދުމަތް" ކަމުގައި ބުނެފައި އެވަނީ، ޓެލެކޮމިއުނިކޭށަންގެ ނެޓްވަރކެއްގެ ޒަރީއާއިން އާންމުންނަށް ފޯރުކޮށްދެވޭ މުއާސަލާތީ ހިދުމަތަށެވެ.
ނެޓްވަރކް ލައިސަންސް
"ނެޓްވަރކް ލައިސަންސް" ކަމުގައި ބުނެފައި އެވަނީ، ރަށެއްގައި ނުވަތަ ސިޓީއެއްގައި ޓެލެކޮމިއުނިކޭށަން ވަސީލަތެއް ބޭނުންކޮށްގެން، އެއް ތަނުން އަނެއް ތަނާ ގުޅުވުމަށް ނެޓްވަރކެއް ގާއިމުކުރުމަށް ދޫކުރާ ލައިސަންސަށެވެ.
ސެޓެލައިޓް އަޕްލިންކް ލައިސަންސް
"ސެޓެލައިޓް އަޕްލިންކް ލައިސަންސް" ކަމުގައި ބުނެފައި އެވަނީ، ރާއްޖެއިން ކޮމިއުނިކޭށަން ސިގްނަލެއް ސެޓެލައިޓަކަށް ފޮނުވުމަށް ޓަކައި ދޫކުރާ ލައިސަންސަށެވެ.
އެސް.އެމް.އެސް ގޭޓްވޭ ލައިސަންސް
"އެސް.އެމް.އެސް ގޭޓްވޭ ލައިސަންސް" ކަމުގައި ބުނެފައި އެވަނީ، އެސް.އެމް.އެސް (ށޯޓް މެސެޖް ސަރވިސް) ގޭޓްވޭއެއް މެދުވެރިކޮށް އާންމު ފަރާތްތަކަށް އެސް.އެމް.އެސް.ގެ ހިދުމަތް ދިނުމަށް ދޫކުރާ ލައިސަންސަށެވެ.
އިންޓަރނެޓް ރިޓެއިލް ސަރވިސް ޕްރޮވައިޑަރ ލައިސަންސް، ކެޓަގަރީ 2
"އިންޓަރނެޓް ރިޓެއިލް ސަރވިސް ޕްރޮވައިޑަރ ލައިސަންސް، ކެޓަގަރީ 2" ކަމުގައި ބުނެފައި އެވަނީ، ރާއްޖޭގެ ރަށްތަކެއްގައި، ނުވަތަ އަތޮޅެއްގައި، ނުވަތަ ވަކި ސަރަހައްދެއްގައި އިންޓަރނެޓުގެ ހިދުމަތް ރިޓެއިލްކޮށް ދިނުމަށް ދޫކުރާ ލައިސަންސަށެވެ.
ޓެލެކޮމިއުނިކޭށަން އިންފްރާސްޓްރަކްޗަރ ލައިސަންސް
"ޓެލެކޮމިއުނިކޭށަން އިންފްރާސްޓްރަކްޗަރ ލައިސަންސް" ކަމުގައި ބުނެފައި އެވަނީ، ޓެލެކޮމިއުނިކޭށަންގެ އެކިއެކި ހިދުމަތްތައް ދިނުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ރަށެއްގައި ނުވަތަ ސިޓީއެއްގައި ގާއިމުކޮށް، ޓެލެކޮމިއުނިކޭށަނުގެ ހިދުމަތް ދޭ ފަރާތްތަކަށް އެ އިންފްރާސްޓްރަކްޗަރއިން ޖާގަދިނުމުގެ ހިދުމަތަށް ދޫކުރާ ލައިސަންސަށެވެ.
އިންޓަރނޭށަނަލް ގޭޓްވޭ ލައިސަންސް
"އިންޓަރނޭށަނަލް ގޭޓްވޭ ލައިސަންސް" ކަމުގައި ބުނެފައި އެވަނީ، ސަބްމެރީން ކޭބަލާއި ސެޓެލައިޓް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން ރާއްޖެއާއި އެހެނިހެން ގައުމުތަކާ ގުޅުވައިދިނުމުގެ ހިދުމަތަށް ދޫކުރާ ލައިސަންސަށެވެ.
މޯބައިލް ޓެލެކޮމިއުނިކޭށަން ސަރވިސް ޕްރޮވައިޑަރ ލައިސަންސް
"މޯބައިލް ޓެލެކޮމިއުނިކޭށަން ސަރވިސް ޕްރޮވައިޑަރ ލައިސަންސް" ކަމުގައި ބުނެފައި އެވަނީ، ސެލިއުލަރ މޯބައިލް ޓެލެކޮމިއުނިކޭށަން ހިދުމަތްތައް ދިނުމަށް ދޫކުރާ ލައިސަންސަށެވެ.
އިންޓަރނެޓް ސަރވިސް ޕްރޮވައިޑަރ ލައިސަންސް
"އިންޓަރނެޓް ސަރވިސް ޕްރޮވައިޑަރ ލައިސަންސް" ކަމުގައި ބުނެފައި އެވަނީ، އިންޓަރނެޓުގެ ހިދުމަތްތައް ދިނުމަށް ދޫކުރާ ލައިސަންސަށެވެ.
އާމްދަނީ
"އާމްދަނީ" ކަމުގައި ބުނެފައި އެވަނީ، ލައިސަންސް ދޫކުރި ހިދުމަތްތަކަށް ނަގާ އަގުގެ ގްރޮސް ޓަރންއޯވަރއަށެވެ.
ޔުނިފައިޑް ޓެލެކޮމިއުނިކޭށަން ލައިސަންސް
"ޔުނިފައިޑް ޓެލެކޮމިއުނިކޭށަން ލައިސަންސް" ކަމުގައި ބުނެފައި އެވަނީ، ޓެލެކޮމިއުނިކޭށަންގެ ހުރިހާ ހިދުމަތްތައް ދިނުމަށް ދޫކުރާ ލައިސަންސަށެވެ.
އިންޓަރނެޓް ރިޓެއިލް ސަރވިސް ޕްރޮވައިޑަރ ލައިސަންސް، ކެޓަގަރީ 1
"އިންޓަރނެޓް ރިޓެއިލް ސަރވިސް ޕްރޮވައިޑަރ ލައިސަންސް، ކެޓަގަރީ 1" ކަމުގައި ބުނެފައި އެވަނީ، ރާއްޖޭގެ ވަކިވަކި ރަށްރަށަށް އިންޓަރނެޓުގެ ހިދުމަތް ރިޓެއިލްކޮށް ދިނުމަށް ދޫކުރާ ލައިސަންސަށެވެ.